ރަސްމީގަޑި: 08:00 ން 15:00 ށް (ސިޓީއާ ލިޔެކިއުންތައް ބަލައިގަތުން: ހެނދުނު 08:00 ން މެންދުރުފަހު 14:30 އަށް)

މެމްބަރު ޢަލީ އަޝްރަފް

Yazu

މަޤާމާއި ޙަވާލުވުމުގެ ކުރިން ހުށަހަޅާ މާލީ ބަޔާން

އަލްފާޟިލް ޢަލީ އަޝްރަފް ޡާނަވީ ތަޢުލީމު ޙާޞިލްކުރެއްވީ މަޖީދިއްޔާ ސްކޫލުންނާއި ސައިންސް އެޑިޔުކޭޝަން ސެންޓަރުންނެވެ. މެލޭޝިޔާގެ ލެންގުއޭޖް އިންސްޓިޓިއުޓުން ޓީޗަރ ޓްރޭނިންގް ކޯހެއް ފުރިހަމަކުރައްވައި ސްކޫލް ހިންގުމާބެހޭ އަސާސީ ކޯހެއް މެލޭޝިޔާގެ އިންސްޓިޓިއުޓް އަމީނުންދީން ބަކީގައި ހެއްދެވިއެވެ. އަދި މެލޭޝިޔާގެ ޔުނިވާރސިޓީ ޕަރްތާނިއަން ގައި ކޮމިއުނިޓީ އެޑިޔުކޭޝަންގެ ކޯހެއް ހެއްދެވިއެވެ.

މީގެ އިތުރުން މެލޭޝިޔާގެ އޯޕަން ޔުނިވާސިޓީން ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ބެޗްލަރސް ޑިގްރީ (އޮނާސް) ޙާޞިލްކުރައްވާފައިވެއެވެ. އަދި އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ވެސްޓް އޮފް އިންގްލެންޑްގެ މާރސްޓަރސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ޕްރޮގްރާމްގެ ހުރިހާ މޮޑިއުލްއެއް ހެއްދެވުމަށްފަހު މިހާރު ގެންދަވަނީ ތީސިސް ނިންމުމުގެ މަސައްކަތްކުރައްވަމުންނެވެ.

މަސައްކަތުގެ ތަޖުރިބާއަށް ބަލާއިރު އަލްފާޟިލް ޢަލީ އަޝްރަފް ވަނީ ވަރަށް ދިގު މުއްދަތަކަށް ޤައުމަށް ޚިދުމަތް ކުރައްވާފައެވެ. އެ ގޮތުން 1985 އިން 1991 އަށް ޢަލީ އަޝްރަފްވަނީ ރާއްޖޭގެ އެކި ސުކޫލުތަކުގެ ހެޑްމާސްޓަރުކަން ކުރައްވާފައެވެ. އޭގެ ތެރޭގައި ބ.އަތޮޅު ތަޢުލީމީ މަރުކަޒާއި ޏ.އަތޮޅު ތަޢުލީމީ މަރުކަޒާއި ގދ. އަތޮޅު މަދަރުސާ ހިމެނެއެވެ. 1992 އިން 1994 އަށް އެސިސްޓެންޓް ޕްރިންސިޕަލެއްގެ ވަޒީފައިގާ (ސަދަން ސެކަންޑަރީ ސްކްލާއި މަޖީދިއްޔާ ސްކޫލް) އުޅުއްވުމަށްފަހު 1997 އިން 1999 އަށް މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ އެސިސްޓަންޓް ޑިރެކްޓަރކަން ކުރައްވާފައިވެއެވެ. އެއަށްފަހު ފޯކަސް ކޮމްޕިއުޓަރސް ޕްރައިވެޓް ލިމިޓެޑްގެ ސޭލްސް މެނޭޖަރުކަން 1999 ވަނަ އަހަރުން 2002 ވަނަ އަހަރަށް އަދާކުރެއްވުމަށްފަހު، މެނޭޖްމަންޓް ކޮންސަލްޓެންޓެއްގެ ގޮތުގައި 2010 ވަނަ އަހަރުން 2012 ވަނަ އަހަރަށް ޔޮޓް ޓުއަރޒް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގައި މަސައްކަތް ކުރުމުގެ އިތުރުން 2012 އިން 2013 އަށް ވިލާ ކޮލެޖްގެ ޑިރެކްޓަރ އޮފް މާކެޓިންގގެ ވަޒީފާ އަދާކުރެއްވިއެވެ. މިފަދަ ވަޒީފާތަކުގެ އިތުރުން އަލްފާޟިލް ޢަލީ އަޝްރަފްއަކީ ވިޔަފާރީގެ ދާއިރާގައިވެސް ނުހަނު ތަޖުރިބާ ހުންނެވި ބޭފުޅެކެވެ. އެ ގޮތުން 1998 އިން 2009 އަށް އެޑިފައި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރުކަން އަދި 2005 އިން 2019 އަށް މެޓިއޭ ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރުކަން ކުރައްވާފައިވެއެވެ.

އަލްފާޟިލް ޢަލީ އަޝްރަފް ކޮމިޝަނުގެ މެމްބަރު ކަމުގެ ހުވާ ކުރެއްވީ 09 ސެޕްޓެންބަރު 2019 ގައެވެ.



އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މަޢުލޫމާތުދޭ ފޯމް

އެންޓި-ކޮރަޕްޝަން ކޮމިޝަން

ހުށަހަޅާ ފަރާތުގެ މައުލޫމާތު
މައްސަލަ ހުށަހަޅާ ފަރާތުން ހުށަހަޅާ ކަންތައްތަކުގެ ޚުލާޞާ
ހުށަހަޅާ ކަންތައްތަކާ ގުޅޭގޮތުން ލިބިފައިވާ ހެކިތައް ނުވަތަ ޤަރީނާތައް:

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×