ކޮރަޕްޝަނާމެދު ޢާއްމުން ހޭލުންތެރިކުރުން

ކޮރަޕްޝަނާ ދެކޮޅަށް ދައުލަތުގެ މުވައްޒަފުންނާއި، ސްކޫލްތަކުގެ ދަރިވަރުންނާއި، ޢާންމުން ހޭލުންތެރިކުރުވުމާއި ދައުލަތުގެ މާލިއްޔަތާ ގުޅުންހުރި ކޮރަޕްޝަނަށް މަގުފަހިވެދާނެފަދަ ކަންކަމާމެދު ދައުލަތުގެ މުވައްޒަފުން ހޭލުންތެރިކުރުވުމަކީ އެޑިޔުކޭޝަން އެންދް އެވެއަރނަސް ޔުނިތްގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ހިމެނެ ކަންކަމެވެ. ކޮރަޕްޝަނާމެދު ހޭލުންތެރިކަން އިތުރު ކުރުމުގެ ގޮތުން ތަފާތު ކެމްޕޭންތަކުގެ އިތުރުން ދައުލަތުގެ މުވައްޒަފުންނަށް ތަމްރީނު ޕްރޮގްރާމްތައް ހިންގުމާއި އެކި ބާވަތްތަކުގެ ޕްރިންޓް މެޓީރިއަލްސް ތައްޔާރުކުރެވިފައިވެއެވެ. 2009 އިން ފެށިގެން 2014ގެ ނިޔަލަށް ކޮރަޕްޝަނާމެދު ހޭލުންތެރިކަން އިތުރުކުރުމަށް 426 ޕްރޮގްރާމް ހިންގައި 7347 މީހުންނަށް ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމާބެހޭގޮތުން މަޢުލޫމާތު ދެވިފައިވެއެވެ. “ނަޒާހަތްތެރި ކަމުގެ ވަޢުދު”ގެ ނަމުގައި ހިންގުނު ކެމްޕޭންގައި މި ވަޢުދުގައި 1218 ފަރާތަކުން ސޮއިކޮށްފައި ވެއެވެ. މީގެ އިތުރުން “ބިތުފަންގި” ނަމުގައި ރޭޑިއޯ މެދުވެރިކޮށް 13 އެޕިސޯޑްގެ 2 ސިލްސިލާއާއި  ޓީވީ މެދުވެރިކޮށް 13 އެޕިސޯޑްގެ 1 ސިލްސިލާ ކުރިއަށް ގެންދެވިފައިވެއެވެ. ކޮންމެ އަހަރެއްގެ ބައިނަލްއަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަސް ފާހަގަކުރުމަށް ހިންގޭ ޙަރަކާތްތަކަކީ އޭސީސީ އިން ކޮރަޕްޝަނާމެދު ޢާންމުން ހޭލުންތެރިކުރުމަށް ކުރާ ވަރަށް މުހިންމު މަސައްކަތެކެވެ. ކޮމިޝަންގެ މުވައްޒަފުން ބައިވެރިވުމާއެކު ޤައުމީ ފެންވަރުގައި ހިންގާ މި ޙަރަކާތުގައި ދީނީ ދަރުސްދިނުމާއި ހުކުރު ޚުތުބާގައި ކޮރަޕްޝަނާ ދެކޮޅު މަޢުލޫމާތު ހިމެނުން ހިމެނެއެވެ. މީގެ އިތުރުން ކޮރަޕްޝަނާ ދެކޮޅަށް ފޯރަމްތައް ބޭއްވުމާއި، ޒުވާނުންގެ މެދުގައި ބަހުސްތައް ބޭއްވުމާއި އަދި ކުޑަކުދިންގެ ހަވީރު ފަދަ ޙަރަކާތްތައް ބޭއްވެމުންދެއެވެ. ހަމައެއާއެކު ކޮރަޕްޝަނާދެކޮޅު މެސެޖްތައް ހިމަނައިގެން ޕޯސްޓަރާއި ކަލަންޑަރާއި އަދި މަޢުލޫމާތު ހިމެނޭ ގިނަ ޢަދަދެއްގެ ލީފްލެޓާއި، ސަޕްލިމެންޓާއި، ތަފާތު އުފެއްދުންތައް ދައުލަތުގެ އޮފީސްތަކަށާއި ޢާއްމުންނަށް ފޯރުކޮށްދެމުންގެންދެއެވެ.އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މަޢުލޫމާތުދޭ ފޯމް

އެންޓި-ކޮރަޕްޝަން ކޮމިޝަން

ހުށަހަޅާ ފަރާތުގެ މައުލޫމާތު
މައްސަލަ ހުށަހަޅާ ފަރާތުން ހުށަހަޅާ ކަންތައްތަކުގެ ޚުލާޞާ
ހުށަހަޅާ ކަންތައްތަކާ ގުޅޭގޮތުން ލިބިފައިވާ ހެކިތައް ނުވަތަ ޤަރީނާތައް:

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×