ލ. ގަމު ސިނާޢީ ސަރަޙައްދުން ޤަވާއިދާ ޚިލާފަށް ބައެއް ގޯތި ވިއްކައިގެން ލިބުނު ފައިސާ ބޭނުންކޮށްފައިވާކަމަށް ބުނާ މައްސަލާގައި ލ.ގަމު ކައުންސިލްގެ އިދާރާގެ ސީނިއަރ މުނިސިޕަލް ސަރވިސް އޮފިސަރ އާއި ލ.ގަމު ކައުންސިލްގެ ފުރަތަމަ ދައުރުގެ ރައީސްގެ މައްޗަށް ދަޢުވާކުރުމަށް ފޮނުވައިފި. | އެންޓި-ކޮރަޕްޝަން ކޮމިޝަން
ރަސްމީގަޑި: 08:00 ން 15:00 ށް

ލ. ގަމު ސިނާޢީ ސަރަޙައްދުން ޤަވާއިދާ ޚިލާފަށް ބައެއް ގޯތި ވިއްކައިގެން ލިބުނު ފައިސާ ބޭނުންކޮށްފައިވާކަމަށް ބުނާ މައްސަލާގައި ލ.ގަމު ކައުންސިލްގެ އިދާރާގެ ސީނިއަރ މުނިސިޕަލް ސަރވިސް އޮފިސަރ އާއި ލ.ގަމު ކައުންސިލްގެ ފުރަތަމަ ދައުރުގެ ރައީސްގެ މައްޗަށް ދަޢުވާކުރުމަށް ފޮނުވައިފި.

30 Sep 2018

ލ.ގަމު ކައުންސިލްގެ ބައެއް ކައުންސިލަރުންނާއި ލ.ގަމު ކައުންސިލްގެ އިދާރާގެ ބައެއް މުވައްޒަފުން ގުޅިގެން އެރަށުގެ ސިނާޢީ ސަރަޙައްދުން ގަވާއިދާ ޚިލާފަށް ބައެއް ގޯތި ވިއްކައި، ގޯތިތައް ވިއްކައިގެން ލިބުނު ފައިސާ ބޭނުންކޮށްފައިވާކަމަށް ބުނާ މައްސަލަ ތަޙްޤީޤުކުރުމަށްފަހު ލ.ގަމު ކައުންސިލްގެ އިދާރާގެ ސީނިއަރ މުނިސިޕަލް ސަރވިސް އޮފިސަރ އާއި ލ.ގަމު ކައުންސިލްގެ ފުރަތަމަ ދައުރުގެ ރައީސްގެ މައްޗަށް ދަޢުވާކުރުމަށް ފޮނުވައިފިއެވެ.

މިމައްސަލައިގެ ތަޙްޤީޤަށް ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، ލ.ގަމު ސިނާއީ ސަރަޙައްދުން ސައްޙަނޫން ގޯތީގެ ރަޖިސްޓްރީ 12 ފަރާތްތަކަށް ދޫކޮށްފައިވާކަން ފާހަގަކުރެވިފާވެއެވެ. ލ.ގަމު ސިނާޢީ ސަރަހައްދުން ދޫކޮށްފައިވާ ސައްޙަނޫން ރަޖިސްޓްރީތަކަކީ 1989 ވަނަ އަހަރު ކުރީގެ މިނިސްޓްރީ އޮފް އެޓޯލްސްއިން ސެލެކްޓެޑް އައިލެންޑް ޑިވެލޮޕްލަމަންޓް ޕްރޮޖެކްޓު ހިންގި ދުވަސްވަރު ގޯތި ދޫކުރުމަށްފަހު ރަޖިސްޓްރީނުކޮށް ހުރި ގޯތިތަކެއްކަން ހައްދުންމަތީ އަތޮޅުއޮފީހުގެ ލިޔެކިޔުންތަކުން އެނގެން އޮތުމުންނާއި،

އެ 12 ގޯތީގެ ވެރިފަރާތްކަމަށް ރަޖިސްޓްރީގައި ބަޔާންކޮށްފައިވާ ފަރާތްތަކަކީ އެއްވެސް ދުވަސްވަރެއްގައި ލ.ގަމުން ގޯއްޗެއް ލިބިފައިވާ ފަރާތްތަކެއްނޫންކަން ހައްދުންމަތީ އަތޮޅުއޮފީހުގެ ލިޔެކިޔުންތަކުން އެނގެން އޮތުމުންނާއި،

