ވިޔަނުދިނުމާއި ދިރާސާކުރުން

ވިޔަނުދިނުމަކީ ކޮމިޝަންގެ މައިގަނޑު އެއް ސްޓްރެޓެޖީއެވެ. 2015 ވަނަ އަހަރު ކޮމިޝަންގެ އިދާރީ އޮނިގަނޑަށް ގެނެވުނު ބަދަލާ ގުޅިގެން 1 މާރިޗު 2015 ގައި ޕްރިވެންޝަން އެންޑް ރިސަރޗް ޔުނިޓުގެ ނަމުގައި ޔުނިޓެއްވަނީ ކަނޑައަޅައިފައެވެ. މި ޔުނިޓްގެ މައިގަނޑު މަސައްކަތްތަކަކީ:

 • ކޮރަޕްޝަން ޕްރިވެންޝަން މަސައްކަތަށް ބޭނުންވާ ދިރާސާތައްކޮށް އެސެސްމެންޓްތައް ހެދުން
 • އެހެނިހެން އިދާރާތަކުން ނެރޭ ކޮރަޕްޝަނާ ގުޅުންހުރި ރިޕޯޓްތައް ދިރާސާކުރުން
 • ކޮމިޝަންގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން ތަންފީޒުކޮށް މުރާޖަޢާ ކުރުން
 • ކޮމިޝަންގެ އަހަރީ ރިޕޯޓަށް ބޭނުންވާ މަޢުލޫމާތު އެއްކޮށް، ރިޕޯޓް ތައްޔާރުކުރުން
 • ކޮމިޝަންގެ ތަފާސްހިސާބު ނިޒާމުގެ ދަށުން ތައްޔާރުކުރަންޖެހޭ އެންމެހާ ތަފާސްހިސާބު އެއްކޮށް، މުރާޖަޢާކޮށް، ބަލަހައްޓައި ޢާންމުކުރަންޖެހޭ ތަފާސްހިސާބު ރިޕޯޓްތައް ކޮމިޝަނުން ކަނޑައަޅާ ގޮތެއްގެ މަތިން ތައްޔާރުކޮށް ޝާއިޢުކުރުން
 • ކޮމިޝަންގެ މީޑިއާ ޕޮލިސީގެ ދަށުން ކޮމިޝަންގެ ވެބްސައިޓްތަކާއި ސޯޝަލްމީޑިއާއަށް ބޭނުންވާ މަޢުލޫމާތާއި ޚަބަރު ތައްޔާރުކުރުން
 • ނަޒާހަތްތެރިކަމުގެ ޤައުމީ ޕްލޭން އެކުލަވާލައި ތަންފީޒުކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން
 • ކޮމިޝަންގެ ވެބްސައިޓް އަދި ސޯޝަލްމީޑިއާއަށް ބޭނުންވާ ދިވެހި/އިނގިރޭސި މަޢުލޫމާތާއި ޚަބަރު ތައްޔާރުކޮށް ޢާންމުކުރުން
 • ކޮމިޝަންގެ ތަރައްޤީއަށް ކަނޑައެޅޭ ދާއިރާތަކުން، ‘ކެޕޭސިޓީ ޑިވެލަޕްމަންޓް ނީޑްސް’ ޕްރޮޕޯސަލްތަކާއި ކޮންސެޕްޓް ކަރުދާސް ތައްޔާރުކުރުން
 • ކޮމިޝަންގެ ސެކްޝަންތަކުގެ ހިންގުން ހަރުދަނާކުރުމަށް ބޭނުންވާ އެސެސްމަންޓްތައް ހެދުން
 • ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމުގައި ދައުލަތުގެ އިދާރާތަކާއި ޖަމިއްޔާ ޖަމާއަތްތަކާއި ގުޅިގެން ޤައުމީ، ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ފެންވަރުގެ ސެމިނަރ/ކޮންފެރެންސްތައް ރާވައި ހިންގުން
 • ކޮރަޕްޝަން ވިޔަނުދިނުމާއި ހޭލުންތެރި ކުރުވުމާގުޅޭގޮތުން ކޮރަޕްޝަންގެ މާޢުޟޫއުތަކަށް ‘ހުދުކަރުދާސް’ ތައްޔާރުކުރުން
 • ކޮމިޝަނުން ކޮންމެ ކުއާޓަރއަކު އެއްފަހަރު ނެރޭ ‘ބިތުފަންގި ބުލެޓިން’ އަށް ބޭނުންވާ މަޢުލޫމާތު އެއްކޮށް، ބުލެޓިން ތައްޔާރުކޮށް، ޝާއިޢުކޮށް ޑިސެމިނޭޓްކުރުން
 • ޔުނިޓްއާ ހާވާލުކުރެވޭ ތަފާތު ރިޕޯޓްތައް ރިވިއުކޮށް ކޮމެންޓްކުރުން
 • ޤައުމީ އެންޓި-ކޮރަޕްޝަން ދުވަހާއި ބައިނަލްއަޤުވާމީ އެންޓިކޮރަޕްޝަން ދުވަހާއި މި ނޫނަސް ކޮމިޝަނުން ފާހަގަކުރާ އެހެނިހެން ދުވަސްތަކާ ގުޅިގެން ކޮމިޝަނުން ކުރިއަށް ގެންދާ ހަރަކާތްތަކުގައި ބައިވެރިވުން


އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މަޢުލޫމާތުދޭ ފޯމް

އެންޓި-ކޮރަޕްޝަން ކޮމިޝަން

ހުށަހަޅާ ފަރާތުގެ މައުލޫމާތު
މައްސަލަ ހުށަހަޅާ ފަރާތުން ހުށަހަޅާ ކަންތައްތަކުގެ ޚުލާޞާ
ހުށަހަޅާ ކަންތައްތަކާ ގުޅޭގޮތުން ލިބިފައިވާ ހެކިތައް ނުވަތަ ޤަރީނާތައް:

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×