ިއަހަރުގެ ފުރަތަމަ ހަމަސް ދުވަހުގެ ތެރޭގައި ކޮރަޕްޝަންގެ މައްސަލަތަކާގުޅޭ 09 ދަޢުވާއެއް ކުރުމަށް ޕީޖީއަށް ފޮނުވައިފި | އެންޓި-ކޮރަޕްޝަން ކޮމިޝަން
ރަސްމީގަޑި: 08:00 ން 15:00 ށް

ިއަހަރުގެ ފުރަތަމަ ހަމަސް ދުވަހުގެ ތެރޭގައި ކޮރަޕްޝަންގެ މައްސަލަތަކާގުޅޭ 09 ދަޢުވާއެއް ކުރުމަށް ޕީޖީއަށް ފޮނުވައިފި

13 Sep 2018

2018ވަނަ އަހަރުގެ ފުރަތަމަ 06 މަސްދުވަހުގެ ތެރޭގައި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަޙްޤީޤުކޮށް ނިންމައި ދަޢުވާކުރުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ 5 މައްސަލައެއްގައި ޖުމްލަ 09 ދަޢުވާއެއް ކުރުމަށް އެދި ފޮނުވިފައިވެއެވެ.

މިއަހަރުގެ ފުރަތަމަ 6 މަސްދުވަހުގެ ތެރޭގައި އޭސީސީން ދަޢުވާކުރުމަށްޓަކައި ޕްރޮސިކިއުޓަރޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ 06 މައްސަލައިގެ ތެރެއިން މި އަހަރުގެ 2 ވަނަ ކުއާޓަރުގައި ދަޢުވާކުރުމަށް ފޮނުވާފައިވަނީ 01 މައްސަލައެވެ. އަދި އެމައްސަލައިގައި ޖުމްލަ 03 ފަރާތެއްގެ މައްޗަށް ދަޢުވާއުފުލާފައިވާއިރު، މިފަރާތްތަކުގެ މައްޗަށް ދަޢުވާކުރުމަށްޓަކައި ފޮނުވާފައިވާ ދަޢުވާގެ ބާވަތްތަކުގެ ތެރޭގައި ހިމެނެނީ، ނާޖާއިޒު ފައިދާ ހޯދުމާއި، ހޯދައިދިނުމުގެ ދަޢުވާއެވެ. އަދި މި މައްސަލައިގައި ޝާމިލްވަނީ 02 އަންހެނުންނާއި 01 ފިރިހެން މުވައްޒަފުންކަން ފާހަގަކުރެވެއެވެ.  2017ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގައި ދަޢުވާކުރުމަށްޓަކައި އޭ.ސީ.ސީ އިން ޕްރޮސިކިއުޓަރޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ 02 މައްސަލައެވެ. އަދި މި މައްސަލަތަކުގައި 05 ބާވަތެއްގެ ދަޢުވާއެއްކުރުމަށް ފޮނުވާފައިވާއިރު، މިމައްސަލަތަކުގައި ޝާމިލްވަނީ 07 ފަރާތެކެވެ.

މިއަހަރުގެ ފުރަތަމަ 06 މަސްދުވަހުގެ ތެރޭގައި އޭސީސީ އިން ދަޢުވާކުރުމަށްޓަކައި ޕްރޮސިކިއުޓަރޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ މައްސަލަތަކުގައި، ޖުމްލަ 130,280,223.00 (އެއްސަތޭކަތިރީސްމިލިއަން ދުއިސައްތަ އައްޑިހަހާސް ދުއިސައްތަތޭވީސް) ރުފިޔާ ހިމެނޭއިރު، އޭގެތެރެއިން، ދަޢުލަތަށް އަނބުރާ ލިބެންޖެހޭ ފައިސާގެ ޢަދަދަކީ ޖުމްލަ 108,749,100.00 (އެއްސަތޭކަ އަށްމިލިއަން ހަތްސަތޭކަ ސާޅީސްނުވަހާސް ސަތޭކަ) ރުފިޔާ ކަން ފާހަގަކުރެވެއެވެ.



އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މަޢުލޫމާތުދޭ ފޯމް

އެންޓި-ކޮރަޕްޝަން ކޮމިޝަން

ހުށަހަޅާ ފަރާތުގެ މައުލޫމާތު
މައްސަލަ ހުށަހަޅާ ފަރާތުން ހުށަހަޅާ ކަންތައްތަކުގެ ޚުލާޞާ
ހުށަހަޅާ ކަންތައްތަކާ ގުޅޭގޮތުން ލިބިފައިވާ ހެކިތައް ނުވަތަ ޤަރީނާތައް:

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×