އޮފީސް ހުޅުވިފައި ހުންނާނީ ހެނދުނު 8:00 އިން މެންދުރުފަހު 15:00 އަށެވެ.

ސެކްޝަންތަކުގެ ވެރިން

ސެކްރެޓަރީ ޖެނެރަލް

ޢަބްދުﷲ ރަޝީދު

ޢަބްދުﷲ ރަޝީދު

ސެކްރެޓަރީ ޖެނެރަލް

ފޯން: 3015 215
އީ-މެއިލް: info@acc.gov.mv

އަލްއުސްތާޛު ޢަބްދުﷲ ރަޝީދު އަކީ 07 ޖުލައި 2014 ން ފެށިގެން މިކޮމިޝަނުގައި ވަޒީފާ އަދާކުރަމުން އަންނަ ފަރާތެކެވެ. އޭނާއަކީ ސެކްރެޓަރީ ޖެނެރަލް ގެ ހައިސިއްޔަތުން ކޮމިޝަން އިދާރީ ގޮތުން ހިންގުމުގެ ޒިންމާ އަދާކުރައްވާ ފަރާތެވެ. މައިގަނޑު މަސައްކަތުގެ ތެރޭގައި، ކޮމިޝަން އިދާރީ ގޮތުން ހިންގުމަށް ބޭނުންވާ ސިޔާސަތުތައް އެކުލަވާލައި، ކޮމިޝަނުގެ މެމްބަރުންގެ ބައްދަލުވުމަކުން ފާސްކުރުމަށްފަހު، ކޮމިޝަނުގެ ރައީސްގެ އިރުޝާދުގެ ދަށުން ހިންގައި ބެލެހެއްޓުން ހިމެނެއެވެ. އަލްއުސްތާޛު ޢަބްދުﷲ ރަޝީދު އަކީ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާސްޓާރސް ޙާޞިލްކުރައްވައި، 23 އަހަރު ދައުލަތަށް ޚިދުމަތް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. އަދި ހިންގުމުގެ ދާއިރާގައި 10 އަހަރު ޚިދުމަތް ކުރައްވާފައިވެއެވެ.

ކޮމްޕްލެއިންޓްސް ރެޖިސްޓްރޭޝަން އެންޑް އިވެލުއޭޝަން ޔުނިޓް / އޮޕަރޭޝަންސް ސެކްޝަން

ޢަބްދުލް ޢަޒީޒު މޫސާ

ޢަބްދުލް ޢަޒީޒު މޫސާ

ސުޕްރިންޓެންޑެންޓް އޮފް އިންވެސްޓިގޭޝަން

ފޯން: 3015 242
އީ-މެއިލް: info@acc.gov.mv

އަލްފާޟިލް ޢަބްދުލްއަޒީޒް މޫސާ އަކީ 01 އޭޕްރިލް 1996 ން ފެށިގެން މިކޮމިޝަނުގައި ވަޒީފާ އަދާކުރަމުން އަންނަ ފަރާތެކެވެ. އޭނާއަކީ ސުޕްރިންޓެންޑެންޓް އޮފް އިންވެސްޓިގޭޝަންގެ ހައިސިއްޔަތުން ކޮމިޝަންގެ ކޮމްޕްލެއިންސް ރެޖިސްޓްރޭޝަން އެންޑް އިވެލުއޭޝަން ޔުނިޓް ހިންގުމުގެ ޒިންމާ އަދާކުރައްވާ ފަރާތެވެ. މައިގަނޑު މަސައްކަތުގެ ތެރޭގައި، ކޮމިޝަނަށް ހުށަހެޅޭ މައްސަލަތައް ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް އިވެލުއޭޓް ކުރުމާއި، މައްސަލަތަކާ ގުޅިގެން ތައްޔާރުކުރަންޖެހޭ ދިރާސާ ރިޕޯޓްތައް ތައްޔާރުކުރުން ހިމެނެއެވެ. އަލްފާޟިލް ޢަބްދުލް ޢަޒީޒު މޫސާ އަކީ އެކައުންޓިންގ އެންޑް ފައިނޭންސް ދާއިރާއިން މަތީ ތަޢުލީމު ޙާޞިލްކުރައްވައި ހިސާބު މުދައްރިސްކަމުގެ ސަނަދު ނަންގަވާފައިވާ ބޭފުޅެކެވެ.

