ޚިޔާލު ހުށަހެޅުން

 

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޚިދުމަތް ލިބިގަންނަ ފަރާތްތަކުން، އޭސީސީން ފޯރުކޮށްދޭ ޚިދުމަތްތަކާ ގުޅޭގޮތުންނާއި، ކޮމިޝަނުގެ ވެބްސައިޓް އަދި އޭސީސީއާ ގުޅުންހުރި އެނޫންވެސް ކަމަކާ ގުޅޭގޮތުން އާންމުންގެ ޚިޔާލު މިކޮމިޝަނަށް ހުށަހެޅިދާނެއެވެ. ކޮމިޝަންގެ ޚިދުމަތްތަކާއި ހިންގުން އިތުރަށް ހަރުދަނާކޮށް ރަނގަޅުކުރުމަށްޓަކައި އާންމުންގެ ޚިޔާލު ބޭނުންވެއެވެ. މިގޮތުން އާންމުން ފާޅުކުރާ ޚިޔާލުތަކަށް ބަލައި ކޮމިޝަނުން ޙާޞިލްކުރަން ބޭނުންވާ ކަންކަން ތިރީގައިމިވަނީއެވެ. ޚިޔާލު ފާޅުކުރުމުގައި މިކަންކަމާމެދު ވިސްނުން ބެހެއްޓުމަކީ ވަރަށް މުހިންމު ކަމެކެމެވެ.

  • ކޮމިޝަނުން ފޯރުކޮށްދޭ ޚިދުމަތްތަކުގައި ހުންނަ މައްސަލަތައް ދެނެގަނެ އިޞްލާޙުކުރުން
  • ކޮމިޝަނުން ދޭ ޚިދުމަތްތަކަށް ކުރާ ޚަރަދުތައް ކުރާ ގޮތަށް ބަދަލުގެންނަންޖެހޭ ނަމަ އެކަން ދެނެގަތުން
  • ކޮމިޝަނުން ފޯރުކޮށްދޭ ޚިދުމަތްތައް ބައްޓަންކުރުމުގައި ގެންގުޅޭނެ ގޮތްތައް ދެނެގަތުން
  • ޚިދުމަތް ފޯރުކޮށްދިނުމުގައި ފަރުވާކުޑަ އަދި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންކަން ހިނގާތޯ ދެނެގަތުން

ތިރީގައިމިވާ ގޮތްތަކުގެ ތެރެއިން ގޮތަކުން މިކޮމިޝަނަށް ޚިޔާލު ހުށަހެޅިދާނެއެވެ.

  • ޚިޔާލު ހުށަހެޅުމަށް ތައްޔާރުކޮށްފައިވާ ފޯމު ފުރިހަމަކޮށް ކޮމިޝަނަށް ހުށަހަޅައިގެން. (ނޯޓް: ކޮމިޝަނަށް ޚިޔާލު ހުށަހެޅުމަށް ތައްޔާރުކޮށްފައިވާ ފޯމު ކޮމިޝަންގެ ރިސެޕްޝަނުންނާއި ވެބްސައިޓުން ލިބެން ހުންނާނެއެވެ.)
  • ކޮމިޝަންގެ ވެބްސައިޓުގައިވާ އޮންލައިންކޮށް ޚިޔާލު ހުށަހަޅާ ޕޯޓަލް މެދުވެރިކޮށް.

ކޮމިޝަނަށް ޚިޔާލު ހުށަހަޅާ ފޯމް ޑައުންލޯޑް ކުރެއްވުމަށް 

މިކޮމިޝަނަށް ހުށަހަޅާ ޚިޔާލު ބަލައިގަތުމަށް ހަމަޖެހިފައިވަނީ ތިރީގައިމިވާ ގޮތުގެމަތިންނެވެ.

  • ކޮމިޝަންގެ ވެބްސައިޓް މެދުވެރިކޮށް އަދި ކޮމިޝަންގެ އީ-މެއިލް އާއި ފެކްސް މެދުވެރިކޮށް 24 ގަޑިއިރު ޚިޔާލު ހުށަހެޅޭނެއެވެ. ޚިޔާލު ހުށަހެޅުމަށް ތައްޔާރުކޮށްފައިވާ ފޯމް ކޮމިޝަނުން ބަލައިގަންނާނީ ހަމައެކަނި ރަސްމީ ގަޑީގައެވެ. ރަސްމީގަޑީގައި ފޯމު ހުށަހެޅުމަށް ވަކި ގަޑިއެއް ނޯވެއެވެ.

 އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މަޢުލޫމާތުދޭ ފޯމް

އެންޓި-ކޮރަޕްޝަން ކޮމިޝަން

ހުށަހަޅާ ފަރާތުގެ މައުލޫމާތު
މައްސަލަ ހުށަހަޅާ ފަރާތުން ހުށަހަޅާ ކަންތައްތަކުގެ ޚުލާޞާ
ހުށަހަޅާ ކަންތައްތަކާ ގުޅޭގޮތުން ލިބިފައިވާ ހެކިތައް ނުވަތަ ޤަރީނާތައް:

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×