ކޮމިޝަންގެ އިދާރީ އޮނިގަނޑު

ކޮމިޝަނުގެ ސެކްޝަން / ޔުނިޓް ތަކުގެ މަސައްކަތްތައް

1. މެމްބަރުންގެ ބިއުރޯ

ކޮމިޝަންގެ މެމްބަރުންގެ ބިއުރޯއިން ކުރަމުންގެންދާ މައިގަނޑު މަސައްކަތްތަކަކީ؛

• މެމްބަރުންގެ ބައްދަލުވުންތައް ބޭއްވުމަށް އިދާރީގޮތުން ކުރަންޖެހޭ އެންމެހާ އިންތިޒާމުތައް ހަމަޖެއްސުމާއި، ކުރަންޖެހޭ މަސައްކަތްތައް ކުރުން
• މެމްބަރުންގެ ބައްދަލުވުންތަކުން ނިންމާ ކަންތައްތައް ތަންފީޒުކުރުމަށް ކަމާބެހޭ ސެކްޝަންތަކާ ހަވާލުކުރުން
• މެމްބަރުންގެ ބައްދަލުވުންތަކުން ނިންމާ ނިންމުންތަކުގެ ތެރެއިން ބިއުރޯއިން ތަންފީޒު ކުރަންޖެހޭ އެންމެހާ ކަންތައްތައް ތަންފީޒުކުރުން
• މެމްބަރުންގެ ބައްދަލުވުންތަކުން ނިންމާ ކަންތައްތައް އެކި ސެކްޝަންތަކުން ތަންފީޒު ކުރަމުންދާގޮތް މޮނިޓަރކޮށް މަސައްކަތް ހަލުއިކުރުމަށް ސެކްޝަންތަކާ ގުޅިގެން މަސައްކަތް ކުރުން
• ކޮމިޝަނުގެ ލަފައަށް އެދި ޤާނޫނު ނަންބަރު 2006/03 (ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު) އަދި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ ދަށުން ހުށަހެޅޭ އެންމެހާ ކަންތައްތައް މެމްބަރުންގެ ބައްދަލުވުމަށް ހުށަހަޅާ ނިންމަވާ ގޮތެއްގެމަތިން ޖަވާބު ދިނުމާއި އެކަންކަމާބެހޭ ރެކޯޑުތައް ބެލެހެއްޓުން
• މެމްބަރުންގެ އެޕޮއިންޓްމަންޓަށް ހުށަހެޅޭ އެންމެހާ ހުށަހެޅުންތައް ބަލައިގަނެ، އެޕޮއިންޓްމަންޓް އިންތިޒާމްކޮށް އެޕޮއިންޓްމަންޓްތަކާ ގުޅިގެން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން
• މެމްބަރުންގެ ދަތުރުފުޅުތަކާ ގުޅިގެން ކުރަންޖެހޭ އެންމެހާ ކަންތައްތައް ކަމާބެހޭ ސެކްޝަންތަކާ ގުޅިގެން އިންތިޒާމުކޮށް ތަންފީޒުކުރުވުން
• ކޮމިޝަނުން މީޑިއާއަށް ދޭންޖެހޭ މަޢުލޫމާތު ސެކްޝަންތަކުން ހޯދާ، ޚަބަރު ތައްޔާރުކޮށް މީޑިއާތަކަށް ފޮނުވުމާއި، ވެބްސައިޓަށް އަޕްލޯޑް ކުރުމަށް އައިޓީ ސެކްޝަނަށް ހަވާލުކުރުން
• ޤާނޫނު ނަންބަރު 2014/01 (މަޢުލޫމާތު ހޯދާ ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު) ގެ ދަށުން ކޮމިޝަނުން އެކިފަރާތްތަކަށް ފޯރުކޮށްދޭންޖެހޭ މަޢުލޫމާތު ފޯރުކޮށްދިނުމާއި އެޤާނޫނު ތަންފީޒު ކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން
• ޤާނޫނު ނަންބަރު: 2/2000 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން ދައުލަތުގެ މުވައްޒަފުންނަށް ލިބޭ ހަދިޔާއާމެދު ޢަމަލުކުރާނެ ގޮތުގެ ލަފައަށް އެދި ކޮމިޝަނަށް ހުށަހެޅުމުން، ހަދިޔާތައް ބެލެހެއްޓުމާއި، މެމްބަރުން ނިންމަވާ ގޮތެއްގެމަތިން ޖަވާބު ދިނުމާއި އެކަންކަމާބެހޭ ރެކޯޑުތައް ބެލެހެއްޓުން
• މެމްބަރުންގެ ބައްދަލުވުންތަކުން ނިންމާ ނިންމުންތަކާ ގުޅޭ ތަފާސްހިސާބުތައް ނެގުމާއި ކަމާބެހޭ ފަރާތްތަކަށް ތަފާސްހިސާބު ފޯރުކޮށްދިނުން
• މެމްބަރުންގެ އިދާރީ ބައްދަލުވުމާއި، ބިއުރޯއިން އިންތިޒާމްކުރާ އެހެނިހެން ބައްދަވުންތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން
• ބިއުރޯއިން ކުރެވޭ އެންމެހާ މަސައްކަތްތަކުގެ ރެކޯޑުތައް ތަރުތީބުކޮށް ބެލެހެއްޓުން