އިންވެސްޓިގޭޝަން ކޯޑިނޭޝަން ޔުނިޓް / އޮޕަރޭޝަންސް ސެކްޝަން

މަރްޔަމް ނަޝާ މުޙައްމަދު

މަރްޔަމް ނަޝާ މުޙައްމަދު

ކޭސް އޮފިސަރ

ފޯން: 3015 288
އީ-މެއިލް: info@acc.gov.mv

އަލްފާޟިލާ މަރިޔަމް ނަޝާ މުޙައްމަދު އަކީ 2008 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 22 ން ފެށިގެން މިކޮމިޝަނުގައި ވަޒީފާ އަދާކުރަމުން އަންނަ ފަރާތެކެވެ. އޭނާއަކީ ކޭސް އޮފިސަރެއްގެ ހައިސިއްޔަތުން ކޮމިޝަންގެ އިންވެސްޓިގޭޝަން ކޯޑިނޭޝަން ޔުނިޓް ހިންގުމުގެ ޒިންމާ އަދާކުރައްވާ ފަރާތެވެ. މައިގަނޑު މަސައްކަތުގެ ތެރޭގައި، ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން މެމްބަރުން ނިންމާ ނިންމުންތަކާ އެއްގޮތަށް ނުވަތަ ޔުނިޓުގެ މަސައްކަތްތަކާ ގުޅޭގޮތުން އަވަހަށް ފިޔަވަޅު އަޅަންޖެހޭ ކަންތައްތައް ކޮށް ރާވައި ހިންގުން ހިމެނެއެވެ. އަލްފާޟިލާ މަރިޔަމް ނަޝާ މުޙައްމަދުއަކީ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ބެޗްލަރސް ޑިގްރީ ހާޞިލުކޮށްފައިވާ ބޭފުޅެކެވެ.

ޕޯސްޓް އިންވެސްޓިގޭޝަން އެންޑް ރިޕޯޓިންގ ޔުނިޓް / އޮޕަރޭޝަންސް ސެކްޝަން

ޢާއިޝަތު ޢަރީފާ

ޢާއިޝަތު ޢަރީފާ

ސީނިއަރ ކޭސް އޮފިސަރ

ފޯން: 3015 292
އީ-މެއިލް: info@acc.gov.mv

އަލްފާޟިލާ އާއިޝަތު އަރީފާ އަކީ 13 އެޕްރީލް 2003 ން ފެށިގެން މިކޮމިޝަނުގައި ވަޒީފާ އަދާކުރަމުން އަންނަ ފަރާތެކެވެ. އޭނާއަކީ ސީނިއަރ ކޭސް އޮފިސަރެއްގެ ހައިސިއްޔަތުން ކޮމިޝަންގެ ޕޯސްޓް އިންވެސްޓިގޭޝަން އެންޑް ރިޕޯޓިންގެ ޔުނިޓް ހިންގުމުގެ ޒިންމާ އަދާކުރައްވާ ފަރާތެވެ. މައިގަނޑު މަސައްކަތުގެ ތެރޭގައި، މައްސަލަ ދިރާސާކުރުމަށް ބާއްވާ ކޮމިޝަން މެމްބަރުންގެ ބައްދަލުވުމުގައި ބައިވެރިވުމާއި، މައްސަލަތަކުގެ ސްޓްޓިސްޓިކްސް ތައްޔާތުކޮށް ޕީ.ޖީ އޮފީހަށް ފޮނުވުން ހިމެނެއެވެ. އަލްފާޟިލާ އާއިޝަތު އަރީފާއަކީ ހިޔުމަން ރިސޯސް މެނޭޖްމަންޓްގެ ދާއިރާއިން ބެޗްލަރސް ޑިގްރީ ހާޞިލުކޮށްފައިވާ ބޭފުޅެކެވެ.

އިންވެސްޓިގޭޝަން ޔުނިޓް / އޮޕަރޭޝަންސް ސެކްޝަން

މާޖިދު ޙަސަން

މާޖިދު ޙަސަން

ސީނިއަރ އިންވެސްޓިގޭޝަން އޮފިސަރ

ފޯން: 3015 273
އީ-މެއިލް: info@acc.gov.mv

އަލްފާޟިލް މާޖިދު ޙަސަން އަކީ 17 ޖުލައި 1995 ން ފެށިގެން މި ކޮމިޝަނުގައި ވަޒީފާ އަދާކުރަމުން އަންނަ ފަރާތެކެވެ. އޭނާއަކީ ސީނިއަރ އިންވެސްޓިގޭޝަން އޮފިސަރެއްގެ ހައިސިއްޔަތުން ކޮމިޝަންގެ އިންވެސްޓިގޭޝަން ޔުނިޓް ހިންގުމުގެ ޒިންމާ އަދާކުރައްވާ ފަރާތެވެ. މައިގަނޑު މަސައްކަތުގެ ތެރޭގައި، އިންވެސްޓިގޭޝަން ޓީމުގެ އެހެން ލީޑަރުންނާއި މަސައްކަތް ޙަވާލުކުރުމާއި، މަސައްކަތް ހިނގަމުންދާގޮތް ސުޕަވައިޒްކުރުން ހިމެނެއެވެ. އަލްފާޟިލް މާޖިދު ޙަސަންއަކީ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާސްޓަރސް ހާޞިލުކޮށްފައިވާ ބޭފުޅެކެވެ.

