މިއަހަރުގެ ފުރަތަމަ 09 މަސްދުވަހުގެ ތެރޭގައި ކޮރަޕްޝަންގެ މައްސަލަތަކާގުޅޭ 11 ދަޢުވާއެއް ކުރުމަށް ޕީޖީއަށް ފޮނުވައިފި | އެންޓި-ކޮރަޕްޝަން ކޮމިޝަން
ރަސްމީގަޑި: 08:00 ން 15:00 ށް

މިއަހަރުގެ ފުރަތަމަ 09 މަސްދުވަހުގެ ތެރޭގައި ކޮރަޕްޝަންގެ މައްސަލަތަކާގުޅޭ 11 ދަޢުވާއެއް ކުރުމަށް ޕީޖީއަށް ފޮނުވައިފި

15 Nov 2018

2018ވަނަ އަހަރުގެ ފުރަތަމަ 09 މަސްދުވަހުގެ ތެރޭގައި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަޙްޤީޤުކޮށް ނިންމައި ދަޢުވާކުރުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ 06 މައްސަލައެއްގައި ޖުމްލަ 11 ދަޢުވާއެއް ކުރުމަށް އެދި ފޮނުވިފައިވެއެވެ.

މިއަހަރުގެ ފުރަތަމަ 09 މަސްދުވަހުގެ ތެރޭގައި އޭސީސީން ދަޢުވާކުރުމަށްޓަކައި ޕްރޮސިކިއުޓަރޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ 06 މައްސަލައިގެ ތެރެއިން 03 ވަނަ ކުއާޓަރުގައި ދަޢުވާކުރުމަށް ފޮނުވާފައިވަނީ 01 މައްސަލައެވެ. އަދި އެމައްސަލައިގައި ޖުމްލަ 02 ފަރާތެއްގެ މައްޗަށް ދަޢުވާކުރުމަށްޓަކައި ފޮނުވާފައިވާއިރު، ފޮނުވި ދަޢުވާގެ ބާވަތްތަކުގެ ތެރޭގައި ހިމެނެނީ، ނާޖާއިޒު ފައިދާ ހޯދުމާއި، ހޯދައިދިނުމުގެ ދަޢުވާއެވެ. އަދި މި މައްސަލައިގައި ޝާމިލްވަނީ 02 ފިރިހެން މުވައްޒަފުންކަން ފާހަގަކުރެވެއެވެ. 2017ވަނަ އަހަރުގެ 03ވަނަ ކުއާޓަރުގެ ތެރޭގައި ދަޢުވާކުރުމަށްޓަކައި އޭ.ސީ.ސީ އިން ޕްރޮސިކިއުޓަރޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ 04 މައްސަލައެވެ. އަދި މި މައްސަލަތަކުގައި ޖުމްލަ 239 ބާވަތެއްގެ ދަޢުވާއެއްކުރުމަށް ފޮނުވާފައިވާއިރު، މިމައްސަލަތަކުގައި ޝާމިލްވަނީ 06 ފަރާތެކެވެ.

މިއަހަރުގެ ފުރަތަމަ 09 މަސްދުވަހުގެ ތެރޭގައި އޭސީސީ އިން ދަޢުވާކުރުމަށްޓަކައި ޕްރޮސިކިއުޓަރޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ މައްސަލަތަކުގައި، ޖުމްލަ 130,280,223.00 (އެއްސަތޭކަތިރީސްމިލިއަން ދުއިސައްތަ އައްޑިހަހާސް ދުއިސައްތަތޭވީސް) ރުފިޔާ ހިމެނޭއިރު، އޭގެތެރެއިން، ދަޢުލަތަށް އަނބުރާ ލިބެންޖެހޭ ފައިސާގެ ޢަދަދަކީ ޖުމްލަ 108,749,100.00 (އެއްސަތޭކަ އަށްމިލިއަން ހަތްސަތޭކަ ސާޅީސްނުވަހާސް ސަތޭކަ) ރުފިޔާއެވެ.އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މަޢުލޫމާތުދޭ ފޯމް

އެންޓި-ކޮރަޕްޝަން ކޮމިޝަން

ހުށަހަޅާ ފަރާތުގެ މައުލޫމާތު
މައްސަލަ ހުށަހަޅާ ފަރާތުން ހުށަހަޅާ ކަންތައްތަކުގެ ޚުލާޞާ
ހުށަހަޅާ ކަންތައްތަކާ ގުޅޭގޮތުން ލިބިފައިވާ ހެކިތައް ނުވަތަ ޤަރީނާތައް:

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×