ރަސްމީގަޑި: 08:00 ން 15:00 ށް

ނާއިބުރައީސް އާމިނަތު މިންނާ

Minnu

އަލްފާޟިލާ އާމިނަތު މިންނާ ވަނީ، ތަފާތު ދާއިރާތަކުން މަތީ ތަޢުލީމު ޙާޞިލް ކުރައްވާފައެވެ. އެގޮތުން 1996ވަނަ އަހަރު ޖީ.ސީ.އީ އޯލެވެލް ނިންމެވުމަށްފަހު، 1998 ވަނަ އަހަރު މަޢުހަދުއްދިރާސާތިލް އިސްލާމިއްޔާއިން ސެކަންޑަރީ ޓީޗިންގ ސަރޓިފިކެޓް ޙާޞިލްކުރައްވާފައިވެއެވެ. އަދި 2003 ވަނަ އަހަރު މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަން އިން “ބެޗްލަރ އޮފް އާޓްސް އިން ދިވެހި ލެންގުއޭޖް” ޙާޞިލް ކުރައްވާފައިވެއެވެ. އެއަށްފަހު 2007ވަނަ އަހަރު، ކްލިކް ކޮލެޖްއިން ޓްރެވަލް، ޓޫރިޒަމް އެންޑް ހޮސްޕިޓަލިޓީގެ ދާއިރާއިން ޑިޕްލޮމާ ޙާޞިލްކުރައްވާފައިވެއެވެ. އަދި މެލޭޝިއާގެ ޓެއިލަރސް ޔުނިވަރސިޓީ އިން 2010ވަނަ އަހަރު އާމިނަތު މިންނާ ވަނީ ހަޔަރ ޑިޕްލޮމާ އިން ޓޫރިޒަމް މެނޭޖްމަންޓް އެންޑް އިންޖިނިއަރިންގ އަދި ބެޗްލަރސް ޑިގްރީ އިން ޓޫރިޒަމް މެޏޭޖްމަންޓް އެންޑް އިންޖިނިއަރިންގ ޙާޞިލްކުރައްވާފައެވެ. މީގެ އިތުރުންވެސް، 2014ވަނަ އަހަރު ތުރުކީގެ ހަޖޭޓެޕޭ (Hacettepe University) ޔުނިވަރސިޓީ، ތުރުކީގެ އަންކާރާގައި އިންޓަރނޭޝަނަލް ރިލޭޝަންސްގެ ދާއިރާއިން މާސްޓަރސް ގެ ކޯސްވާރކް ފުރިހަމަ ކުރައްވާފައިވެއެވެ.

އާމިނަތު މިންނާ 1999 އަހަރުން ފެށިގެން 2000 ވަނަ އަހަރު ސެކަންޑަރީ ޓީޗަރެއްގެ ގޮތުގައި ނ.ހޮޅުދޫ މޭނާ ސްކޫލުގައި ޚިދުމަތްކުރައްވައި، 2003ވަނަ އަހަރު މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަންގެ ޕާޓް ޓައިމް ލެކްޗަރަރއެއްގެ ގޮތުގައި މަސައްކަތް ކުރައްވައި، 2004 ވަނަ އަހަރުން ފެށިގެން 2009ވަނަ އަހަރުގެ ނިޔަލަށް ސެންޓަރ ފޮރ ކޮންޓިނިއުއިންގ އެޑިއުކޭޝަންގައި ލެކްޗަރެއްގެ ވަޒީފާގައި ޚިދުމަތް ކުރެވުމުގެ އިތުރުން، 2004ވަނަ އަހަރުން 2008ވަނަ އަހަރަށް، އަދި 2010ވަނަ އަހަރުން 2011ވަނަ އަހަރަށް ދަރުމަވަންތަ ސްކޫލުގައި ޓްރެވަލް އެންޑް ޓޫރިޒަމްއާއި، ދިވެހި ބަސް އުނގަންނައި ދެއްވުމުގައި މަސައްކަތް ކުރެއްވިއެވެ. އަދި 2008ވަނަ އަހަރު ޓްރެވަލް ޓޫރިޒަމްގެ ދާއިރާގައި ޕްރައިވެޓް ސެކްޓަރގައި މަސައްކަތްކުރެއްވުމަށް ފަހު، 2010 ވަނަ އަހަރު މިނިސްޓްރީ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރގައި ހިއުމަން ރިސޯސް ޓްރެއިނީއެއްގެ ގޮތުގައި ޚިދުމަތް ކުރައްވާފައިވެއެވެ.

މީގެ އިތުރުންވެސް މަސައްކަތްކުރައްވާފައިވާ ދާއިރާތަކަށް ބަލާއިރު، 2010ވަނަ އަހަރުން ފެށިގެން 2013ވަނަ އަހަރުގެ ނިޔަލަށް ސިވިލް ސަރވިސް ކޮމިޝަނުގެ ވިޒިޓިންގ ލެކްޗަރަރއެއްގެ ގޮތުގައި ޚިދުމަތް ކުރެއްވުމާއި، އިލެކްޝަނަސް ކޮމިޝަނުގައި ވޯޓިންގ ކޯޑިނޭޓަރ އަދި މާސްޓަރ ޓްރެއިނަރއެއް ގެ ގޮތުގައި 2011 ވަނަ އަހަރާއި 2013ވަނަ އަހަރު މަސައްކަތް ކުރެއްވުމުގެ އިތުރުން 2014ވަނަ އަހަރު އިންޓަރނޭޝަނަލް ފައުންޑޭޝަން ފޮރ އިލެކްޓޯރަލް ސިސްޓަމް (އައި.އެފް.އީ.އެސް)ގެ ކޮންސަލްޓަންޓެއްގެ ގޮތުގައި މަސައްކަތްކުރެއްވުން ހިމެނެއެވެ.

އަލްފާޟިލާ އާމިނަތު މިންނާ އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މެމްބަރުކަމުގެ މަޤާމާ ޙަވާލުވެ ވަޑައިގަތީ 09 ސެޕްޓެންބަރު 2014ގައެވެ. ކޮމިޝަނުގެ ނާއިބުރައީސްގެ މަޤާމަށް 2019 ޖުލައި 07 ގައި އާމިނަތު މިންނާ ޢައްޔަންކުރެވުނެވެ.

ކޮމިޝަން މެންބަރު އާމިނަތު މިންނާގެ 2015 ވަނަ އަހަރު މާލީ ބަޔާން

ކޮމިޝަން މެންބަރު އާމިނަތު މިންނާގެ 2016 ވަނަ އަހަރު މާލީ ބަޔާން

ކޮމިޝަން މެންބަރު އާމިނަތު މިންނާގެ 2017 ވަނަ އަހަރު މާލީ ބަޔާންއެންޓި-ކޮރަޕްޝަން ކޮމިޝަނަށް މަޢުލޫމާތުދޭ ފޯމް

އެންޓި-ކޮރަޕްޝަން ކޮމިޝަން

ހުށަހަޅާ ފަރާތުގެ މައުލޫމާތު
މައްސަލަ ހުށަހަޅާ ފަރާތުން ހުށަހަޅާ ކަންތައްތަކުގެ ޚުލާޞާ
ހުށަހަޅާ ކަންތައްތަކާ ގުޅޭގޮތުން ލިބިފައިވާ ހެކިތައް ނުވަތަ ޤަރީނާތައް:

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×