އިންޓަލިޖެންސް ޔުނިޓް / އޮޕަރޭޝަންސް ސެކްޝަން

ޢާރިފް ރަޝީދު

ޢާރިފް ރަޝީދު

އިންވެސްޓިގޭޝަން އޮފިސަރ

ފޯން: 3015245
އީ-މެއިލް: info@acc.gov.mv

އަލްފާޟިލް އާރިފް ރަޝީދު އަކީ 17 ޖެނުއަރީ 2012 ން ފެށިގެން މި ކޮމިޝަނުގައި ވަޒީފާ އަދާކުރަމުން އަންނަ ފަރާތެކެވެ. އޭނާއަކީ އިންވެސްޓިގޭޝަން އޮފިސަރެއްގެ ހައިސިއްޔަތުން އިންޓެލިޖެންސް ޔުނިޓް ހިންގުމުގެ ޒިންމާ އަދާކުރައްވާ ފަރާތެވެ. މައިގަނޑު މަސައްކަތުގެ ތެރޭގައި، ތަޙްޤިގުކުރަން ޙަވާލުކުރާ މައްސަލަތައް ތަޙުޤީގުކޮށް ރިޕޯޓް އެކުލަވާލުމާއި، ކޮމިޝަނުން ޙަވާލުކުރާ ޤާނުނީ މަސައްކަތްތަކުގައި އެހީތެރިކަމާއި އެއްބާރުލުން ދިނުން ހިމެނެއެވެ. އާރިފް ރަޝީދަކީ ފައިނޭންސްގެ ދާއިރާއިން މާސްޓަރސް ހާޞިލުކުރައްވާފައިވާ ބޭފުޅެކެވެ.

ލީގަލް އެންޑް އެސެޓް ރިކަވަރީ ޔުނިޓް / އޮޕަރޭޝަންސް ސެކްޝަން

މެމްބަރުންގެ ބިއުރޯ

ހަސަން މަނިކް

ހަސަން މަނިކް

އެސިސްޓެންޓް ޑިރެކްޓަރ، ބިޔުރޯ

ފޯން: 3015 209
އީ-މެއިލް: info@acc.gov.mv

އަލްފާޟިލް ޙަސަން މަނިކު އަކީ 13 ޑިސެންބަރު 2007 ން ފެށިގެން މިކޮމިޝަނުގައި ވަޒީފާ އަދާކުރަމުން އަންނަ ފަރާތެކެވެ. އޭނާއަކީ އެސިސްޓެންޓް ޑިރެކްޓަރގެ ހައިސިއްޔަތުން ކޮމިޝަން މެމްބަރުންގެ ބިޔުރޯ ހިންގުމުގެ ޒިންމާ އަދާކުރައްވާ ފަރާތެވެ. މައިގަނޑު މަސައްކަތުގެ ތެރޭގައި، ކޮމިޝަނުގެ ސްޓެރެޓީޖިކް އެކްޝަން ޕްލޭން ތަންފީޒުކުރުމުގެ ގޮތުން މެމްބަރުންގެ ބިޔުރޯއަށް ޙަވާލުކުރެނޭ ޙަރަކާތްތައް ކުރިއަށްގެންދާނެގޮތް އެކަށައަޅައި ތަންފީޒުކުރުވުމާއެކު މެމްބަރުންގެ ބައްދަލުވުންތަކުން ނިންމާ ކަންކަން ތަންފީޒުވަމުންދާ މިންވަރު ބެލުން ހިމެނެއެވެ. އަލްފާޟިލް ޙަސަން މަނިކު އަކީ އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ޑިޕްލޮމާ ޙާޞިލް ކޮއްފައިވާ ބޭފުޅެކެވެ.

