ދައުލަތުގެ އިދާރާތަކުގެ ތެރެއިން ރައްޔިތުންނަށް އެންމެ ހާމަކަންބޮޑު ގޮތެއްގައި މަޢުލޫމާތު ފޯރުކޮށްދީފައިވާ އިދާރާއަކީ އެންޓި-ކޮރަޕްޝަން ކޮމިޝަން ކަމަށް އިންފޮމޭޝަން ކޮމިޝަނަރު ވިދާޅުވެއްޖެ. | އެންޓި-ކޮރަޕްޝަން ކޮމިޝަން
ރަސްމީގަޑި: 08:00 ން 15:00 ށް (ސިޓީއާ ލިޔެކިއުންތައް ބަލައިގަތުން: ހެނދުނު 08:00 ން މެންދުރުފަހު 14:30 އަށް)

ދައުލަތުގެ އިދާރާތަކުގެ ތެރެއިން ރައްޔިތުންނަށް އެންމެ ހާމަކަންބޮޑު ގޮތެއްގައި މަޢުލޫމާތު ފޯރުކޮށްދީފައިވާ އިދާރާއަކީ އެންޓި-ކޮރަޕްޝަން ކޮމިޝަން ކަމަށް އިންފޮމޭޝަން ކޮމިޝަނަރު ވިދާޅުވެއްޖެ.

25 Apr 2019

ދައުލަތުގެ އިދާރާތަކުގެ ތެރެއިން ރައްޔިތުންނަށް އެންމެ ހާމަކަންބޮޑު ގޮތެއްގައި މަޢުލޫމާތު ފޯރުކޮށްދީފައިވާ އިދާރާއަކީ އެންޓި-ކޮރަޕްޝަން ކޮމިޝަން ކަމަށް ޤައުމީ އެންޓި-ކޮރަޕްޝަން ދުވަސް ފާހަގަކުރުމުގެ ގޮތުން 2019 އެޕްރީލް 21 ވީ އާދީއްތަ ދުވަހުގެ ރޭ  މޯލްޑިވްސް ކަސްޓަމްސްގެ މީރުބަހުރު މާލަމުގައި ބޭއްވި ޚާއްސަ ހަފްލާގެ ޝަރަފުވެރި މެހެމާން، އިންފޮމޭޝަން ކޮމިޝަނަރު އަލްއުސްތާޛު ޢަބްދުލް ޢަޒީޒް ޖަމާލް އަބޫބަކުރު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ކޮރަޕްޝަން ހުއްޓުވުމަށް ކުރަންޖެހޭ މައިގަނޑު މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުންނެވެ. އެގޮތުން ކޮރަޕްޝަންގެ ކުށް މަދުކުރުމަށް ކުރެވޭނެ އެންމެ މުހިންމު ކަމަކީ ދައުލަތުގެ އިދާރާތަކުން ކުރާ އެންމެހާ ކަންތައްތައް ހާމަކަންބޮޑު ގޮތެއްގައި ރައްޔިތުންނަށް އަންގާދިނުމާއި އަދި އެފަދަ މަޢުލޫމާތެއް ހޯދުމަށް އެދިއްޖެ ޙާލަތެއްގައި އަންގައިދެވޭނެ ފަދަ ގޮތަކަށް ތައްޔާރަށް އެމަޢުލޫމާތެއް ބެހެއްޓުން ކަމަށް ވިދާޅުވިއެވެ. އަދި މިގޮތަށް ކަންތައް ކުރުމުގެ ނަތީޖާއަކަށް ވާނީ ރައްޔިތުންގެ އިތުބާރާއި ލޯބި ލިބިގެން ދިއުމާއި، ކުރާ ކަންތައްތައް ރަނގަޅަށް ކުރެވޭ ކަމުގެ ހިތްހަމަޖެހުން ލިބިގެންދިއުން ކަމަށް އެމަނިފާނު ފާހަގަކޮށްފައިވެއެވެ. މީގެއިތުރުން ކޮރަޕްޝަންގެ ކުށް މަދުކުރުމަށްޓަކައި ޤާނޫނީ ގޮތުން ހުރި ހުރަސްތައް ނައްތާލުމާއި ނުޙައްޤު މުއްސަނދިކަމަކީ ކުށެއް ކަމުގައި ކަނޑައެޅުމަކީ މުހިންމު ކަމެއް ކަމުގައި ވިދާޅުވިއެވެ.

