ޕްލާސްޓިކް މަދުކުރުމުގެ ހަރަކާތުގައި އޭސީސީއިން ބައިވެރިވެއްޖެ | އެންޓި-ކޮރަޕްޝަން ކޮމިޝަން
ރަސްމީގަޑި: 08:00 ން 15:00 ށް

ޕްލާސްޓިކް މަދުކުރުމުގެ ހަރަކާތުގައި އޭސީސީއިން ބައިވެރިވެއްޖެ

13 Dec 2018

ޕްލާސްޓިކުގެ ނުރައްކާތެރިކަމުން ރާއްޖޭގެ ތިމާވެށި ސަލާމަތްކުރުމަށް ސަރުކާރުން އިސްނަންގަވައިގެން ފައްޓަވާފައިވާ ހަރަކާތުގައި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބައިވެރިވެއްޖެއެވެ.
މި ކެމްޕެއިންގެ ދަށުން އެންޓި-ކޮރަޕްޝަން ކޮމިޝަން ރެކްރިއޭޝަން ކްލަބްގެ ފަރާތުން އޭސީސީގެ ކޮންމެ މުވައްޒަފަކަށް ބިއްލޫރިފުޅިއެއް ހަދިޔާކޮށް އޭސީސީގައި އެއްފަހަރު ބޭނުންކުރުމަށް ފަހު އުކާލެވޭ ޕްލާސްޓިކް ބޭނުންކުރުން ވަނީ ހުއްޓާލާފައެވެ. 2018 ވަނަ އަހަރުގެ ބައިނަލްއަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ޚާއްޞަ ޖަލްސާގައި މި ހަރަކާތް ރަސްމީކޮށް ފައްޓަވައިދެއްވީ އޭ.ސީ.ސީ ގެ ސެކްރެޓަރީ ޖެނެރަލް އަލްއުސްތާޛް ޢަބްދުﷲ ރަޝީދުއެވެ.އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މަޢުލޫމާތުދޭ ފޯމް

އެންޓި-ކޮރަޕްޝަން ކޮމިޝަން

ހުށަހަޅާ ފަރާތުގެ މައުލޫމާތު
މައްސަލަ ހުށަހަޅާ ފަރާތުން ހުށަހަޅާ ކަންތައްތަކުގެ ޚުލާޞާ
ހުށަހަޅާ ކަންތައްތަކާ ގުޅޭގޮތުން ލިބިފައިވާ ހެކިތައް ނުވަތަ ޤަރީނާތައް:

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×