ލ.ގަމު ސިނާއީ ސަރަހައްދަށް ނިސްބަތްވާ ގޯތިތަކެއްގެ ސައްޙަނޫން ރަޖިސްޓްރީ ހެދުމަށްފަހު ގޯތި ވިއްކިކަމަށް ތުހުމަތުކުރެވޭ، ލ.ގަމު ކައުންސިލްގެ ފުރަތަމަ ދައުރުގެ ރައީސް އާއި ލ.ގަމު ކައުންސިލްގެ އިދާރާގެ ސީނިއަރ މުނިސިޕަލް ސަރވިސް އޮފިސަރ އެކަމަށް އިންކާރުކުރިނަމަވެސް، އިސްވެ ދެންނެވުނު 12 ގޯތީގެ ސައްޙަނޫން ރަޖިސްޓްރީތަކުގައި ޗެކްކުރިކަމަށް ލ.ގަމު ކައުންސިލްގެ އިދާރާގެ ސީނިއަރ މުނިސިޕަލް ސަރވިސް އޮފިސަރ ކޮށްފައިވާ ސޮޔާއި، ހުއްދަދިންކަމަށް ލ.ގަމު ކައުންސިލްގެ އޭރުގެ ރައީސް ކޮށްފައިވާ ސޮއި ތަޙުލީލުކުރުމަށްފަހު މޯލްޑިވްސް ޕޮލިސް ސަރވިސްއިން ތައްޔާރުކޮށްފައިވާ ޑޮކިއުމަންޓް އެގްޒަމިނޭޝަން ރިޕޯޓުގައި، އިސްވެދެންނެވުނު ސައްޙަނޫން 12 ރަޖިސްޓްރީގައި ލ.ގަމު ކައުންސިލްގެ އިދާރާގެ ސީނިއަރ މުނިސިޕަލް ސަރވިސް އޮފިސަރގެ ނަމުގައި ސޮއިކޮށްފައިވަނީ ޙާޟިރީ ފޮތްތަކުގައިވެސް އެފަރާތުގެ ނަމުގައި ސޮއިކޮށްފައިވާ މީހާކަމަށާއި، އަދި އެ 12 ރަޖިސްޓްރީގައި ލ.ގަމު ކައުންސިލްގެ އޭރުގެ ރައީސް ގެ ނަމުގައި ސޮއިކޮށްފައިވަނީ ޙާޟިރީ ފޮތްތަކުގައިވެސް އެފަރާތުގެ ނަމުގައި ސޮއިކޮށްފައިވާ މީހާކަމަށް ބަޔާންކޮށްފައި އޮތުމުންނާއި،

ލ.ގަމު ކައުންސިލްގެ އިދާރާގެ ސީނިއަރ މުނިސިޕަލް ސަރވިސް އޮފިސަރ އަމިއްލަ ފަރާތަކަށް ސިޓީއުރައެއް ކާގޯކުރިކަން މިމައްސަލައާގުޅިގެން މި ކޮމިޝަނުގެ ތަޙުޤީޤަށް ލިބިފައިވާ މޯލްޑިވިސް އެއަރޕޯޓްސް ކޮމްޕެނީގެ ޓެކްސްއިންވޮއިސް އާއި އައިލެންޑް އޭވިއޭޝަން ސަރވިސް ލިމިޓެޑްގެ އެއަރވޭ ބިލުން އެނގެން އޮތްއިރު، ކާގޯކުރި އިސްވެ ދެންނެވުނު ސިޓީއުރަތެރޭގައި ލ.ގަމު ސިނާޢީ ސަރަހައްދަށް ނިސްބަތްވާ 05 ގޯއްޗެއްގެ ރަޖިސްޓްރީ އޮތްކަމާއި، އެ ދުވަހު ކާގޯކުރި ސިޓީއުރައިގެ އިތުރުންވެސް، ލ.ގަމު ކައުންސިލްގެ އިދާރާގެ ސީނިއަރ މުނިސިޕަލް ސަރވިސް އޮފިސަރ އަމިއްލަ ފަރާތަކަށް އެކިފަހަރު މަތިން ސިޓީއުރަ ފޮނުވާކަމާއި އެގޮތުން ފޮނުވާ ސިޓީއުރަތައް ލ.ގަމު ކައުންސިލްގެ އިދާރާގެ ސީނިއަރ މުނިސިޕަލް ސަރވިސް އޮފިސަރ ބުނާ މީހުނާ ޙަވާލުކުރުމަށްފަހު އެމީހުން ދޭ ފައިސާ ލ.ގަމު ކައުންސިލްގެ އިދާރާގެ ސީނިއަރ މުނިސިޕަލް ސަރވިސް އޮފިސަރ އާއި ލ.ގަމު ކައުންސިލްގެ ފުރަތަމަ ދައުރުގެ ރައީސް ގެ އެކައުންޓަށް އަމިއްލަ ފަރާތަކުން ޖަމާކޮށްދީފައިވާކަން މި ކޮމިޝަނުގެ ތަޙުޤީޤުން އެނގެން އޮތުމުންނާއި،

