ބައިނަލްއަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަސް ފާހަގަކުރުމުގެ ގޮތުން ޕެނަލް ޑިސްކަޝަންއެއް ބާއްވައިފި | އެންޓި-ކޮރަޕްޝަން ކޮމިޝަން
ރަސްމީގަޑި: 08:00 ން 15:00 ށް

ބައިނަލްއަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަސް ފާހަގަކުރުމުގެ ގޮތުން ޕެނަލް ޑިސްކަޝަންއެއް ބާއްވައިފި

12 Dec 2018

މި އަހަރުގެ ބައިނަލްއަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަސް ފާހަގަކުރުމުގެ ގޮތުން އެންޓި-ކޮރަޕްޝަން ކޮމިޝަނުން އިންތިޒާމުކޮށްގެން، ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމެންޓް ފަންޑު (ޔޫއެންޑީޕީ) ގެ އެހީގައި ޕެނަލް ޑިސްކަޝަންއެއް ބާއްވައިފިއެވެ. މި ޕެނަލް ޑިސްކަޝަން ބޭއްވިފައިވަނީ ބައިނަލްއަޤުވާމީ އެންޓި-ކޮރަޕްޝަން ދުވަސް ކަމަށްވާ 09 ޑިސެމްބަރ ގައި ޓީވީއެމްއިން ބްރޯޑްކާސް ކުރުމަށް ދިވެހިރާއްޖޭގެ އަޑުގެ ސެނަކޯ މާލަމްގައެވެ.

މި ޕެނަލްޑިސްކަޝަން ކުރިޔަށް ގެންދެވުނީ، “ނަޒާހަތްތެރި ޖީލެއް ބިނާކުރުމަށް ހުރި ގޮންޖެހުންތަކާއި ޙައްލު” މި މައުޟޫޢުގެ މައްޗަށެވެ. މި ހަރަކާތުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި، ރަނގަޅު ޖީލެއް ބިނާކުރުމަށް ނަޒާހަތްތެރިކަން މުހިންމުވާ މިންވަރު އަންގައިދިނުމާއި، ނަޒާހަތްތެރި ޖީލެއް ބިނާކުރުމަށް ހުރި ގޮންޖެހުންތައް ޙައްލުކުރުމަށް ބެލެނިވެރިންނާއި، މުދައްރިސުންނާއި، މުޖުތަމަޢުގެ ދައުރުގެ މުހިންމުކަން އަންގައިދިނުމާއި، ނަޒާހަތްތެރި ޖީލެއް ބިނާކުރުމަށް ދީން ބާރުއަޅާ މިންވަރު އަންގައިދިނުން ހިމެނެއެވެ.

މި ޕެނަލް ޑިސްކަޝަން ކުރިޔަށް ގެންދެވުނީ މައިގަނޑު ހަތަރު ބަޔަކަށް ބަހާލެވިގެންނެވެ. އެގޮތުން މަޝްވަރާކުރެވުނު ބައިތަކަކީ، ނަޒާހަތްތެރި ޖީލެއް ބިނާކުރުމަށް ބެލެނިވެރިންގެ ދައުރާއި، ނަޒާހަތްތެރި ޖީލެއް ބިނާކުރުމަށް ސްކޫލުތަކުގެ ދައުރާއި، ނަޒާހަތްތެރި ޖީލެއް ބިނާކުރުމަށް މުޖުތަމަޢުގެ ދައުރާއި، ނަޒާހަތްތެރި ޖީލަކަށް އިސްލާމްދީން ބާރުއަޅާ މިންވަރު ގެ މައްޗަށެވެ.

މި ޑިސްކަޝަންގައި ޕެނަލިސްޓުންގެ ގޮތުގައި ބައިވެރިވެލެއްވީ، ދިވެހި ރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޑީން އަދި ހެޑް އޮފް ސެންޓަރ ފޮރ ޕޯސްޓްގްރެޖުއޭޓް ސްޓަޑީސްގެ ޑޮކްޓަރ އިބްރާހިމް ޒަކަރިއްޔާ މޫސާއާއި، ކްލިނިކަލް ސައިކޮލޮޖިސްޓް އަލްފާޟިލާ ނަދާ ޝަރީފު އާއި، ތާޖުއްދީން ސުކޫލުގެ ޕްރިންސިޕަލް އަލްފާޟިލާ ބަޝީރާ މުޙައްމަދާއި، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މެންބަރު އަލްފާޟިލާ އާމިނަތު މިންނާއެވެ. މި ޕެނަލް ޑިސްކަޝަން މޮޑަރޭޓްކުރެއްވީ އެންޓި-ކޮރަޕްޝަން ކޮމިޝަންގެ އެސިސްޓެންޓް އިންވެސްޓިގޭޝަން އޮފިސަރ އަލްއުސްތާޛް އާދަމް ޝާމިލްއެވެ.



އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މަޢުލޫމާތުދޭ ފޯމް

އެންޓި-ކޮރަޕްޝަން ކޮމިޝަން

ހުށަހަޅާ ފަރާތުގެ މައުލޫމާތު
މައްސަލަ ހުށަހަޅާ ފަރާތުން ހުށަހަޅާ ކަންތައްތަކުގެ ޚުލާޞާ
ހުށަހަޅާ ކަންތައްތަކާ ގުޅޭގޮތުން ލިބިފައިވާ ހެކިތައް ނުވަތަ ޤަރީނާތައް:

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×