ރަސްމީގަޑި: 08:00 ން 15:00 ށް

ރައީސް މުޢައްވިޒު ރަޝީދު

Muavvi

އަލްއުސްތާޛު މުޢައްވިޒު ރަޝީދުވަނީ ޤާނޫނީ ރޮނގުން ބެޗްލަރސް ޑިގްރީއެއް ޙާޞިލްކުރައްވާފައެވެ. ދިވެހިރާއްޖޭގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ ގައި އެލްއެލްބީ ފުރިހަމަ ކުރެއްވުމަށް ފަހު، ކޮރަޕްޝަންގެ މައްސަލަތައް ތަޙްޤީޤް ކުރެއްވުމުގައި، ގިނަ ތަޖުރިބާތަކެއް މުޢައްވިޒް ހޯއްދަވާފައިވެއެވެ.

2005ވަނަ އަހަރު ލީގަލް އޮފިސަރެއްގެ މަޤާމަށް، އޭރުގެ އެންޓި-ކޮރަޕްޝަން ބޯޑާއި ގުޅިވަޑައިގަތުމަށްފަހު، 2008ވަނަ އަހަރު އެންޓި-ކޮރަޕްޝަން ކޮމިޝަން އުފެއްދުމާ ގުޅިގެން، އެ ކޮމިޝަންގެ އިންތިޤާލީ މަރުޙަލާގައި، އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލް، އިންވެސްޓިގޭޝަން ގެގޮތުގައި ވަޒީފާ އަދާކުރެއްވިއެވެ. ކުރީގެ އެންޓި-ކޮރަޕްޝަން ބޯޑު އަދި އެންޓި-ކޮރަޕްޝަން ކޮމިޝަންގެ އިންތިޤާލީ މަރުޙަލާގައި މައިގަނޑު ގޮތެއްގައި އަދާކުރެއްވި ދައުރަކީ، ކޮރަޕްޝަންގެ މައްސަލަތައް ތަޙްޤީޤްކުރައްވައި، ޤާނޫނީ ގޮތުން ކޮމިޝަނުގައި ކުރާ މަސައްކަތްތަކުގައި ބައިވެރިވެ ވަޑައިގަތުމެވެ. މީގެ އިތުރުން ކޮރަޕްޝަންގެ ބޮޑެތި ޢަމަލުތަކާ ގުޅިފައިވާ ތަޙްޤީޤުތައް ރާއްޖޭގެ އިތުރުން ރާއްޖެއިން ބޭރުގައި ކުރިއަށް ގެންދެވުމުގައިވެސް މުޢައްވިޒް ވަނީ ޢަމަލީގޮތުން ބައިވެރި ވެފައެވެ. އަދި ކޮރަޕްޝަނާއި މެދު ޢާއްމުން ހޭލުންތެރިކުރުމަށްޓަކައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޭއްވޭ ވާރކްޝޮޕްތަކާއި ސެމިނާތަކުގައިވެސް މަޢުލޫމާތު ދެއްވައި، ޢަމަލީގޮތުން ޙަރަކާތްތެރިވެވަޑައިގަންނަވައެވެ.

އެންޓި-ކޮރަޕްޝަން ބޯޑުގެ މެމްބަރުކަންވެސް ކުރައްވާފައިވާ އަލްއުސްތާޛު މުޢައްވިޒް ރަޝީދު އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މެމްބަރުކަމުގެ ހުވާ ކުރެއްވީ 09 ސެޕްޓެމްބަރު 2009ގައެވެ. އެއަށްފަހު، ކޮމިޝަންގެ ނާއިބުރައީސްކަމަށް ހޮވިވަޑައިގަތެވެ. ކޮމިޝަނުގެ ނައިބުރައީސް ކަމުގެ މަޤާމުގައި 5 އަހަރު ވަރަށް ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވެއެވެ. އަދި މުޢައްވިޒް ބައެއްމައްސަލަތަކުގައި ކޮމިޝަންގެ ފަރާތުން ޝަރުޢީ ކޯޓުތަކުގައި ވަކާލާތު ކުރައްވައެވެ.