2. އޮޕަރޭޝަންސް ސެކްޝަން

ކޮމިޝަނުގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކޮރަޕްޝަންގެ މައްސަލަތައް ތަޙުޤީޤުކުރުމަށް ބޭނުންވާ މައިގަނޑު މަސައްކަތްތައް ކުރަނީ އޮޕަރޭޝަން ސެކްޝަނުންނެވެ. މި ގޮތުން އެ މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުމަށްޓަކައި މި ސެކްޝަންގެ ދަށުން 6 ޔުނިޓެއް އުފައްދާފައިވެއެވެ. މި ޔުނިޓްތަކަކީ؛
1.ކޮމްޕްލެއިންޓްސް ރެޖިސްޓްރޭޝަން އެންޑް އިވެލުއޭޝަން ޔުނިޓް (ސީއާރުއީޔޫ)
2.އިންވެސްޓިގޭޝަން ކޯޑިނޭޝަން ޔުނިޓް (އައިސީޔޫ)
3.އިންވެސްޓިގޭޝަން ޔުނިޓް
4.ޕޯސްޓް އިންވެސްޓިގޭޝަން އެންޑް ރިޕޯޓިންގ ޔުނިޓް (ޕީއައިއާރްޔޫ)
5.ލީގަލް އެންޑް އެސެޓްސް ރިކަވަރީ ޔުނިޓް
6.އިންޓެލިޖެންސް ޔުނިޓް

އިސްވެ ދެންނެވުނު ޔުނިޓްތަކުގެ މަސައްކަތްތަކާ ގުޅޭ ތަފްޞީލު ތިރީގައި އެވަނީއެވެ.

2.1 ކޮމްޕްލެއިންޓްސް ރެޖިސްޓްރޭޝަން އެންޑް އިވެލުއޭޝަން ޔުނިޓް (ސީއާރުއީޔޫ)

ކޮމްޕްލެއިންޓްސް ރެޖިސްޓްރޭޝަން އެންޑް އިވެލުއޭޝަން ޔުނިޓްގެ މައިގަނޑު މަސައްކަތްތަކަކީ؛

• ކޮމިޝަނަށް ހުށަހެޅޭ ހުރިހާ މައްސަލަތަކެއް ރަޖިސްޓްރީކުރުން
• ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކާ ގުޅޭގޮތުން ހޯދަންޖެހޭ މަޢުލޫމާތާއި، ލިޔުންތައް ހޯދައި، ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް އިވެލުއޭޓްކުރުން
• ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން މަޢުލޫމާތު ހޯދުމަށް އެކިފަރާތްތަކަށް ސިޓީ/އަމުރު ފޮނުވުން
• ކޮމިޝަނަށް ހާޒިރުވެ، ނުވަތަ ފޯނުން ހުށަހަޅާ މައްސަލަތައް ނޯޓްކޮށް، އެކަމާގުޅޭ މަޢުލޫމާތު ފޯމު ތައްޔާރުކޮށް އެންޓްރީއަށް ދިނުން
• ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން އެކިއެކި ތަންތަނުން ގެނެވޭ ލިޔެކިޔުންތަކާ ތަކެތި ބެލެހެއްޓުން
• މައްސަލަތަކާ ގުޅިގެން ހާޒިރުކުރަންޖެހޭ މީހުން ހާޒިރުކުރުމުގައި އިންވެސްޓިގޭޝަން ޓީމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން
• ކޮމިޝަނުން ކޮންމެ ތިންމަހުން އެއްމަހު ނަގާ ތަފާސްހިސާބަށް ޔުނިޓްން ދޭންޖެހޭ މަޢުލޫމާތުތައް ތައްޔާރުކޮށް، ކަނޑައެޅިފައި އޮންނަ މުއްދަތަށް ނިންމުން
• ކޮމިޝަނުން އަތޮޅުތަކަށް ފޮނުވާ ތަޙުޤީޤު ޓީމުތަކުގެ ދަތުރުތައް ރާވައި، އެ ދަތުރުތަކަށް ބޭނުންވާ ހުރިހާކަމެއް ހަމަޖައްސައިދިނުން
• ކޮމިޝަނަށް ކުށުގެ ރިކޯޑު ސާފުކުރުމަށް އަންނަ ފަރާތްތަކުގެ ކުށުގެރިކޯޑް ސާފުކޮށްދިނުން

2.2 އިންވެސްޓިގޭޝަން ކޯޑިނޭޝަން ޔުނިޓް (އައިސީޔޫ)

