މަޢުލޫމާތު ހާމަކުރުމުގެ “ރަންވަނަ” 3ވަނަ ފަހަރަށް އޭސީސީއަށް | އެންޓި-ކޮރަޕްޝަން ކޮމިޝަން
ރަސްމީގަޑި: 08:00 ން 15:00 ށް

މަޢުލޫމާތު ހާމަކުރުމުގެ “ރަންވަނަ” 3ވަނަ ފަހަރަށް އޭސީސީއަށް

18 Oct 2018

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ދޭ މަޢުލޫމާތު ހާމަކުރުމުގެ “ރަންވަނަ” 3ވަނަ ފަހަރަށް އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ލިބިއްޖެއެވެ.

“ރަންވަނަ” އެވޯޑް 3ވަނަ ފަހަރަށް އޭސީސީއަށް ލިބިފައިވަނީ 2018ވަނަ އަހަރުގެ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ބައިނަލްއަޤުވާމީ ދުވަސް ފާހަގަކުރުމުގެ ގޮތުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން 17 އޮކްޓޫބަރު 2018 ވީ ބުދަ ދުވަހުގެރޭ ބޭއްވި ޚާއްޞަ ޙަފުލާގައެވެ. މި ޙަފުލާގައި އޭސީސީގެ ފަރާތުން ރަންވަނަ އެވޯޑާ ޙަވާލުވެވަޑައިގަތީ އޭސީސީގެ ރައީސް ޙަސަން ލުޠުފީ އެވެ.

މަޢުލޫމާތު ހާމަކުރުމުގެ ރަންވަނަ އަކީ، ދައުލަތުގެ އިދާރާތަކުން އެ އިދާރާއެއްގެ އަމިއްލަ އިސްނެގުމުގެ މަތީން ވީހާވެސް ގިނައިން މަޢުލޫމާތު އާންމުކުރުމަށް ހިތްވަރު ދިނުމަށާއި، ފަސޭހަކަމާއެކު މަޢުލޫމާތު ލިބޭނެ ގޮތަށް މަޢުލޫމާތު ބެލެހެއްޓުމަށް ބާރުއެޅުމަށާއި، ވެބްސައިޓުގައި މަޢުލޫމާތު ހާމަކުރަމުންދާ މިންވަރާއި، އެ އިދާރާގެ މަޢުލޫމާތު ނޯޓިސް ބޯޑުގައި އާންމުކޮށް ތާޒާކުރަމުންދާ މިންވަރާއި، އިދާރާތަކުގެ ޔައުމިއްޔާ ލިޔެބަލަހައްޓާ ގޮތުގެ މައްޗަށް ބަލައިގެން ދެމުންދާ އެވޯޑެކެވެ.

2016 ، 2017 ވަނަ އަހަރުގެ މަޢުލޫމާތު ހާމަކުރުމުގެ “ރަންވަނަ” އެވޯޑްވެސް އޭސީސީއަށް ލިބިފައިވާއިރު، 2018 ވަނަ އަހަރުގެ “ރަންވަނަ” އެވޯޑް އޭސީސީއަށް ލިބިފައިވަނީ މިނިވަން މުއައްސަސާތަކުގެ ކެޓަގަރީންނެވެ.އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މަޢުލޫމާތުދޭ ފޯމް

އެންޓި-ކޮރަޕްޝަން ކޮމިޝަން

ހުށަހަޅާ ފަރާތުގެ މައުލޫމާތު
މައްސަލަ ހުށަހަޅާ ފަރާތުން ހުށަހަޅާ ކަންތައްތަކުގެ ޚުލާޞާ
ހުށަހަޅާ ކަންތައްތަކާ ގުޅޭގޮތުން ލިބިފައިވާ ހެކިތައް ނުވަތަ ޤަރީނާތައް:

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×