ގުޅުންހުރި ފިހާރަތަކުން ތަކެތި ގަތުމުގައި ހުއްދަ ދިނުން

ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 6.08 (މުވައްޒަފަކާ ގުޅުންހުރި ވިޔަފާރިއަކާ ވިޔަފާރީގެ މުއާމަލާތެއް ހިންގުން) ގައި “ދައުލަތުގެ ތަނަކަށް، އެތަނެއްގެ މުވައްޒަފަކާ ގުޅުންހުރި ވިޔަފާރިއަކުން އެތަނަކަށް އެއްޗެއް ގަންނަންވާނީ، ނުވަތަ ޚިދުމަތެއް ހޯދަންވާނީ އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ހުއްދަ ލިޔުމަކުން ލިބުމަށް ފަހުގައި” ކަމަށް ބަޔާންކޮށްފައިވެއެވެ. ނަމަވެސް، އުޞޫލެއްގެ ގޮތުން އެއްވެސް ފަރާތަކަށް މިބާވަތުގެ ކަންކަމުގައި ދާއިމީ ހުއްދައެއް ދޭގޮތަށް ހަމަޖެހިފައި ނޯވެއެވެ. މިފަދަ ކަންކަމަށް ހުއްދަ ދިނުމަށް ހަމަޖެހިފައިވަނީ، އެކަމަކަށް ބޭނުންވުމުން، އެފަހަރަކު ބޭނުންވާކަމެއް (ގަންނަން ބޭނުންވާ އެއްޗެއް ނުވަތަ ހޯދަން ބޭނުންވާ ޚިދުމަތެއް) ވަކިވަކިން ހުށަހެޅުމުންނެވެ. އެގޮތުން މިކޮމިޝަނުގެ ހުއްދައަށް އެދި ހުށަހަޅުއްވާއިރު، އެންމެ މަދުވެގެން ތިރީގައިމިވާ މަޢުލޫމާތާއި ލިޔުންތައް ހުށަހަޅަންވާނެއެވެ.

  • އެއްޗެއް ގަތުމަށް ނުވަތަ ޚިދުމަތެއް ހޯދުމަށް ނުވަތަ ކުއްޔަށް ހިފުމަށް، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 8.9، 8.14، 8.15 އާއި 6.04 ވަނަ މާއްދާގައިވާ ގޮތުގެމަތިން އަގުބެލިގޮތުގެ މަޢުލޫމާތު (އިޢުލާން، އެސްޓިމޭޓް، އަގުބެލި ފޯމް)
  • ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 8.19 ގައިވާގޮތުގެމަތީން އަންދާސީހިސާބު ބަލާ ކޮމެޓީން ނިންމިގޮތް (އިވެލުއޭޝަން ޝީޓް)
  • ގަންނަން ބޭނުންވާ އެއްޗެއް ލިބެންހުރި ނުވަތަ ހޯދަންބޭނުންވާ ޚިދުމަތެއް ލިބެންހުރި ނުވަތަ ކުއްޔަށް ހިފަން ބޭނުންވާ ތަނުގެ ވެރިފަރާތާ، ތަނުގެ މުވައްޒަފާ ހުރި ގުޅުމަކީ ކޮބައިކަން. (މުވައްޒަފުގެ ނަމާއި، މަޤާމާއި، ކުރާ މަސައްކަތް އެނގޭގޮތަށް)

ގުޅުންހުރި ފަރާތަކުން ތަކެތި ގަތުން ނުވަތަ ޚިދުމަތެއް ހޯދުމަށް ހުއްދަ ދިނުމުގެ އުޞޫލު ބެއްލެވުމަށް



އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މަޢުލޫމާތުދޭ ފޯމް

އެންޓި-ކޮރަޕްޝަން ކޮމިޝަން

ހުށަހަޅާ ފަރާތުގެ މައުލޫމާތު
މައްސަލަ ހުށަހަޅާ ފަރާތުން ހުށަހަޅާ ކަންތައްތަކުގެ ޚުލާޞާ
ހުށަހަޅާ ކަންތައްތަކާ ގުޅޭގޮތުން ލިބިފައިވާ ހެކިތައް ނުވަތަ ޤަރީނާތައް:

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×