އިންވެސްޓިގޭޝަން ކޯޑިނޭޝަން ޔުނިޓްގެ މައިގަނޑު މަސައްކަތްތަކަކީ؛

• ކޮމިޝަނުން އިސްނަގައިގެން ބަލާ މައްސަލަތަކުގެ ފޯމް ތައްޔާރުކޮށް އެންޓްރީ ކުރުން
• މައްސަލަތަކާ ގުޅޭގޮތުން އެކިއެކި އިދާރާތަކުން ލިބޭ ޖަވާބުތަކާއި، އިންވެސްޓިގޭޝަން ޓީމުތަކުން ފޮނުވާ މެމޯތަކާ ގުޅޭ ލިޔެކިޔުންތައް މައްސަލައާ އެޓޭޗްކޮށް، އެކަމާގުޅޭ ލިޔުންތައް ބެލެހެއްޓުން
• މައްސަލަތަކާމެދު ބާއްވާ މެމްބަރުންގެ މަޝްވަރާ ބައްދަލުވުމަށް ތައްޔާރުވުމުގެ ގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުން
• މައްސަލަތަކާމެދު ބާއްވާ މެމްބަރުންގެ މަޝްވަރާ ބައްދަލުވުމުގެ ސެކްރެޓޭރިއެޓް ބަލަހައްޓައި މަޝްވަރާ ބައްދަލުވުމުގެ ޔައުމިއްޔާ ނޯޓުކޮށް، ޔައުމިއްޔާ ލިޔުން
• މައްސަލަތަކާމެދު ބާއްވާ މެމްބަރުންގެ މަޝްވަރާ ބައްދަލުވުމުން ނިންމާ ކަންތައްތަކާ ގުޅިގެން އެކިއެކި އިދާރާތަކަށާއި އަމިއްލަ ފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީ ތައްޔާރުކޮށް ފޮނުވުމުގެ މަސައްކަތްތައް ކުރުން
• މައްސަލަތަކާމެދު ބާއްވާ މެމްބަރުންގެ މަޝްވަރާ ބައްދަލުވުމުގެ ޔައުމިއްޔާ ފާސްވުމުން، ޔައުމިއްޔާގައި ސޮއިކުރުވައި ނިންމުންތަކާ އެއްގޮތަށް ސިސްޓަމަށް އަޕްޑޭޓްކުރުން
• ޕްރިލިމިނަރީ މަރުހަލާގައި ނިންމާ މައްސަލަތައް ސްކޭންކޮށް، އާކައިވްކޮށް ފައިލުކުރުން
• މައްސަލަ ބެލުމަށްޓަކައި އަތޮޅުތަކަށް ދިޔުމަށް ދަތުރެއް ހަމަޖެއްސުމުން، ޕްރިލިމިނަރީ މަރުހަލާގައި ނުނިމިހުރި މައްސަލަތަކުގެ ތެރެއިން އެ ދަތުރަކު ގެންދަންޖެހޭ މައްސަލަތަކުގެ ލިސްޓުތަކާއި ފައިލުތައް ތައްޔާރުކުރުން