އެޑްމިނިސްޓްރޭޝަން ސެކްޝަން

ރިފާޢަތު ޢަލީ

ރިފާޢަތު ޢަލީ

އެސިސްޓެންޓް ޑިރެކްޓަރ، އެޑްމިނިސްޓްރޭޝަން

ފޯން: 3015214
އީ-މެއިލް: info@acc.gov.mv

އަލްފާޟިލާ ރިފާތު ޢަލީ އަކީ 20 ނޮވެމްބަރު 2016 ން ފެށިގެން މިކޮމިޝަނުގައި ވަޒީފާ އަދާކުރަމުން އަންނަ ފަރާތެކެވެ. އޭނާއަކީ އެސިސްޓެންޓް ޑިރެކްޓަރެއްގެ ގެ ހައިސިއްޔަތުން ކޮމިޝަންގެ އެޑްމިނިސްޓްރޭޝަން ސެކްޝަން ހިންގުމުގެ ޒިންމާ އަދާކުރައްވާ ފަރާތެވެ. މައިގަނޑު މަސައްކަތުގެ ތެރޭގައި، ކޮމިޝަންގެ އެޗް.އާރް ޔުނިޓްގެ މަސައްކަތްތަކާއި ޕްރޮކިއުމަންޓް ޔުނިޓްގެ އެންމެހާ ކަންތައްތައް ރާވައި ހިންގުން ހިމެނެއެވެ. އަލްފާޟިލާ ރިފާތު ޢަލީ އަކީ ހިއުމަން ރިސޯރސް މެނޭޖްމަންޓްގެ ދާއިރާއިން ބެޗްލަރސް ޙާޞިލް ކޮއްފައިވާ ބޭކަނބަލެކެވެ.

ބަޖެޓް ސެކްޝަން

އަޙްމަދު ޔާމިން

އަޙްމަދު ޔާމިން

ޑެޕިއުޓީ ޑިރެކްޓަރ، ފައިނޭންސް

ފޯން: 3015 224
އީ-މެއިލް: info@acc.gov.mv

އަލްފާޟިލް އަޙުމަދު ޔާމީން އަކީ 07 މާރިޗު 2010 ން ފެށިގެން މިކޮމިޝަނުގައި ވަޒީފާ އަދާކުރަމުން އަންނަ ފަރާތެކެވެ. އޭނާއަކީ އެސިސްޓެންޓް ޑިރެކްޓަރެއްގެ ގެ ހައިސިއްޔަތުން ކޮމިޝަންގެ ފައިނޭންސް އެންޑް އެކައުންޓްސް ސެކްޝަން ހިންގުމުގެ ޒިންމާ އަދާކުރައްވާ ފަރާތެވެ. މައިގަނޑު މަސައްކަތުގެ ތެރޭގައި، އަހަރީ ބަޖެޓް ތައްޔާރުކޮސް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް ހުށަހެޅުމާއި، ކޮމިޝަނުން ކުރަންޖެހޭ އެންމެހާ ޚަރަދުތައް ކުރުމުގެ އިންތިޒާމްތައް ރާވައި ހިންގުން ހިމެނެއެވެ. އަލްފާޟިލް އަޙުމަދު ޔާމީން އަކީ ސެޓްފައިޑް އެކައުންޓިންގ ޓެކްނީޝަން ހައްދަވާފައިވާ ބޭފުޅެކެވެ.

އެޑިޔުކޭޝަން އެންޑް އެވެއަރނެސް ޔުނިޓް / ޕްރިވެންޝަން ސެކްޝަން

ފާޠިމަތު ޝެހެޒިނީ

ފާޠިމަތު ޝެހެޒިނީ

ސީނިއަރ އެޑިޔުކޭޝަން އޮފިސަރ

ފޯން: 3015227
އީ-މެއިލް: info@acc.gov.mv

އަލްފާޟިލާ ފާޠިމަތު ޝެހެޒިނީ އަކީ 08 އޮކްޓޫބަރު 2017 ން ފެށިގެން މިކޮމިޝަނުގައި ވަޒީފާ އަދާކުރަމުން އަންނަ ފަރާތެކެވެ. އޭނާއަކީ ސީނިއަރ އެޑިއުކޭޝަން އޮފިސަރެއްގެ ހައިސިއްޔަތުން ކޮމިޝަންގެ އެޑިއުކޭޝަން އެންޑް އެވެއާނަސް ޔުނިޓް ހިންގުމުގެ ޒިންމާ އަދާކުރައްވާ ފަރާތެވެ. މައިގަނޑު މަސައްކަތުގެ ތެރޭގައި، ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތް ކުރުމަށް އާންމުން ހޭލުންތެރިކުރުމުގެ ވާރކްޝަޕްތައް ރާވައި ހިންގުމާއި މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމްތައް ކުރިއަށްގެންދިއުން ހިމެނެއެވެ. އަލްފާޟިލާ ފާތުމަތު ޝެހެޒިނީ އަކީ އިންގްލިޝް ލެންގުއޭޖް ޓީޗިންގގެ ދާއިރާއިން ބެޗެލަރސް އޮފް އާޓްސް ޙާސިލުކުރައްވާފައިވާ ބޭކަނބަލެކެވެ.

