ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދަށް އަހުލުވެރި ކުރުމުގެ ގޮތުން ޚާއްސަ ތަމްރީން ޕްރޮގްރާމްއެއް ބާއްވައިފި | އެންޓި-ކޮރަޕްޝަން ކޮމިޝަން
ރަސްމީގަޑި: 08:00 ން 15:00 ށް

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދަށް އަހުލުވެރި ކުރުމުގެ ގޮތުން ޚާއްސަ ތަމްރީން ޕްރޮގްރާމްއެއް ބާއްވައިފި

25 Feb 2019

ބައިނަލްއަޤުވާމީ މާދަރީބަހުގެ ދުވަހާ ގުޅިގެން، އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މުވައްޒަފުންނަށް ލަފުޒު ވަކިކޮށް ލިޔުމުގެ ހުނަރު އިތުރުކުރުމުގެ ގޮތުން، ޚާއްޞަ ތަމްރީން ޕްރޮގްރާމެއް، 21 ފެބުރުވަރީ 2019 ވީ ބުރާސްފަތު ދުވަހު ބާއްވައިފިއެވެ.

މި ތަމްރީން ޕްރޮގްރާމުގައި ލަފުޒަކީ ކޮބައި ކަމާއި، ލަފުޒު ވަކިކުރުމުގެ ބޭނުމާއި އަދި ލަފުޒު ވަކިކުރުމުގެ ހަމަތަކާ ގުޅޭގޮތުން ތަމްރީން ޕްރޮގްރާމްގެ ބައިވެރިންނަށް މަޢުލޫމާތު ދެވުނެވެ. މި ތަމްރީނު ޕްރޮގްރާމް ނަންގަވައި ދެއްވީ އަލްފާޟިލް އާދަމް ނަޞީރު އިބްރާހީމެވެ.

މި ތަމްރީން ޕްރޮގްރާމްގައި ކޮމިޝަނުގެ 58 މުވައްޒަފުން ބައިވެރިވިއެވެ.



އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މަޢުލޫމާތުދޭ ފޯމް

އެންޓި-ކޮރަޕްޝަން ކޮމިޝަން

ހުށަހަޅާ ފަރާތުގެ މައުލޫމާތު
މައްސަލަ ހުށަހަޅާ ފަރާތުން ހުށަހަޅާ ކަންތައްތަކުގެ ޚުލާޞާ
ހުށަހަޅާ ކަންތައްތަކާ ގުޅޭގޮތުން ލިބިފައިވާ ހެކިތައް ނުވަތަ ޤަރީނާތައް:

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×