ލ.ގަމު ކައުންސިލްގެ ފުރަތަމަ ދައުރުގެ ރައީސް އާއި ލ.ގަމު ކައުންސިލްގެ އިދާރާގެ ސީނިއަރ މުނިސިޕަލް ސަރވިސް އޮފިސަރ ގެ އެކައުންޓަށް ބޮޑެތި ޢަދަދުން އަމިއްލަ ފަރާތަކުން ފައިސާ ޖަމާކޮށްފައިވާކަން، ބޭންކް އޮފް މޯލްޑިވްސްއިން ހޯދާފައިވާ އެދެފަރާތުގެ ބޭންކް އެކައުންޓުގެ ތަފްސީލްތަކުން އެނގެން އޮތުމުންނާއި،

މިމައްސަލައިގެ ތުހުމަތުގައި ބުނާ 12 ގޯތީގެ ރަޖިސްޓްރީގައި ގޯތީގެ ވެރިފަރާތް ކަމަށްބުނާ ފަރާތްތަކުގެ ތެރެއިން ތަޙުޤީޤަށް ބަޔާން ނަގާފައިވާ އެއްވެސް ފަރާތަކީ ލ.ގަމު ސިނާޢީ ސަރަހައްދުން އެއްވެސް ދުވަސްވަރަކު ގޯއްޗެއް ލިބިފައިވާ ފަރާތެއް ނޫންކަމަށް އެފަރާތްތަކުން ބުނެފައިވާތީ،

ލ.ގަމު ކައުންސިލްގެ ފުރަތަމަ ދައުރުގެ ރައީސް އާއި އެ އިދާރާގެ ސީނިއަރ މުނިސިޕަލް ސަރވިސް އޮފިސަރއާ ދެމީހުން ސަރުކާރުގެ މުވައްޒަފުންގެ ގޮތުގައި ތިބެ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ލ.ގަމު ސިނާޢީ ސަރަޙައްދަށް ނިސްބަތްވާ ގޯތިތަކެއްގެ ޞައްޙަނޫން ރަޖިސްޓްރީތަކެއް ހެދުމަށްފަހު ގޯތިވިއްކައި، ނާޖާއިޒް ފައިދާ ހޯދައިދިންކަމާއި، އަދި ރަޖިސްޓްރީތައް ވިއްކައިގެން އެދެފަރާތުން ނާޖާއިޒް ފައިދާ ހޯދާފައިވާކަން ބަޔާންކުރެވުނު ހެކިތަކުން އެނގެން އޮތުމުން، ލ.ގަމު ކައުންސިލްގެ ފުރަތަމަ ދައުރުގެ ރައީސް އާއި އެ އިދާރާގެ ސީނިއަރ މުނިސިޕަލް ސަރވިސް އޮފިސަރގެ މައްޗަށް ޤާނޫނު ނަންބަރު 2/2000 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) ގެ ދަށުން ދަޢުވާކޮށް ދިނުމަށް އެދި ޕްރޮސިކިޔުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވިފައެވެ.އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މަޢުލޫމާތުދޭ ފޯމް

އެންޓި-ކޮރަޕްޝަން ކޮމިޝަން

ހުށަހަޅާ ފަރާތުގެ މައުލޫމާތު
މައްސަލަ ހުށަހަޅާ ފަރާތުން ހުށަހަޅާ ކަންތައްތަކުގެ ޚުލާޞާ
ހުށަހަޅާ ކަންތައްތަކާ ގުޅޭގޮތުން ލިބިފައިވާ ހެކިތައް ނުވަތަ ޤަރީނާތައް:

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×