• ތަޙުޤީޤުކުރުމަށް އިންވެސްޓިގޭޝަން ޓީމްތަކާ ޙަވާލުކުރަންޖެހޭ މައްސަލަތަކުގެ ޚުލާޞާ ތައްޔާރުކޮށް ސޮއިކުރުވައި، މައްސަލަތައް އިންވެސްޓިގޭޝަން ޓީމުތަކާ ޙަވާލުކޮށް، އެކަމާބެހޭ ކަންތައްތައް ބެލެހެއްޓުން
• ޔުނިޓްން ސްކޭން ކުރަންޖެހޭ ލިޔެކިޔުންތައް ސްކޭންކުރުމާއި ޔުނިޓްން ފޮނުވަންޖެހޭ ސިޓީތައް ޑިސްޕެޗްކުރުން.
• ސެކްޝަނުން ނަގަންޖެހޭ ސްޓެޓިސްޓިކްސްއާ ބެހޭ މަޢުލޫމާތުތައް ނަގައި، އެކަމާ ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން
• ލިބޭ ސޮފްޓް ކޮޕީތައް އެއާގުޅޭ މައްސަލައާ އެޓޭޗް ކޮށް ޓީމްތަކަށް ފޯވާޑްކުރުން
• އެންޓްރީތަކުގެ އަޞްލު އިންވެސްޓިގޭޓަރުންނާ ޙަވާލުކުރުން
• އިންވެސްޓިގޭޓަރަކު ސިޓީއެއް ނުވަތަ އަމުރެއް ލިޔުމުން އެ ލިޔުމަކަށް ޖެމްސްއިން ނަންބަރު ނަގައިދިނުން.
• އިންވެސްޓިގޭޓަރަކު ސިޓީއެއް ނުވަތަ އަމުރުތައް ޑިސްޕެޗްކުރުން.
• ޔުނިޓްތަކުން/ އިންވެސްޓިގޭޓަރުން/ މެމްބަރުން އެދުމުން ކުންފުނިތަކުގެ މަޢުލޫމާތު އަދި ޢާންމުންގެ ވަނަވަރު ނަގައި ދިނުން
• ކޮމިޝަނުން ތަޙްޤީޤު ކުރަމުންދާ މައްސަލައަކާ ގުޅިގެން އަނބުރާ ރައްދުކުރާ ގޮތަށް ގެންނަ ލިޔެކިޔުމާއި ތަކެތި ނުވަތަ ކޯޓު ޢަމުރެއްގެ ދަށުން ގެންނަ ލިޔެކިޔުމާއި ތަކެތި ރެކޯޑްސް ރޫމްގައި ބެލެހެއްޓުން
• ކޮމިޝަނުން ތަޙްޤީޤު ކުރަމުންދާ މައްސަލައަކާ ގުޅިގެން އަނބުރާ ރައްދުކުރާ ގޮތަށް ގެންނަ ލިޔެކިޔުމާއި ތަކެތި ނުވަތަ ކޯޓު ޢަމުރެއްގެ ދަށުން ގެންނަ ލިޔެކިޔުމާއި ތަކެތި ގެނައި ބޭނުން ނިމުމުން އަނބުރާ އެ އޮފީހަކަށް ފޮނުވުން
• އޮޕަރޭޝަން ސެކްޝަންގެ މުވައްޒަފުންނަށް ބޭނުންވާ ތަކެތި ހޯދައި އެފަރާތްތަކާ ޙަވާލުކުރުމާ އިންވެސްޓިގޭޓަރުންނަށް ބޭނުންނަވާ ޚާއްޞަ ތަކެތި ހޯދުމާއި، އިންވެސްޓިގޭޝަން ދަތުރުތަކަށް ބޭނުންވާ ސާމާނު ހޯދުން (ސްޓޮކް ބެލެހެއްޓުން)

