އެސެޓް ރިކަވަރީ ދިރާސާ | އެންޓި-ކޮރަޕްޝަން ކޮމިޝަން
ރަސްމީގަޑި: 08:00 ން 15:00 ށް (ސިޓީއާ ލިޔެކިއުންތައް ބަލައިގަތުން: ހެނދުނު 08:00 ން މެންދުރުފަހު 14:30 އަށް)

އެސެޓް ރިކަވަރީ ދިރާސާ

16 Jan 2018

އެސެޓް ރިކަވަރީ ދިރާސާއަކީ 2018ގެ ފުރަތަމަ ކުއަރޓާރގައި ކޮމިޝަނުން ފަށާފައިވާ ދިރާސާއެކެވެ. މިއީ ކޮރަޕްޝަނުގެ ޢަމަލުތަކުގެ ސަބަބުން ދައުލަތުން ގެއްލިގެންދާ ފައިސާއާއި ހަރުމުދާ އަލުން އަނބުރާ ދައުލަތަށް ހޯދުމުގެ ނިޒާމު ރާއްޖޭގައި ހަމަޖެހިފައި އޮތް ގޮތް ދެނެގަތުމުގެ ގޮތުން ކުރެވޭ ދިރާސާއެކެވެ. މި ދިރާސާގައި ރާއްޖޭގެ ޤާނޫނީ ނިޒާމުގައި އެސެޓް ރިކަވަރީއާ ގުޅޭ ކަންކަން ހުރިނެތްގޮތާއި، ދިމާވާ ގޮންޖެހުންތަކާއި، އެ މަސައްކަތާ ގުޅުންހުރި އިދާރާތަކުގެ ފްރޭމްވަރކާއި، ދުނިޔޭގެ އެކި ޤައުމުތަކާއި، އިދާރާތަކުން އެސެޓް ރިކަވަރކުރުމަށް ކުރާ މަސައްކަތްތަކުގައި ގެންގުޅޭ މިންގަނޑުތަކާ އަޅާކިޔައި ރާއްޖޭގެ ނިޒާމުގައި ހުރި މައްސަލަތަކާއި، ދިމާވާ ގޮންޖެހުންތަކާއި ޙައްލުތައް ހޯދުމަށް ހަމަޖެހިފައިވެއެވެ. ދިރާސާގެ ބޭނުމަށް މަޢުލޫމާތުހޯދުމުގެ ގޮތުން ކަމާގުޅޭ އިދާރާތަކާއިއެކު މަޝްވަރާ ބައްދަލުވުންތައް ވަނީ ބޭއްވިފައެވެ. އަދި ދިރާސާއަށް ބޭނުންވާ މަޢުލޫމާތާއި ލިޔެކުޔުންތައް ރިވިއުކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.



އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މަޢުލޫމާތުދޭ ފޯމް

އެންޓި-ކޮރަޕްޝަން ކޮމިޝަން

ހުށަހަޅާ ފަރާތުގެ މައުލޫމާތު
މައްސަލަ ހުށަހަޅާ ފަރާތުން ހުށަހަޅާ ކަންތައްތަކުގެ ޚުލާޞާ
ހުށަހަޅާ ކަންތައްތަކާ ގުޅޭގޮތުން ލިބިފައިވާ ހެކިތައް ނުވަތަ ޤަރީނާތައް:

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×