ސެންޓަރ ފޮ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަންގެ ދަރިވަރުންނަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ހިންގައިފި | އެންޓި-ކޮރަޕްޝަން ކޮމިޝަން
ރަސްމީގަޑި: 08:00 ން 15:00 ށް

ސެންޓަރ ފޮ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަންގެ ދަރިވަރުންނަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ހިންގައިފި

20 Feb 2019

ސެންޓަރ ފޮ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަންގެ ގްރޭޑް 11 އަށް އަލަށް ގުޅުނު ދަރިވަރުންނަށް ނަޒާހަތްތެރިކަމާ ގުޅޭގޮތުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ފަރާތުން ކުރިއަށް ގެންގޮސްފިއެވެ. މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ފެބްރުވަރީ މަހުގެ 14 އަދި 20 ވަނަ ދުވަހު ސީ.އެޗް.އެސް.އީ. ސްކޫލުގައެވެ.

ޖުމަލް 12 ގަޑިއިރަށް ކުރިއަށް ގެންދެވުނު މި ޕްރޮގްރާމްގައި ކިޔެވުމުގައި ނަޒާހަތްތެރިކަން އިސްކުރުމުގެ މުހިންމުކަމުގެ އިތުރުން، ދަރިވަރުންގެ ސުލޫކާއި، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމާއި، ރަނގަޅު ގޮތް އިޚްތިޔާރުކުރުމަށް ބޭނުންކުރެވިދާނޭ ‘5 އެތިކަލް އެޕްރޯޗް’ ގެ މަޢުލޫމާތު ދަރިވަރުންނަށް ފޯރުކޮށްދެވުނެވެ. 8 ސެޝަނަކަށް ބަހާލައިގެން ކުރިއަށް ގެންދެވުނު މި ޕްރޮގްރާމުގައި ޖުމްލަ 353 ދަރިވަރުން ބައިވެރިވެފައިވެއެވެ. މި ސެޝަންތައް ހުށަހަޅާދީފައިވަނީ އޭސީސީގެ ކަމާބެހޭ ފަންނީ މުވައްޒަފުންނެވެ.



އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މަޢުލޫމާތުދޭ ފޯމް

އެންޓި-ކޮރަޕްޝަން ކޮމިޝަން

ހުށަހަޅާ ފަރާތުގެ މައުލޫމާތު
މައްސަލަ ހުށަހަޅާ ފަރާތުން ހުށަހަޅާ ކަންތައްތަކުގެ ޚުލާޞާ
ހުށަހަޅާ ކަންތައްތަކާ ގުޅޭގޮތުން ލިބިފައިވާ ހެކިތައް ނުވަތަ ޤަރީނާތައް:

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×