2.3 އިންވެސްޓިގޭޝަން ޔުނިޓް

އިންވެސްޓިގޭޝަން ޔުނިޓްގެ މައިގަނޑު މަސައްކަތްތަކަކީ؛

• އިންވެސްޓިގޭޝަން ޓީމުތަކާ ހަވާލުކުރާ މައްސަލަތައް ތަޙުޤީޤުކުރުން
• ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވަންޖެހޭ މައްސަލަތައް ފޮނުވުމަށްޓަކައި ތައްޔާރުކުރަންޖެހޭ ލިޔުންތައް ތައްޔާރުކުރުން
• ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން އަތޮޅުތަކަށް ގޮސްގެން ތަޙްޤީޤު ކުރަންޖެހޭ މައްސަލަތައް އަތޮޅުތަކަށް ގޮސްގެން ތަޙްޤީޤު ކުރުން
• ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން، ހޯދަންޖެހޭ ލިޔެކިޔުން ހޯދުން

2.4 ޕޯސްޓް އިންވެސްޓިގޭޝަން އެންޑް ރިޕޯޓިންގ ޔުނިޓް (ޕީއައިއާރްޔޫ)

ޕޯސްޓް އިންވެސްޓިގޭޝަން އެންޑް ރިޕޯޓިންގ ޔުނިޓްގެ މައިގަނޑު މަސައްކަތް ތަކަކީ؛

• ތަޙުޤީޤުކޮށް ނިމި، އިންވެސްޓިގޭޝަން ޓީމްތަކުން ހަވާލުކުރާ މައްސަލަތަކާ ހަވާލުވެ، ދިރާސާކުރުމަށް މެމްބަރުންނާ ހަވާލުކުރުން
• “ތަޙުޤީޤު ރިޕޯޓް ދިރާސާކުރުމަށް ބާއްވާ ކޮމިޝަންގެ މެމްބަރުންގެ ބައްދަލުވުން” ބޭއްވުމުގެ އިންތިޒާމް ހަމަޖެއްސުމާއި ބައްދަލުވުމުގެ ސެކްރެޓޭރިއެޓް ބެލެހެއްޓުމާއި، ޔައުމިއްޔާ ލިޔެ، ސޮއިކުރުވައި، ފައިލްކޮށް ބެލެހެއްޓުން
• “ތަޙުޤީޤު ރިޕޯޓް ދިރާސާކުރުމަށް ބާއްވާ ކޮމިޝަންގެ މެމްބަރުންގެ ބައްދަލުވުން” އިން ނިންމާ ކަންތައްތައް ތަންފީޒުކުރުމަށްޓަކައި ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުން
• އިންވެސްޓިގޭޝަން ޓީމްތަކާ އަނބުރާ ހަވާލުކުރަންޖެހޭ މައްސަލަތައް ހަވާލުކުރުން
• ކޮމިޝަނުން ތަޙުޤީޤުކޮށް ނިންމައި ދަޢުވާކުރުމަށްޓަކައި ޕްރޮސިކިއުޓަރޖެނެރަލްގެ އޮފީހަށް ފޮނުވަންޖެހޭ މައްސަލަތަކާއި، ދައުލަތުގެ އެހެން އިދާރާތަކަށް ފޮނުވުމަށް ނިންމާ މައްސަލަތައް ތައްޔާރުކޮށް ފޮނުވުން
• ކޮމިޝަނުން ނިންމާ މައްސަލަތަކާ ގުޅިގެން އެކިފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީތައް ތައްޔާރުކޮށް ފޮނުވުން
• ކޮމިޝަނުން ނިންމާ މައްސަލަތަކުގެ ސްޓޭޓަސް ކޭސްމެނޭޖްމަންޓް ސިސްޓަމްގެ ތެރެއިން ފުރިހަމަކުރުން
• އެކިފަރާތްތަކަށް ދޫކުރާ ޚުލާޞާ ރިޕޯޓްތައް ތައްޔާރުކޮށް ދޫކުރުން
• ކޮމިޝަނުން ނިންމާ މައްސަލަތަކުގެ ތަޙުޤީޤު ރިޕޯޓް ފައިނަލްކޮށް މައްސަލަތައް ސްކޭންކޮށް އާކައިވްކޮށް ރައްކާތެރިކަމާއެކު ބެލެހެއްޓުން
• ކޮމިޝަނުން ނިންމާ މައްސަލަތަކާ ގުޅިގެން ތައްޔާރުކުރަންޖެހޭ ޚަބަރު/ނޫސްބަޔާން ތައްޔާރުކޮށް މީޑިޔާއަށް ހާމަކުރުން
• ކޮމިޝަންގެ އަހަރީ ރިޕޯޓާއި ތަފާސްހިސާބާ ގުޅިގެން ނަގަންޖެހޭ މަޢުލޫމާތު ނެގުން
• އިސްވެސްޓިގޭޝަން ޓީމްތަކުން ތަޙްޤީޤުކޮށް ނިންމައި ކޮމިޝަންގެ މެމްބަރުން ދިރާސާކުރުމަށް ޙަވާލުކުރާ މައްސަލަތަކާއި، ކޮމިޝަނުން ނިންމާ މައްސަލަތަކާއި، ކޮމިޝަނުން ދަޢުވާކުރުމަށްޓަކައި ޕްރޮސިކިއުޓަރޖެނެރަލްގެ އޮފީހަށް ފޮނުވާ މައްސަލަތަކާއި، ޕްރޮސިކިއުޓަރޖެނެރަލްގެ އޮފީހުން އަނބުރާ އަންނަ މައްސަލަތަކާއި، ކޮމިޝަނުން ނިންމާ މައްސަލަތަކާ ގުޅިގެން އެކި އިދާރާތަކަށް އަންގާ އެންގުންތަކުގެ ސްޓޭޓަސް ލިސްޓް ފުރިހަމަކޮށް ބެލެހެއްޓުން
• ވަކިވަކި އިންވެސްޓިގޭޓަރުންނާއި އިންވެސްޓިގޭޝަން ޓީމްތަކުގެ ޚިދުމަތުގެ ފެންވަރު ބެލުމުގައި ބޭނުންވާ އެ ފަރާތްތަކުގެ މަސައްކަތްތަކާގުޅޭ ތަފާސްހިސާބު ނަގައި ފޯރުކޮށްދޭންޖެހޭ ފަރާތްތަކަށް ފޯރުކޮށްދިނުން

