18 ވަނަ އިންޓަރނޭޝަނަލް އެންޓި-ކޮރަޕްޝަން ކޮންފަރެންސްގައި އޭސީސީއިން ބައިވެރިވެއްޖެ | އެންޓި-ކޮރަޕްޝަން ކޮމިޝަން
ރަސްމީގަޑި: 08:00 ން 15:00 ށް

18 ވަނަ އިންޓަރނޭޝަނަލް އެންޓި-ކޮރަޕްޝަން ކޮންފަރެންސްގައި އޭސީސީއިން ބައިވެރިވެއްޖެ

23 Oct 2018

18 ވަނަ އިންޓަރނޭޝަނަލް އެންޓި-ކޮރަޕްޝަން ކޮންފަރެންސްގައި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބައިވެރިވެއްޖެއެވެ.

ޑެންމާކްގެ ކޯޕަންހޭގަންގައި މި އޮކްޓޫބަރު މަހުގެ 22 ން 24 ށް ކުރިއަށްދާ މި ކޮންފަރެންސްގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން 1200 އަށް ވުރެ ގިނަ މަންދޫބުން ބައިވެރިވެއެވެ. މި ކޮންފަރެންސްއަކީ، ޓްރާންޕޭރެންސީ އިންޓަރނޭޝަނަލް އާއި ޑެންމާކް ސަރުކާރާއި އަދި ޔޫ.އެން.ޑީ.ޕީ ގުޅިގެން ކުރިއަށް ގެންދާ ކޮންފަރެންސްއެކެވެ. މި ކޮންފަރެންސް ބިނާވާ މައިގަނޑު މަޢުލޫއަކީ “ތަރައްޤީ، އަމާންކަން އަދި ރައްކާތެރިކަން: މިހާރުން ފެށިގެން ޢަމަލުކުރުމަށް” އެވެ.

03 ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ކޮންފަރެންސްގައި ކޮރަޕްޝަނާ ގުޅުންހުރި ތަފާތު ދާއިރާތަކުން މުހިއްމު މަޢުލޫތަކަށް ކަރުދާސް ހުށަހަޅާ ކޮންފަރެންސްގެ ބައިވެރިންގެ މެދުގައި ޚިޔާލު ފާޅުކުރެވޭނެއެވެ.

ކޮންމެ ދެ އަހަރަކުން އެއްއަހަރު ދުނިޔޭގެ ތަފާތު ހިސާބުތަކުގައި ބާއްވަމުން ގެންދާ މި ކޮންފަރެސްގައި، މި އަހަރު އެސީސީގެ ބައެއް މެންބަރުންނާއި ސެކްރެޓަރީ ޖެނެރަލް ބައިވެރިވެއެވެ.



އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މަޢުލޫމާތުދޭ ފޯމް

އެންޓި-ކޮރަޕްޝަން ކޮމިޝަން

ހުށަހަޅާ ފަރާތުގެ މައުލޫމާތު
މައްސަލަ ހުށަހަޅާ ފަރާތުން ހުށަހަޅާ ކަންތައްތަކުގެ ޚުލާޞާ
ހުށަހަޅާ ކަންތައްތަކާ ގުޅޭގޮތުން ލިބިފައިވާ ހެކިތައް ނުވަތަ ޤަރީނާތައް:

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×