ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރިއަށް ގެންދަވާ ޕްރޮގްރާމުގައި އޭސީސީއިން މަޢުލޫމާތު ދީފި | އެންޓި-ކޮރަޕްޝަން ކޮމިޝަން
ރަސްމީގަޑި: 08:00 ން 15:00 ށް

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރިއަށް ގެންދަވާ ޕްރޮގްރާމުގައި އޭސީސީއިން މަޢުލޫމާތު ދީފި

12 Feb 2019

އިންތިޚާބީ އަދި އަލަށް އައްޔަން ކުރެވޭ މަޤާމްތަކަށް ވަޑައިގަންނަވާ ފަރާތްތަކަށް އަމާޒުކޮށްގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރިއަށް ގެންދެވި ‘އެންޓި-ކޮރަޕްޝަން އެންޑް ގުޑް ގަވަރނަންސް ޕްރޮގްރާމު’ ގައި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މަޢުލޫމާތު ދީފިއެވެ. ފެބްރުވަރީ 10 އަދި 11 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި ނޭޝަނަލް އެންޓި-ކޮރަޕްޝަން ސިޔާސަތެއް ރަސްމީ ސިފައެއްގައި ޢަމަލުކުރެވެމުން ނުދާތީ ދިމާވާ ގޮންޖެހުންތަކާއި ދައުލަތުގެ އިދާރާތަކާއި ކުންފުނިތަކުން އާންމުކޮށް ފާހަގަކުރެވޭ ކޮރަޕްޝަނަށް މަގުފަހިވާފަދަ މައްސަލަތަކާއި އޭގެ ހައްލާ ބެހޭގޮތުން ބައިވެރިންނަށް މަޢުލޫމާތު ދެވުނެވެ. 116 ބޭފުޅުން ބައިވެރިވެވަޑައިގެންނެވި ދެ ދުވަހުގެ މި ސެޝަންތައް ނަންގަވައިދެއްވީ ކޮމިޝަނުގެ ނައިބު ރައީސް އަލްއުސްތާޛް މުޢައްވިޒު ރަޝީދުއެވެ.



އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މަޢުލޫމާތުދޭ ފޯމް

އެންޓި-ކޮރަޕްޝަން ކޮމިޝަން

ހުށަހަޅާ ފަރާތުގެ މައުލޫމާތު
މައްސަލަ ހުށަހަޅާ ފަރާތުން ހުށަހަޅާ ކަންތައްތަކުގެ ޚުލާޞާ
ހުށަހަޅާ ކަންތައްތަކާ ގުޅޭގޮތުން ލިބިފައިވާ ހެކިތައް ނުވަތަ ޤަރީނާތައް:

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×