އިލެކްޝަންސް ކޮމިޝަންގެ އިދާރާއިން ޓްރޭނިންގ ވީޑިއޯއެއް ހެދުމަށާއި ރައްޔިއްތުންގެ މަޖިލީހުގެ އިންތިޚާބުގެ މަޢުލޫމާތު ފެތުރުމަށް 14 އޯޑިއޯ އަދި ވީޑިއޯ ކްލިޕް ހެދުމަށް ކުރި އިޢުލާނާގުޅޭ | އެންޓި-ކޮރަޕްޝަން ކޮމިޝަން
ރަސްމީގަޑި: 08:00 ން 15:00 ށް (ސިޓީއާ ލިޔެކިއުންތައް ބަލައިގަތުން: ހެނދުނު 08:00 ން މެންދުރުފަހު 14:30 އަށް)

އިލެކްޝަންސް ކޮމިޝަންގެ އިދާރާއިން ޓްރޭނިންގ ވީޑިއޯއެއް ހެދުމަށާއި ރައްޔިއްތުންގެ މަޖިލީހުގެ އިންތިޚާބުގެ މަޢުލޫމާތު ފެތުރުމަށް 14 އޯޑިއޯ އަދި ވީޑިއޯ ކްލިޕް ހެދުމަށް ކުރި އިޢުލާނާގުޅޭ

24 Apr 2019

އިލެކްޝަންސް ކޮމިޝަންގެ އިދާރާއިން ޓްރޭނިންގ ވީޑިއޯއެއް ހެދުމަށާއި ރައްޔިއްތުންގެ މަޖިލީހުގެ އިންތިޚާބުގެ މަޢުލޫމާތު ފެތުރުމަށް 14 އޯޑިއޯ އަދި ވީޑިއޯ ކްލިޕް ހެދުމުގެ މަސައްކަތަށް ޕޮއިންޓް ދިނުމުގައި ކޮންމެ ބަޔަކަށް ޕޮއިންޓް ދެވޭނެ މިންގަނޑެއް ކަނޑައަޅައި އަލުން އިޢުލާނުކޮށްގެން ކުރިއަށް ގެންދިއުމަށް އިލެކްޝަންސް ކޮމިޝަނަށް މިކޮމިޝަނުން ވަނީ އަންގާފައެވެ.

އިލެކްޝަންސް ކޮމިޝަނުން މަޖިލީހުގެ އިންތިޚާބު 2019 އަށް އާންމުން ހޭލުންތެރިކުރުމަށް ބޭނުންވާ ވީޑިއޯ އަދި އޯޑިއޯ ސްޕޮޓް ތައްޔާރު ކުރުމަށް ކުރި ނަންބަރު (A)DC-2019/13‎‏ އިޢުލާނާ ގުޅިގެން ދީފައިވާ މަޢުލޫމާތުގައި، ޕޯޓްފޯލިއޯއަށް 30 މާކްސް އަދި ވީޑިއޯ ޕްރެޒެންޓޭޝަނަށް 25 މާކްސް ދިނުމަށް ނިންމާފައިވާއިރު އެދެބަޔަށް މާކްސްދޭނެ މިންގަނޑެއް ކަނޑައަޅާފައި ނުވުމާއި، މި 2 ބަޔަށް މާކްސްދޭނެ މިންގަނޑެއް ކަނޑައަޅާފައި ނުވުމުން ކޮމިޓީގެ މެމްބަރުން ބޭނުން ބަޔަކަށް ގިނައިން މާކްސް ދިނުމުގެ ފުރުޞަތު އޮތަތީއާއި އަދި 14 އޯޑިއޯ އަދި ވީޑިއޯ ސްޕޮޓް ހަދަންޖެހޭއިރު ކޮންމެ ސްޕޮޓަކަށް ދޭނެ މާކްސްއާއި މާކްސް ދިނުމުގައި ބަލާނެ ކަންކަން ބަޔާން ކޮށްފައިނުވާތީ އަދި މަސައްކަތުގެ ތަޖުރިބާ އަށް 5 މާކްސްއަށް މަދުކޮށް ޕޯޓްފޯލިއޯއަށް 30 މާކްސް ދޭން ނިންމާފައިވާއިރު ތަޖުރިބާގައި ހިމެނޭނީ 1 އަހަރު ދުވަހުގެ ތެރޭގައި އެފަރާތަކުން ކޮށްފައިވާ މަސައްކަތްތައްކަމަށް ބަޔާން ކޮށްފައިވާއިރު ޕޯޓްފޯލިއޯގައި ހިމަނާނީ ކޮން ކަންތައްތަކެއްކަން ބުނެދީފައިނުވުމަކީ ކޮރަޕްޝަނަށް މަގުފަހިވާ ކަމެއް ކަމަށްވާތީ، ޕޮއިންޓް ދިނުމުގައި ކޮންމެ ބަޔަކަށް ޕޮއިންޓް ދެވޭނެ މިންގަނޑެއް ކަނޑައަޅައި އަލުން އިޢުލާނުކޮށްގެން ކުރިއަށް ގެންދިއުމަށް އިލެކްޝަންސް ކޮމިޝަނަށް 24 ޖަނަވަރީ 2019ގައި މިކޮމިޝަނުން ވަނީ އަންގާފައެވެ.އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މަޢުލޫމާތުދޭ ފޯމް

އެންޓި-ކޮރަޕްޝަން ކޮމިޝަން

ހުށަހަޅާ ފަރާތުގެ މައުލޫމާތު
މައްސަލަ ހުށަހަޅާ ފަރާތުން ހުށަހަޅާ ކަންތައްތަކުގެ ޚުލާޞާ
ހުށަހަޅާ ކަންތައްތަކާ ގުޅޭގޮތުން ލިބިފައިވާ ހެކިތައް ނުވަތަ ޤަރީނާތައް:

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×