‘އަބާންނަ ޅެން ފޮތް 2’ ޝާއިޢުކޮށްފި | އެންޓި-ކޮރަޕްޝަން ކޮމިޝަން
ރަސްމީގަޑި: 08:00 ން 15:00 ށް

‘އަބާންނަ ޅެން ފޮތް 2’ ޝާއިޢުކޮށްފި

13 Dec 2018

ބައިނަލްއަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަހުގެ މުނާސަބަތުގައި 2018 ޑިސެންބަރު 10 ވީ ހޯމަ ދުވަހުގެ ރޭ އެންޓި-ކޮރަޕްޝަން ކޮމިޝަނުން ބޭއްވި ޚާއްސަ ޖަލްސާގައި ‘އަބާންނަ ޅެން ފޮތް 2’ ގެ ނަމުގައި ޅެން ފޮތެއް އޭސީސީއިން ޝާއިޢުކޮށްފިއެވެ. ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ހޯލުގައި ބޭއްވި ޖަލްސާގައި މި ފޮތް ނެރެދެއްވީ ދިވެހިބަހުގެ އެކަޑަމީގެ ނައިބު ރައީސާ އަލްފާޟިލާ ރާފިޔާ ޢަބްދުލް ޤާދިރެވެ.
ނަޒާހަތްތެރިކަމުގެ ސިފަތަކުގެ މައްޗަށް ބިނާކުރެވިގެން ހަދާފައިވާ މި ޅެން ފޮތް ޝާއިޢު ކޮށްފައިވަނީ ދިވެހި ބަހުގެ އެކެޑެމީއާ ގުޅިގެން އެފަރާތުގެ އެހީތެރިކަމާ އެކުގައެވެ. މި ޅެން ފޮތުގައި ޖުމްލަ 13 ޅެންވެރިއެއްގެ 17 ޅެން ހިމެނިފައިވާނެއެވެ. ބައިނަލްއަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ޚާއްސަ ޖަލްސާގައި އަބާންނަ ޅެން ފޮތް 2 އަށް ޅެން ހައްދަވައިދެއްވި ފަރާތްތަކަށް އޭސީސީގެ ފަރާތުން ދެއްވި ހަނދާނީ ލިއުން ހަވާލުކޮށް ދެއްވީ ކޮމިޝަންގެ މެންބަރު އަލްފާޟިލް ޔަޒްމީދު މުޙައްމަދެވެ. މިފޮތް މިހާރު ވަނީ އޭސީސީގެ ވެބްސައިޓުގައި ޝާއިޢުކޮށްފައެވެ.އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މަޢުލޫމާތުދޭ ފޯމް

އެންޓި-ކޮރަޕްޝަން ކޮމިޝަން

ހުށަހަޅާ ފަރާތުގެ މައުލޫމާތު
މައްސަލަ ހުށަހަޅާ ފަރާތުން ހުށަހަޅާ ކަންތައްތަކުގެ ޚުލާޞާ
ހުށަހަޅާ ކަންތައްތަކާ ގުޅޭގޮތުން ލިބިފައިވާ ހެކިތައް ނުވަތަ ޤަރީނާތައް:

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×