2.5 ލީގަލް އެންޑް އެސެޓް ރިކަވަރީ ޔުނިޓް

ލީގަލް އެންޑް އެސެޓް ރިކަވަރީ ޔުނިޓްގެ މައިގަނޑު މަސައްކަތްތަކަކީ؛

• ކޮމިޝަނުގެ ކޮމެންޓަށް ހުށަހެޅޭ/އަލަށް ތަޢާރަފްކުރެވޭ ޤާނޫނުތަކާއި ގަވާއިދުތައް ދިރާސާކޮށް އިޞްލާޙުކުރަންޖެހޭ ކަންކަން ފާހަގަކޮށް ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުމާއި، ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ހުރި ކަންތައްތައް އިޞްލާޙުކުރުމަށް ޕްރިވެންޝަން ސެކްޝަނާ ގުޅިގެން މަސައްކަތްކުރުން
• ޤާނޫނުތަކާއި ގަވާއިދުތަކާ ގުޅިގެން ކޮމިޝަންގެ މަސައްކަތްތަކަށް ގެންނަންޖެހޭ ބަދަލުތައް ފާހަގަކުރުން
• ކޮމިޝަންގެ ތަޙުޤީޤުކުރުމުގެ އުޞޫލު ދިރާސާކޮށް ގެންނަން ޖެހޭ ބަދަލުތައް ފާހަގަކުރުން
• ކޮމިޝަނަށް ބޭނުންވާ ގަވާއިދުތައް ހެދުމާއި ޤާނޫނުތަކަށް ގެންނަޖެހޭ އިޞްލާޙުތައް ގެނައުން
• ކޮމިޝަންގެ މެންބަރުންގެ ބިއުރޯއިން ދިރާސާ ރިޕޯޓަށް އެދޭ ކަންކަމުގައި ދިރާސާ ރިޕޯޓް ތައްޔާރުކުރުން
• ކޮމިޝަނަށް ދަޢުވާ ލިބޭ އަދި ކޮމިޝަނުން ދަޢުވާކުރާ މައްސަލަތަކުގައި ކޮމިޝަން ތަމްސީލުކުރުމާއި، އެ މައްސަލަތަކާ ގުޅޭ ކަންތައްތައް ބެލެހެއްޓުން
• ކޮމިޝަން ތަމްސީލުކުރާނެ ފަރާތްތައް މެންބަރުންގެ މަޝްވަރާއާއެކު ކަނޑައަޅައި، އެފަރާތްތައް މައްސަލަތަކުގައި ފޮނުވުމާއި، ބޭނުންވާ އެހީތެރިކަން ދީ މައްސަލަތައް ހިނގާނުހިނގާގޮތް މޮނިޓަރކުރުން
• އޭ.ޖީ އޮފީހާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުން
• ކޮމިޝަންގެ މަސައްކަތްތަކާ ގުޅިގެން ކޯޓުތަކުން ނިންމާ ނިންމުތަކާއި، ކޮމިޝަންގެ މައްޗަށްކުރާ ޙުކުމްތައް ކަމާބެހޭ ސެކްޝަންތަކާ ގުޅިގެން ތަންފީޒުކުރުމުގެ މަސައްކަތްކުރުން
• ކޮމިޝަންގެ ސެކްޝަންތަކުން އެދޭ ޤާނޫނީ ލަފަޔާއި އެހީތެރިކަން ދިނުން
• ކޮމިޝަންގެ މެންބަރުންގެ ބިއުރޯއިން ޔުނިޓްގެ ލަފައަށް އެދޭ ކަންކަމުގައި ލަފާ ދިނުން
• ކޮމިޝަންގެ އިންވެސްޓިގޭޓަރުން ޤާނޫނަށް އަހުލުވެރިކުރުވުމާއި، ކޮމިޝަނުން ހިންގާ ޕްރޮގްރާމްތަކާއި އިންޑަކްޝަން ޕްރޮގްރާމްތަކުގައި މަޢުލޫމާތު ދީ މުވައްޒަފުން ތަމްރީނުކުރުމުގައި އެހީވުން
• ތަޙުޤީޤު މަރުޙަލާގައި ޕީ.ޖީ އޮފީހާ އެކު ކުރަންޖެހޭ މަސައްކަތްތައް ކޯޑިނޭޓްކުރުން
• ޕީ.ޖީ އަށް މައްސަލަ ފޮނުވުމަށްފަހު، ދައުވާ އުފުލުމުގެ މަރުޙަލާ ކުރިއަށްދާގޮތް މޮނިޓަރކުރުމާއި، ޕީޖީ އޮފީހަށް ބޭނުންވާ އެހީތެރިކަން ދިނުން
• ޝަރީޢަތަށް ހުށަހަޅާ މައްސަލަތަކުގެ ކަންތައްތައް ބެލެހެއްޓުމާއި ޕީ.ޖީ އޮފީހާއެކު މަސައްކަތްކުރުން
• ޕީ.ޖީ އިން އަނބުރާ ފޮނުވާ މައްސަލަތައް ދިރާސާކޮށް، އެކަމުގައި ޢަމަލުކުރެވިދާނެ ގޮތްތަކާ ބެހޭގޮތުން ކޮމިޝަނަށް ރިޕޯޓެއް ހުށަހަޅައި، ކޮމިޝަނުން ނިންމާގޮތަކަށް ޢަމަލުކުރުން
• ކޮރަޕްޝަންގެ ކުށްތަކާ ގުޅިފައިވާ ފައިސާ/މުދަލާ ގުޅިގެން ތަޙުޤީޤު މަރުޙަލާގައި އަޅަންޖެހޭ ފިޔަވަޅުތަކާ ބެހޭ މަސައްކަތްކުރުން
• ކޮރަޕްޝަންގެ ޢަމަލެއްގެ ތެރެއިން ހޯދާފައިވާކަމަށް ޘާބިތުވާ މުދަލާއި ފައިސާ ދައުލަތަށް ހޯދުމަށް ކުރަންޖެހޭ ކަންކަން ކުރުން
• ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އަގައިންސްޓް ކޮރަޕްޝަންއާ ގުޅިގެން ކުރަންޖެހޭ ދިރާސާތައް ކޮށް ކުރަންޖެހޭ ކަންކަމުގެ ލަފާ ދިނުން
• ބައިނަލްއަގްވާމީ އިދާރާތަކަށް ފޮނުވަންޖެހޭ މަޢުލޫމާތު ތައްޔާރުކޮށް ފޮނުވުމާއި، ކަމާބެހޭ ބައްދަލުވުންތަކުގައި ކޮމިޝަން ތަމްސީލުކުރުން

