ރަސްމީގަޑި: 08:00 ން 15:00 ށް

ޞަފްވަތު މުޙައްމަދު

Soppe
އަލްފާޟިލް ޞަފްވަތު މުޙައްމަދު މަތީ ޘާނަވީ ތަޢުލީމު ޙާޞިލްކުރައްވާފައިވަނީ 1996 ވަނަ އަހަރުން 2000ވަނަ އަހަރުގެ ނިޔަލަށް، އިންސްޓިޓިއުޓް އޮފް އިސްލާމިކް ސްޓަޑީޒްއިންނެވެ. އެއަށްފަހު 2001ވަނަ އަހަރު ސުޕްރީމް ކައުންސިލް ފޮރ އިސްލާމިކް އެފެއާޒްގައި ސެކްރެޓަރީއެއްގެ މަޤާމު ފުރުއްވުމަށްފަހު 2007ވަނަ އަހަރު މިސްރުގެ އަޒުހަރު ޔުނިވަރސިޓީގައި އެކައުންޓިންގގެ ދާއިރާއިން ބީ.އޭ ޑިގްރީ ޙާޞިލްކުރައްވާފައިވެއެވެ.
އެކައުންޓިންގ ދާއިރާއިން ޑިގްރީ ޙާޞިލްކުރެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެން 2007ވަނަ އަހަރުން 2008ވަނަ އަހަރުގެ ނިޔަލަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ އެސިސްޓެންޓް އޮޑިޓަރއެއްގެ މަޤާމުގައި މަސައްކަތްކުރައްވާފައިވެއެވެ. އަދި 2008ވަނަ އަހަރު ޑިރެކްޓަރ އޮފް އޮޑިޓްގެ މަޤާމަށް ބަދަލުވެ، އެމަޤާމުގައި 4 އަހަރު މަސައްކަތް ކުރައްވާފައިވެއެވެ. އޮޑިޓް އޮފީހުގައި މަސައްކަތްކުރެއްވި ދުވަސްވަރު ސަރުކާރުގެ ވަރަށް ގިނަ އޮފީސްތަކާއި، ސަރުކާރު ޙިއްސާވާ ކުންފުނިތަކުގެ އޮޑިޓް ކުރައްވާފައިވެއެވެ.
އޮޑިޓަރ ޖެނެރަލްގެ އޮފީހުގައި 4 އަހަރު ދުވަހު މަސައްކަތް ކުރެއްވުމަށް ފަހު، ޞަފްވަތު މުޙައްމަދު އެންމެ ފުރަތަމަ އެންޓި-ކޮރަޕްޝަން ކޮމިޝަނާ ގުޅިވަޑައިގަތީ 2011ވަނަ އަހަރު، އިންވެސްޓިގޭޝަން އޮފިސަރެއްގެ ގޮތުގައެވެ. އިންވެސްޓިގޭޝަން އޮފިސަރގެ މަޤާމުގައި މަސައްކަތްކުރެއްވި 3 އަހަރަށް ވުރެ ދިގު މުއްދަތުގައި ކޮރަޕްޝަންގެ މައްސަލަތައް ތަޙުޤީޤުކުރައްވައި، އަދި ބައެއް މައްސަލަތަކާ ގުޅިގެން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކޮމިޝަނުން ކުރި ދަތުރުތަކުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައިވެއެވެ.
ޞަފްވަތު މުޙައްމަދު އޮޑިޓަރ ޖެނެރަލްގެ އޮފީހުގައާއި، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ވަޒީފާގައި ހުންނެވިއިރު، ރާއްޖެއާއި ރާއްޖެއިން ބޭރުގެ އިދާރާތަކުން ބޭއްވެވި ކުރުމުއްދަތުގެ ތަފާތު ތަމްރީން ޕްރޮގްރާމްތަކުގައި ބައިވެރިވެވަޑައިގެންފައިވެއެވެ.
އެކައުންޓިންގ ގެ ދާއިރާއިން ތަޢުލީމް ޙާޞިލްކުރެއްވުމަށްފަހު، އޮޑިޓިންގ އަދި އިންވެސްޓިގޭޝަން ދާއިރާގައި ގާތްގަނޑަކަށް އަށް އަހަރުގެ ތަމްރީނާ، ތަޖުރިބާ ޙާޞިލްކުރައްވައި، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ އިންވެސްޓިގޭޝަން އޮފިސަރ ގެ މަޤާމު އަދާކުރައްވަމުން ގެންދެވި ޞަފްވަތު މުޙައްމަދު އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ 2 ވަނަ ދައުރުގައި ކޮމިޝަނުގެ މެމްބަރުކަމުގެ މަޤާމާ ޙަވާލުވެވަޑައިގަތީ 09 ސެޕްޓެންބަރު 2014ގައެވެ.

ކޮމިޝަނުގެ މެމްބަރު ޞަފްވަތު މުޙައްމަދުގެ 2015 ވަނަ އަހަރުގެ މާލީ ބަޔާން

ކޮމިޝަނުގެ މެމްބަރު ޞަފްވަތު މުޙައްމަދުގެ 2016 ވަނަ އަހަރުގެ މާލީ ބަޔާން

ކޮމިޝަނުގެ މެމްބަރު ޞަފްވަތު މުޙައްމަދުގެ 2017 ވަނަ އަހަރުގެ މާލީ ބަޔާން



އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މަޢުލޫމާތުދޭ ފޯމް

އެންޓި-ކޮރަޕްޝަން ކޮމިޝަން

ހުށަހަޅާ ފަރާތުގެ މައުލޫމާތު
މައްސަލަ ހުށަހަޅާ ފަރާތުން ހުށަހަޅާ ކަންތައްތަކުގެ ޚުލާޞާ
ހުށަހަޅާ ކަންތައްތަކާ ގުޅޭގޮތުން ލިބިފައިވާ ހެކިތައް ނުވަތަ ޤަރީނާތައް:

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×