މަޢުލޫމާތު ހާމަކުރުމުގެ “ރަންވަނަ” އާއި، އެންމެ ރަނގަޅު ވެބްސައިޓު އެވޯޑު އަދި އެންމެ ޚިދުމަތްތެރި އިންފޮމޭޝަން އޮފިސަރ ގެ އެވޯޑް ލިބުން އޭސީސީން ފާހަގަކޮށްފި | އެންޓި-ކޮރަޕްޝަން ކޮމިޝަން
ރަސްމީގަޑި: 08:00 ން 15:00 ށް

މަޢުލޫމާތު ހާމަކުރުމުގެ “ރަންވަނަ” އާއި، އެންމެ ރަނގަޅު ވެބްސައިޓު އެވޯޑު އަދި އެންމެ ޚިދުމަތްތެރި އިންފޮމޭޝަން އޮފިސަރ ގެ އެވޯޑް ލިބުން އޭސީސީން ފާހަގަކޮށްފި

18 Oct 2018

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ފަރާތުން ހޮވާ މަޢުލޫމާތު ހާމަކުރުމުގެ “ރަންވަނަ” އެވޯޑާއި، އެންމެ ރަނގަޅު ވެބްސައިޓު އެވޯޑު އަދި އެންމެ ޚިދުމަތްތެރި އިންފޮމޭޝަން އޮފިސަރ ގެ އެވޯޑް އޭސީސީގެ އިންފޮމޭޝަން އޮފިސަރަށް ލިބުމާގުޅިގެން އެކަން ފާހަގަ ކުރުމަށް ޚާއްޞަ ހަފްލާއެއް އޭސީސީގައި ބާއްވައިފިއެވެ. މި ހަފްލާ ބޭއްވީ، 18 އޮކްޓޫބަރު 2017 ވީ ބުރާސްފަތި ދުވަހު މެންދުރުފަހު 14:00 ގައި އެންޓި-ކޮރަޕްޝަން ކޮމިޝަންގައެވެ.

މި ހަފްލާގައި މަޢުލޫމާތު ހާމަކުރުމުގެ ރަންވަނަ އާއި އެންމެ ރަނގަޅު ވެބްސައިޓަކަށް އޭސީސީގެ ވެބްސައިޓް ހޮވުމާގުޅިގެން އެމަސައްކަތް ކުރިއަށްދިޔަ ގޮތާބެހޭގޮތުން ކޮމިޝަންގެ އިންފޮމޭޝަން އޮފިސަރ އަލްފާޟިލް ޙަސަން މަނިކު ޕްރެސެންޓޭޝަނެއް ހުށަހަޅާފައިވެއެވެ. މި ހަފްލާގައި ކޮމިޝަނުގެ ފަރާތުން ކޮމިޝަނުގެ ރައީސް ޙަސަން ލުޠުފީ އާއި، ނާއިބްރައީސް މުޢައްވިޒު ރަޝީދު އަދި ސެކްރެޓަރީ ޖެނެރަލް ޢަބްދުﷲ ރަޝީދު ވާހަކަފުޅު ދެއްކެވިއެވެ. ކޮމިޝަނުގެ މުވައްޒަފުންގެ ފަރާތުން ކޮމިޝަނުގެ އިންވެސްޓިގޭޝަން އޮފިސަރ ޢަބްދުﷲ މިޒްޢާން ވާހަކަފުޅު ދެއްކެވިއެވެ.

މި މުނާސަބަތު ފާހަގަކުރުމަށް ތައްޔާރު ކޮށްފައިވާ ކޭކު ފަޅައިދެއްވީ އޭސީސީގެ ސެކްޝަން/ޔުނިޓް ތަކުގެ ވެރިންނެވެ.

މަޢުލޫމާތު ހާމަކުރުމުގެ “ރަންވަނަ” އެވޯޑް އާއި، އެންމެ ރަނގަޅަށް މަޢުލޫމާތު ހާމަކުރާ އިދާރާގެ އެވޯޑް، ފާއިތުވި 3 އަހަރު އޭސީސީއަށް ލިބިފައިވާއިރު، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ފުރަތަމަ ފަހަރަށް ދެއްވި އެންމެ ޚިދުމަތްތެރި އިންފޮމޭޝަން އޮފިސަރ ގެ އެވޯޑްވެސް މިއަހަރު ލިބިފައިވަނީ އޭސީސީގެ އިންފޮމޭޝަން އޮފިސަރ އަށެވެ.އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މަޢުލޫމާތުދޭ ފޯމް

އެންޓި-ކޮރަޕްޝަން ކޮމިޝަން

ހުށަހަޅާ ފަރާތުގެ މައުލޫމާތު
މައްސަލަ ހުށަހަޅާ ފަރާތުން ހުށަހަޅާ ކަންތައްތަކުގެ ޚުލާޞާ
ހުށަހަޅާ ކަންތައްތަކާ ގުޅޭގޮތުން ލިބިފައިވާ ހެކިތައް ނުވަތަ ޤަރީނާތައް:

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×