10ވަނަ އައިއޭއޭސީއޭ އެނުއަލް ކޮންފަރެންސްގައި އޭސީސީއިން ބައިވެރިވެއްޖެ | އެންޓި-ކޮރަޕްޝަން ކޮމިޝަން
ރަސްމީގަޑި: 08:00 ން 15:00 ށް

10ވަނަ އައިއޭއޭސީއޭ އެނުއަލް ކޮންފަރެންސްގައި އޭސީސީއިން ބައިވެރިވެއްޖެ

23 Jan 2019

އިންޓަރނޭޝަނަލް އެސޯސިއޭޝަން އޮފް އެންޓި-ކޮރަޕްޝަން އޮތޯރިޓީސް (އައި.އޭ.އޭ.ސީ.އޭ) ގެ ” ދަ ޓެންތް އައި.އޭ.އޭ.ސީ.އޭ އެނުއަލް ކޮންފަރެންސް” ގައި އެންޓި-ކޮރަޕްޝަން ކޮމިޝަނުން ބައިވެރި ވެއްޖެއެވެ. މި ކޮންފަރެންސްގައި އޭސީސީގެ ފަރާތުން ބައިވެރިވެ ވަޑައިގެންނެވީ ކޮމިޝަނުގެ މެންބަރު ޔަޒްމީދު މުޙައްމަދު އެވެ.

އޮސްޓްރިއާގެ ވިއެނާގައި މިމަހުގެ 23 ން 24 އަށް ކުރިއަށްދާ މި ކޮންފަރެންސްއަކީ، އައި.އޭ.އޭ.ސީ.އޭ އިން އިންތިޒާމް ކޮށްގެން އަހަރަކު އެއްފަހަރު ބާއްވާ ކޮންފަރެންސްއެކެވެ. މިއަހަރުގެ ކޮންފަރެންސްގެ މަޢުޟޫއަކީ “ފިފްޓީން އިޔަރސް އޮފް ދަ ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އަގެއިންސްޓް ކޮރަޕްޝަން: އެކޮންޕްލިޝްމެންޓްސް އެންޑް ޕްރޮސްޕެކްޓްސް” އެވެ.

މި ކޮންފަރެންސްގެ ތެރެއިން، މެލޭޝިއާގެ ޕްރައިމް މިނިސްޓަރ ކޮރަޕްޝަނާ ދެކޮޅަށް ކުރައްވާފައިވާ މަސައްކަތްތަކުގެ އަގުވަޒަންކޮށް “ޑރ. މަހާތީރް މުޙައްމަދު ފަންޑު” ގެ ނަމުގައި ފަންޑެއް ވަނީ އިފްތިތާހު ކޮށްފައެވެ. މި ފަންޑް ހޭދަ ކުރެވިގެންދާނީ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރާ ފަރާތްތަކުގެ މަސްޢޫލިއްޔަތު އަދާކުރުމުގައި ލިބޭ ގެއްލުންތަކަށް އެހީވުމަށެވެ.



އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މަޢުލޫމާތުދޭ ފޯމް

އެންޓި-ކޮރަޕްޝަން ކޮމިޝަން

ހުށަހަޅާ ފަރާތުގެ މައުލޫމާތު
މައްސަލަ ހުށަހަޅާ ފަރާތުން ހުށަހަޅާ ކަންތައްތަކުގެ ޚުލާޞާ
ހުށަހަޅާ ކަންތައްތަކާ ގުޅޭގޮތުން ލިބިފައިވާ ހެކިތައް ނުވަތަ ޤަރީނާތައް:

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×