ޕްރިވެންޝަންއެންޑް ރިސަރޗް ޔުނިޓް / ޕްރިވެންޝަން ސެކްޝަން

އިކްލީލާ އިސްމާޢީލް

އިކްލީލާ އިސްމާޢީލް

ސީނިއަރ ރިސަރޗް އޮފިސަރ

ފޯން: 3015 231
އީ-މެއިލް: info@acc.gov.mv

އަލްފާޟިލާ އިކްލީލާ އިސްމާއިލް އަކީ 06 ޖުލައި 2011 ން ފެށިގެން މިކޮމިޝަނުގައި ވަޒީފާ އަދާކުރަމުން އަންނަ ފަރާތެކެވެ. އޭނާއަކީ ސީނިއަރ ރިސާރޗް އޮފިސަރެއްގެ ހައިސިއްޔަތުން ކޮމިޝަންގެ ޕްރިވެންޝަން އެންޑް ރިސާރޗް ޔުނިޓް ހިންގުމުގެ ޒިންމާ އަދާކުރައްވާ ފަރާތެވެ. މައިގަނޑު މަސައްކަތުގެ ތެރޭގައި، ކޮމިޝަންގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން އަދި ނެޝަނަލް އިންޓެގްރިޓީ ޕްލޭން ވިލަރެސްކޮށް ހިންގުމާއި، ޕްރިންވެންޝަނާ ގުޅުންހުރި ދިރާސާތަކާއި ކޮމިޝަންގެ ތަފާސްހިސާބު ތައްޔާރުކޮށް ޢާންމުކުރުން ހިމެނެއެވެ. އަލްފާޟިލާ އިކްލީލާ އިސްމާޢީލަކީ ޓުއަރިޒަމްގެ ދާއިރާއިން މާސްޓަރސް ހާޞިލުކޮށްފައިވާ ބޭފުޅެކެވެ.

ދެކުނު ސަރަޙައްދީ އޮފީސް

މުޙައްމަދު އަޙްސަން ޢަބްދުﷲ

މުޙައްމަދު އަޙްސަން ޢަބްދުﷲ

އިންވެސްޓިގޭޝަން އޮފިސަރ

ފޯން: 3015402
އީ-މެއިލް: info@acc.gov.mv

އަލްފާޟިލް މުޙައްމަދު އަޙުސަން ޢަބްދުﷲ އަކީ 29 ޖެނުއަރީ 2014 ން ފެށިގެން މިކޮމިޝަންގެ ވަޒީފާ އަދާކުރަމުން އަންނަ ފަރާތެކެވެ. އޭނާއަކީ އިންވެސްޓިގޭޝަން އޮފިސަރެއްގެ ހައިސިއްޔަތުން އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ދެކުނު ސަރަޙައްދީ އޮފީސް ހިންގުމުގެ ޒިންމާ އަދާކުރައްވާ ފަރާތެވެ. މައިގަނޑު މަސައްކަތުގެ ތެރޭގައި، ތަޙްޤީގުކުރަން ޙަވާލުކުރާ މައްސަލަތައް ތަޙުޤީގުކޮށް ރިޕޯޓް އެކުލަވާލުމާއި، ކޮމިޝަނުން ޙަވާލުކުރާ ޤާނުނީ މަސައްކަތްތަކުގައި އެހީތެރިކަމާއި އެއްބާރުލުން ދިނުން ހިމެނެއެވެ. އަލްފާޟިލް މުޙައްމަދު އަޙްސަން ޢަބްދުﷲ އަކީ ބިޒްނަސް ބޭންކިންގެ ދާއިރާއިން ބެޗްލަރސް ޑިގްރީ ހާޞިލުކުރައްވާފައިވާ ބޭފުޅެކެވެ.އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މަޢުލޫމާތުދޭ ފޯމް

އެންޓި-ކޮރަޕްޝަން ކޮމިޝަން

ހުށަހަޅާ ފަރާތުގެ މައުލޫމާތު
މައްސަލަ ހުށަހަޅާ ފަރާތުން ހުށަހަޅާ ކަންތައްތަކުގެ ޚުލާޞާ
ހުށަހަޅާ ކަންތައްތަކާ ގުޅޭގޮތުން ލިބިފައިވާ ހެކިތައް ނުވަތަ ޤަރީނާތައް:

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×