2.6އިންޓެލިޖެންސް ޔުނިޓް

އިންޓެލިޖެންސް ޔުނިޓްގެ މައިގަނޑު މަސައްކަތްތަކަކީ؛

• އެމް.އެމް.އޭގައި ޤާއިމްކޮށްފައިވާ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓްން ޙިއްޞާކުރާ މަޢުލޫމާތު އެއްކޮށް، ދިރާސާކޮށް، އޭގެ ތެރެއިން ޝައްކުކުރެވޭ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް ކޭސްއެއްގެ ގޮތުގައި ކުރިއަށް ގެންދެވޭނެ މަޢުލޫމާތު ފާހަގަކޮށް ކޭސްއެއްގެ ގޮތުގައި ކޮމިޝަންގައި ރެޖިސްޓްރީ ކުރުވުމަށް ކަމާބެހޭ ޔުނިޓަށް ހުށަހެޅުން
• ކޮމިޝަންގައި ހިނގާ ތަޙްޤީޤުތަކާ ގުޅިގެން ފައިނޭޝަން އިންޓެލިޖެންސް ޔުނިޓްގެ ތެރެއިން ހޯދަންޖެހޭ މަޢުލޫމާތު ހޯދައި އިންވެސްޓިގޭޓަރުންނަށް ފޯރުކޮށްދިނުން
• ދައުލަތުގެ ހުރިހާ އިސް މަޤާމުތަކާއި ކުންފުނިތަކުގެ ބޯޑު މެމްބަރުންނާއި ކުންފުނިތަކުގެ އިސް މަޤާމުތަކާއި ސިޔާސީ މަޤާމްތަކާއި ސިވިލްސާރވިސްގެ އިސްމަޤާމުތަކުގައި ތިބި މީހުންގެ ޕްރޮފައިލްއެއް ބެލެހެއްޓުން
• ދައުލަތުގެ މުވައްޒަފުންގެ ކްލޯޒް ރިލޭޓިވްސް އާއި ކްލޯޒް އެސޯސިއޭޓުންގެ މަޢުލޫމާތާއި ވިޔަފާރީގެ ގުޅުންތައް ދެނެގަތުން
• ދައުލަތުގެ ކުންފުނިތަކާއި އާމްދަނީ ލިބޭ ދައުލަތުގެ މުއައްސަސާތަކުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ފައިސާ ދައުރުކުރާ ވިއުގައެއް ފާހަގަކުރެވިއްޖެނަމަ އެކަން އިތުރަށް ތަޙްޤީޤުކުރުމަށް ބޭނުންވާނެ މަޢުލޫމާތު އެއްކޮށް ކޭސް އެއްގެ ގޮތުގައި ކަމާބެހޭ ޔުނިޓާ ޙަވާލުކުރުން
• ކޮމިޝަނުން އިންޓެލިޖަންސް ބޭނުމަށް ފޯން ރެކޯޑްސް ހޯދަން ޖެހިއްޖެނަމަ ހޯދާ ކަމާބެހޭ ޓީމްތަކަށް ފޯރުވައިދިނުން
• ފުލުހުންގެ އިންޓެލިޖެންސްގެ އެހީތެރިކަން ހޯދަންޖެހޭ ކަންކަމުގައި އެފަރާތުގެ އެއްބާރުލުން ހޯދުން
• ދައުލަތުގެ އިދާރާތަކުގެ ތެރެއިން އިންޓެލިޖަންސް މަޢުލޫމާތު ކޮމިޝަނަށް ފޯރުކޮށްދެވިދާނެ އިދާރާތަކާއެކު ގުޅިގެން މަސައްކަތް ކުރެވޭނެ މާހައުލެއް އުފެއްދުމާއި، އަދި އެ ފަރާތްތަކާއެކު ފަހުމުނާމާތައް ޤާއިމްކުރުމަށް މަސައްކަތްކުރުން
• ދައުލަތުން ހިންގާ އަދި ހިންގަން ރާވާ ބޮޑެތި ޕްރޮޖެކްޓްތަކާ ގުޅުންހުރި މަޢުލޫމާތުތައް ހޯދާ އެކަންކަން ހިންގުމުގައި ކޮރަޕްޝަންގެ ކަމެއް ފާހަގަ ކުރެވޭތޯ ބެލުން
• މީޑިއާގެ އެކި ވަޞީލަތްތަކުގައި ދައުރުކުރެވޭ ކޮރަޕްޝަނާއި ގުޅުންހުރި މަޢުލޫމާތު އެއްކޮށް ދިރާސާކޮށް ކޭސް އެއްގެ ގޮތުގައި ފައިލްކުރަން ޖެހޭ މަޢުލޫމާތު ފައިލްކޮށް ކަމާބެހޭ ޔުނިޓާ ޙަވާލުކުރުން

