ސިވިލް ސަރވިސްގެ ވަޒީފާތަކަށާއި، ދައުލަތުގެ އެހެނިހެން ވަޒީފާތަކަށް ކުރިމަތިލާ ފަރާތްތަކާއި، މަތީ ތަޢުލީމުގެ ފުރުސަތުތަކަށް ކުރިމަތިލާ ފަރާތްތަކުން ކުށުގެ ރެކޯޑް ސާފުކުރުމަށްޓަކައި ދައުލަތުގެ ބައެއް އިދާރާތަކަށް ހުށަހަޅަންޖެހެއެވެ. އެގޮތުން
އެންޓި-ކޮރަޕްޝަން ކޮމިޝަނަކީ ކޮރަޕްޝަންގެ މައްސަލަތަކާގުޅޭ ރެކޯޑް ސާފުކޮށްދިނުމުގެ ޚިދުމަތް ދެމުންދާ އިދާރާއެކެވެ. ކުށުގެ ރެކޯޑް ސާފުކުރުމަށް އަންނަ ފަރާތްތަކަށް އެކަން ހަމަޖައްސައިދެނީ އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ރެޖިސްޓްރޭޝަން ޔުނިޓުންނެވެ.
މިގޮތުން ކުށުގެ ރެކޯޑް ސާފުކޮށްދިނުމުގެ ޚިދުމަތް ދެމުންދާ ގަޑިތައް ތިރީގައި މިވަނީއެވެ.
- ކޮމިޝަނުގެ ރަސްމީގަޑި (ހެނދުނު 08:00 ން 15:00 އަށް) ގައި، ކޮންމެ ވަގުތެއްގައިވެސް ފޯމް ހުށަހެޅިދާނެއެވެ.
- އެދުވަހުގެ 11:30 ގެ ކުރިން ހުށަހަޅާ ފޯމްތައް، އެދުވަހުގެ 13:30 އަށް ނިންމައިދެވޭނެއެވެ.
- އެދުވަހުގެ 11:30 ގެ ފަހުން ހުށަހަޅާ ފޯމްތައް، ޖެހިގެން އަންނަ ރަސްމީ ދުވަހުގެ 09:00 އަށް ނިންމައި ދެވޭނެއެވެ.
ކޮވިޑް-19 އާ ގުޅިގެން އިޢުލާންކޮށްފައިވާ އައު ޢާންމު ޙާލަތުގެ މުއްދަތުގައި ކުށުގެ ރެކޯޑް ސާފުކޮށްދިނުމުގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮށެވެ. އެގޮތުން ރެކޯޑް ސާފުކުރާ ފޯމުތައް ކޮމިޝަނުގެ އީ-މެއިލް records@acc.gov.mv އަށް ފޮނުވުން އެދެމެވެ. މިގޮތުން ފޮނުވާ ފޯމުތައް ނިންމައި، ޖެހިގެން އަންނަ ރަސްމީ ދުވަހުގައި އީ-މެއިލް މެދުވެރިކޮށް ފޮނުވޭނެއެވެ. ރެކޯޑް ސާފުކުރުމަށް އެދި މެއިލްކުރާއިރު، ފޯމުގެ އިތުރުން އައިޑީ ކާޑުގެ ކޮޕީއެއް އެޓޭޗްކުރަންވާނެއެވެ.
އެންޓި-ކޮރަޕްޝަން ކޮމިޝަން އިން ރިކޯޑު ސާފުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު ބެއްލެވުމަށް