ރިޕޯޓް ލިޔުމާ ގުޅޭ ތަމްރީން ޕްރޮގްރާމްއެއް ބާއްވައިފި | އެންޓި-ކޮރަޕްޝަން ކޮމިޝަން
ރަސްމީގަޑި: 08:00 ން 15:00 ށް

ރިޕޯޓް ލިޔުމާ ގުޅޭ ތަމްރީން ޕްރޮގްރާމްއެއް ބާއްވައިފި

23 Mar 2019

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މުވައްޒަފުންނަށް ރިޕޯޓް ލިޔުމާ ގުޅޭ ތަމްރީނު ޕްރޮގްރާމެއް ބާއްވައިފިއެވެ.

މި ތަމްރީނު ޕްރޮގްރާމުގައި، ރިޕޯޓްގައި މައިގަނޑު ގޮތެއްގައި ހިމަނަން ޖެހޭ ބައިތަކާއި، ރިޕޯޓްގެ ބާވަތްތަކާއި، ރަނގަޅު ފެންވަރުގެ ރިޕޯޓެއް ލިޔުމުގައި ސަމާލުކަންދޭންޖެހޭ ކަންތައްތަކާ ބެހޭގޮތުން ބައިވެރިންނަށް މަޢުލޫމާތު ދެވުނެވެ. މި ތަމްރީނު ޕްރޮގްރާމް ނަންގަވައި ދެއްވީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ދުވަސްތަކެއްގައި މަސައްކަތްކުރައްވާފައިވާ ފަރާތެއް ކަމުގައިވާ، އަލްއުސްތާޛު އަޙްމަދު ޢަބްދުﷲ ސަޢީދެވެ.

02 ދުވަހަށް ބަހާލައިގެން، މުޅިއެކު 04 ގަޑި އިރަށް ކުރިއަށް ގެންދެވުނު މި ތަމްރީން ޕްރޮގްރާމްގައި އޭސީސީގެ 69 މުވައްޒަފުން ބައިވެރިވެފައިވެއެވެ.އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މަޢުލޫމާތުދޭ ފޯމް

އެންޓި-ކޮރަޕްޝަން ކޮމިޝަން

ހުށަހަޅާ ފަރާތުގެ މައުލޫމާތު
މައްސަލަ ހުށަހަޅާ ފަރާތުން ހުށަހަޅާ ކަންތައްތަކުގެ ޚުލާޞާ
ހުށަހަޅާ ކަންތައްތަކާ ގުޅޭގޮތުން ލިބިފައިވާ ހެކިތައް ނުވަތަ ޤަރީނާތައް:

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×