އަލްއުސްތާޛު މުޢައްވިޒް ރަޝީދު ވަނީ އެންޓި-ކޮރަޕްޝަނާ ގުޅުންހުރި ބައިނަލްއަޤުވާމީ އެކި ކޮންފަރެންސްތަކާއި ސެމިނަރ އާއި އަދި މަސައްކަތު ބައްދަލުވުންތަކުގައި ބައިވެރިވެ މިދާއިރާއާ ގުޅުންހުރި ގިނަ ތަމްރީނުތަކާއި ތަޖްރިބާ ހޯއްދަވާފައެވެ. މިގެ އިތުރުން ބައިނަލްއަޤުވާމީ އެކި ކޮންފަރެންސުތަކުގައި ދިވެހިރާއްޖެ ތަމްސީލްކޮށްފައިވެއެވެ. މީގެ ތެރޭގައި ކޮރަޕްޝަން ހުއްޓުވުމާ ބެހޭ އ.ދ.ގެ މުއާހަދާ “ޔުނައިޓެޑް ނޭޝަން ކޮންވެންޝަން އެގެއިންސްޓް ކޮރަޕްޝަން”ގައި ބައިވެރިވާ ޤައުމެއްގެ ހައިސިއްޔަތުން ރާއްޖޭގެ ފަރާތުން ސްޓޭޓް ޕާޓީ ކޮންފަރެންސުތަކުގައި މުޢައްވިޒް ރަޝީދު ވަނީ ބައިވެރިވެފައެވެ.

އަލްއުސްތާޛު މުޢައްވިޒް ރަޝީދު ވަނީ އެންޓި-ކޮރަޕްޝަނާ ގުޅުންހުރި ބައިނަލްއަޤުވާމީ އެކި ކޮންފަރެންސްތަކާއި ސެމިނަރ އާއި އަދި މަސައްކަތު ބައްދަލުވުންތަކުގައި ބައިވެރިވެ މިދާއިރާއާ ގުޅުންހުރި ގިނަ ތަމްރީނުތަކާއި ތަޖްރިބާ ހޯއްދަވާފައެވެ. މިގެ އިތުރުން ބައިނަލްއަޤުވާމީ އެކި ކޮންފަރެންސުތަކުގައި ދިވެހިރާއްޖެ ތަމްސީލްކޮށްފައިވެއެވެ. މީގެ ތެރޭގައި ކޮރަޕްޝަން ހުއްޓުވުމާ ބެހޭ އ.ދ.ގެ މުއާހަދާ “ޔުނައިޓެޑް ނޭޝަން ކޮންވެންޝަން އެގެއިންސްޓް ކޮރަޕްޝަން”ގައި ބައިވެރިވާ ޤައުމެއްގެ ހައިސިއްޔަތުން ރާއްޖޭގެ ފަރާތުން ސްޓޭޓް ޕާޓީ ކޮންފަރެންސުތަކުގައި މުޢައްވިޒް ރަޝީދު ވަނީ ބައިވެރިވެފައެވެ.

08 ސެޕްޓެންބަރު 2014ގައި އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މެމްބަރުންގެ ދައުރު ހަމަވުމުން ދެވަނަ ދައުރަކަށް ޢައްޔަންކުރި މެމްބަރުންގެ ތެރޭގައި މުޢައްވިޒް ރަޝީދުވެސް ހިމެނިވަޑައިގަންނަވައެވެ. އަދި 09 ސެޕްޓެންބަރު 2014ގައި އެންޓި-ކޮރަޕްޝަންގެ މެމްބަރުކަމަށް ދެވަނަ ފަހަރަށް ހުވާ ކުރައްވައި، ހަމަ އެދުވަހު، ކޮމިޝަނުގެ ނައިބުރައީސްކަމަށްވެސް ހޮވިވަޑައިގަތެވެ. ކޮމިޝަނުގެ ރައީސްގެ މަޤާމުގެ ހުސްވުމާއި ގުޅިގެން 04 ޖުލައި 2019 ގައި ކޮމިޝަނުގެ ރައީސްގެ މަޤާމަށް މުޢައްވިޒު ރަޝީދު ޢައްޔަންކުރެވުނެވެ.

 

ކޮމިޝަނުގެ ނައިބުރައީސް މުޢައްވިޒް ރަޝީދުގެ 2015 ވަނަ އަހަރު މާލީ ބަޔާން

ކޮމިޝަނުގެ ނައިބުރައީސް މުޢައްވިޒް ރަޝީދުގެ 2016 ވަނަ އަހަރު މާލީ ބަޔާން

ކޮމިޝަނުގެ ނައިބުރައީސް މުޢައްވިޒް ރަޝީދުގެ 2017 ވަނަ އަހަރު މާލީ ބަޔާންއެންޓި-ކޮރަޕްޝަން ކޮމިޝަނަށް މަޢުލޫމާތުދޭ ފޯމް

އެންޓި-ކޮރަޕްޝަން ކޮމިޝަން

ހުށަހަޅާ ފަރާތުގެ މައުލޫމާތު
މައްސަލަ ހުށަހަޅާ ފަރާތުން ހުށަހަޅާ ކަންތައްތަކުގެ ޚުލާޞާ
ހުށަހަޅާ ކަންތައްތަކާ ގުޅޭގޮތުން ލިބިފައިވާ ހެކިތައް ނުވަތަ ޤަރީނާތައް:

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×