ުރެވިގެންދާނެ ކަމަށާއި، ހުރި ރަނގަޅުނޫން ކަންތައްތައް ހާމ

ކޮރަޕްޝަނަކީ ކޮބައިކަމާއި ކޮރަޕްޝަންގެ ހުރި ނުބައި ކަމުގެ މައްޗަށް އަލިއަޅުވާލައްވަމުން އެ މަނިކުފާނު ދެއްކެވި ވާހަކަފުޅުގައި، ކޮރަޕްޝަނަކީ ޤައުމުގެ އިޖުތިމާޢީ، އިޤްތިޞާދީ، ސިޔާސަތާއި ދީންވެސް ޝާމިލުކޮށްގެން ވަރަށް ފުޅާ ދާއިރާއެއްގައި މާނަ ކުރެވޭނެ އެއްޗެއް ކަމަށާއި، މީގެތެރެއިން އެންމެ ނުބައި ވައްތަރަކީ ޤާނޫނީ ކޮރަޕްޝަން ކަމަށާއި، އޭގެ ސަބަބެއް ކަމަށް ބެލެވެނީ މިފަދަ ކޮރަޕްޝަނަކީ ޤާނޫނީ އިމުގެ ތެރެއިން އޭގެ ކުށެއް ނުހޯދޭ ގޮތުން، ޤާނޫނުގައި ހުރި ބާގަނޑުތައް ބަލައިގެން އެކަންކަމުން ސަލާމަތްވެ ތިބެގެން ހިންގާ ޖަރީމާއެއް ކަމުގައި ވާތީއާއި އެފަދަ ކުށްތަށް ހޯދުމަކީ އުނދަގޫ ކަމެއް ކަމުގައި ވާތީ ކަމަށް ވިދާޅުވިއެވެ.

ކޮރަޕްޝަނަކީ އޭގެ ސަބަބުން ތަޞައްވަރު ނުކުރެވޭ މިންވަރުގެ ގެއްލުންތަކެއް ލިބޭނެ ކަމަކަށްވާއިރު، ކޮރަޕްޝަންގެ ކުށް ޢާންމުވާ މައިގަނޑު އެއް ސަބަބަކީ މުދަލާއި ބާރުވެރިކަމަށް އިންސާނާގެ ކިބައިގައި ހުންނަ ދަހިވެތިކަމާއި، ލިބޭ މިންވަރަށް ޝުކުރު ނުކުރުމުގެ ނަތީޖާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އެގޮތުން ކޮރަޕްޝަން ހުއްޓުވުމަށްޓަކައި މުވައްޒަފުންގެ މުސާރަ ބޮޑު ކުރުމަކީ އެކަމަށް އޮތް ޙައްލެއް ނޫން ކަމަށާއި،

އޭގެ ބަދަލުގައި ކުރަންޖެހޭ ކަމަކީ އަޅުގަނޑުމެންގެ އިއުތިގާދާއި އީމާންތެރިކަން ވަރުގަދަކުރުމާއި، ކޮރަޕްޝަންގެ ނުބައިކަން ވިސްނައިދިނުމާއި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހުރި އެންމެހާ ދޮރުތައް ބަންދުކުރުން ކަމަށް އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކޮށްފައިވެއެވެ. އަދި ކޮންމެމީހަކަށްވެސް ފުދިގެން އުޅެވޭވަރުގެ މުސާރައެއް ލިބުމަކީ މުހިންމު ކަމެއްކަމަށް އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

ޤައުމީ އެންޓި-ކޮރަޕްޝަން ދުވަހުގެ މި ޚާއްސަ ޙަފްލާ ނިންމާލައްވަމުން ކޮރަޕްޝަންގެ ކުށް މަދުކުރުމަށްޓަކައި އޭސީސީއަށް ލިބިފައިވާ ކެރިފޯރުންތެރިކަމާއި ޤާބިލްކަމާއި އަދި ވަޞީލަތްތަކުގެ އެހީގައި އޭސީސީއިން ކުރަމުންދާ އަގުހުރި މަސައްކަތް އެމަނިކުފާނު ބަލައިގަންނަކަމަށް ކަމަށް ވިދާޅުވިއެވެ.  އަދި އެމަނިކުފާނުގެ އެދުމަކީ، ކޮރަޕްޝަން ހުއްޓުވުމަށްޓަކައި ކުރެވޭ މަސައްކަތުގެ ސަބަބުން މި  ޤައުމަކީ ކޮރަޕްޝަން ނައްތާލެވިފައިވާ ނުވަތަ މަދު ކުރެވިފައިވާ ނަޒާހަތްތެރި މުޖުތަމަޢެއްކަމުގައި ވުން ކަމުގައި ވިދާޅުވިއެވެ.އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މަޢުލޫމާތުދޭ ފޯމް

އެންޓި-ކޮރަޕްޝަން ކޮމިޝަން

ހުށަހަޅާ ފަރާތުގެ މައުލޫމާތު
މައްސަލަ ހުށަހަޅާ ފަރާތުން ހުށަހަޅާ ކަންތައްތަކުގެ ޚުލާޞާ
ހުށަހަޅާ ކަންތައްތަކާ ގުޅޭގޮތުން ލިބިފައިވާ ހެކިތައް ނުވަތަ ޤަރީނާތައް:

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×