އޭސީސީއިން މި އަހަރުގެ ދެވަނަ ކުއާޓަރގައި 486 މައްސަލަ ނިންމައިފި | އެންޓި-ކޮރަޕްޝަން ކޮމިޝަން
ރަސްމީގަޑި: 08:00 ން 15:00 ށް

އޭސީސީއިން މި އަހަރުގެ ދެވަނަ ކުއާޓަރގައި 486 މައްސަލަ ނިންމައިފި

06 Sep 2018

މިއަހަރުގެ 2 ވަނަ ކުއާޓަރގެ ތެރޭގައި، އެންޓި-ކޮރަޕްޝަން ކޮމިޝަން(އޭސީސީ)އިން ވަނީ 486 މައްސަލަ ބަލާ ނިންމާފައެވެ.

އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ ފުރަތަމަ ހަމަސް ދުވަހުގެ ތެރޭގައި 774 މައްސަލަ ވަނީ ބަލާ ނިންމާފައެވެ. މީގެ ތެރެއިން 486 މައްސަލައަކީ 2 ވަނަ ކުއާޓަރ ގައި ނިންމާފައިވާ މައްސަލައެވެ. މިއީ، 2017 ވަނަ އަހަރުގެ އެމުއްދަތާ އަޅާބަލާއިރު 93.60 އިންސައްތަ އިތުރު އަދަދެކެވެ. 2017ވަނަ އަހަރުގެ ދެވަނަ ކުއާޓަރގެ ތެރޭގައި ކޮމިޝަނުން ބަލާ ނިންމާފައިވަނީ ޖުމްލަ 251 މައްސަލައެވެ.

ކޮމިޝަނުން ބަލާ ނިންމި މައްސަލަތަކުގެ ތެރެއިން ޝަރީޢަތަށް ހުށަހެޅުމަށް ކޮމިޝަނަށް ފެންނަ 02 މައްސަލައެއް މި އަހަރުގެ 2 ވަނަ ކުއާޓަރގެ ތެރޭގައި ނިންމާފައިވާއިރު، 2017 ވަނަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ޝަރީޢަތަށް ހުށަހެޅުމަށްއެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށް ނިންމާފައިވަނީ 01 މައްސަލައެކެވެ.

މި އަހަރުގެ ދެވަނަ ކުއާޓަރގެ ތެރޭގައި ކޮމިޝަނުން ނިންމި ޖުމްލަ 486 މައްސަލަތަކުގެ ތެރެއިން ކޮރަޕްޝަންގެ ޢަމަލެއް އެކުލެވިފައިވާކަމަށް ސާބިތު ކުރެވެން ނެތްކަމަށް ނިންމާފައިވަނީ ޖުމްލަ 484 މައްސަލައެވެ. 2017 ވަނަ އަހަރުގެ މި މުއްދަތުގެ ތެރޭގައި 250 މައްސަލައެއް އެކަށީގެންވާ ހެއްކާއި ޤަރީނާ ނެތިގެން ކޮރަޕްޝަންގެ ޢަމަލެއް އެކުލެވިގެންވާކަމަށް ސާބިތު ކުރެވެން ނެތްކަމަށްވަނީ ނިންމާފައެވެ.

މީގެއިތުރުން، މިއަހަރުގެ ދެވަނަ ކުއާޓަރގެ ތެރޭގައި ބަލާ ނިންމި މައްސަލަތަކާ ގުޅިގެން ދައުލަތުގެ 47 އިދާރާއަކަށް، އިޞްލާހުކުރުމަށް 86 އެންގުމެއް އަންގާފައިވާއިރު، 2017 ވަނަ އަހަރުގެ މި މުއްދަތުގެ ތެރޭގައި އަންގާފައިވަނީ 65 އެންގުމެކެވެ.



އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މަޢުލޫމާތުދޭ ފޯމް

އެންޓި-ކޮރަޕްޝަން ކޮމިޝަން

ހުށަހަޅާ ފަރާތުގެ މައުލޫމާތު
މައްސަލަ ހުށަހަޅާ ފަރާތުން ހުށަހަޅާ ކަންތައްތަކުގެ ޚުލާޞާ
ހުށަހަޅާ ކަންތައްތަކާ ގުޅޭގޮތުން ލިބިފައިވާ ހެކިތައް ނުވަތަ ޤަރީނާތައް:

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×