3. ޕްރިވެންޝަން ސެކްޝަން

ކޮމިޝަންގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކޮރަޕްޝަން ޕްރިވެންޝަން ނުވަތަ ކޮރަޕްޝަންގެ ޢަމަލުތައް ހިންގިޔަ ނުދިނުމަށް ތަންފީޒުކުރަންޖެހޭ ޙަރަކާތްތައް ހިންގަނީ މި ސެކްޝަނުންނެވެ. އެ ގޮތުން ކުރެވޭ މަސައްކަތްތައް ކުރުމަށްޓަކައި މި ސެކްޝަންގެ ދަށުން 2 ޔުނިޓެއް އުފައްދާފައިވެއެވެ. އެ ޔުނިޓްތަކަކީ؛
1. އެޑިއުކޭޝަން އެންޑް އެވެއަރނެސް ޔުނިޓް
2. ޕްރިވެންޝަން އެންޑް ރިސަރޗް ޔުނިޓް

ތިރީގައި އެވަނީ މި ދެ ޔުނިޓާ ގުޅުންހުރި މަސައްކަތްތަކުގެ ތަފްޞީލެވެ.

3.1 އެޑިއުކޭޝަން އެންޑް އެވެއާނެސް ޔުނިޓް

އެޑިއުކޭޝަން އެންޑް އެވެއާނެސް ޔުނިޓްގެ މައިގަނޑު މަސައްކަތްތަކަކީ؛

• ދައުލަތުގެ މުއައްސަސާތަކުން ކޮރަޕްޝަން ނައްތާލުމަށްޓަކައި ހިންގަންޖެހޭ ހޭލުންތެރި ކުރުމުގެ ޙަރަކާތްތައް ރާވާ އިންތިޒާމްކޮށް ހިންގުން
• ދިވެހިރައްޔިތުންނަކީ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ، ހޭލުންތެރި ބަޔަކަށް ހެދުމަށް ތަފާތު ވަޞީލަތްތައް ބޭނުންކޮށްގެން ޙަރަކާތްތައް ރާވާ ހިންގުން
• ބައިނަލްއަޤުވާމީ އެންޓި-ކޮރަޕްޝަން ދުވަހާއި ރާއްޖޭގައި ފާހަގަ ކުރާ ޤައުމީ އެންޓި-ކޮރަޕްޝަން ދުވަސް ފާހަގަ ކުރުމަށް ތަފާތު ޙަރަކާތްތައް ފުޅާދާއިރާއެއްގައި ހިންގުން
• މީޑިއާ މެދުވެރިކޮށް ކޮރަޕްޝަނާ ދެކޮޅަށް ޢާއްމުން ހޭލުންތެރި ކުރުމަށް ތަފާތު ޕްރޮގްރާމްތައް ހިންގުން
• ނަޒާހަތްތެރިކަން އާލާކުރުމަށް މަސައްކަތްކޮށް އެފަދަ މަސައްކަތްތަކަށް ހިތްވަރު ދިނުމުގެ ގޮތުން ނަޒާހަތްތެރިކަމުގެ އިނާމް ދިނުމުގެ އެންމެހާ ޙަރަކާތްތައް ރާވާ ހިންގުމާއި ނަޒާހަތްތެރިކަމުގެ ޤައުމީ ވަޢުދަކީ ޢާއްމުންނަށް އެނގޭ، ގިނަ ބަޔަކު ސޮއިކޮށްފައިވާ ވަޢުދަކަށް ހެދުން
• ކޮމިޝަނުން ބޭނުންވާ ގްރެފިކްސް އަދި ލޭއައުޓް މަސައްކަތްކުރުމާއި ޙަރަކާތްތަކުގެ ފޮޓޯ އަދި ވީޑިއޯ ނަގާ، އާކައިވް ކުރުމުގެ މަސައްކަތްކުރުން

3.2 ޕްރިވެންޝަން އެންޑް ރިސާޗް

ޕްރިވެންޝަން އެންޑް ރިސާޗް ޔުނިޓްގެ މައިގަނޑު މަސައްކަތްތަކަކީ؛

• ކޮމިޝަންގެ ފަރާތުން ޢާންމުކުރަންޖެހޭ ތަފާސްހިސާބު އެއްކޮށް ޖަމާކޮށް ޢާންމުކޮށް ޝާއިޢުކުރުމާ އަދި ޔުނިޓްތަކުން ތަފާސްހިސާބު އެކުލަވާލާނެގޮތުގެ ޕްރޮސީޖަރ ތައްޔާރުކުރުން
• ކޮމިޝަންގެ އަހަރު ރިޕޯޓް ތައްޔާރުކޮށް ކަމާބެހޭ ފަރާތްތަކަށް ފޮނުވުމާއި ޢާންމުކޮށް ޝާއިޢުކުރުން
• ކޮމިޝަންގެ އަހަރު ރިޕޯޓުގެ ފޯމެޓަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް ކޮންމެ އަހަރެއްގެ ފެބްރުއަރީ 15 ގެ ކުރިން ކޮމިޝަންގެ މެމްބަރުންގެ ބައްދަލުވުމަކަށް ހުށަހަޅާ ފާސްކުރުމަށް ފަހު، އެ ފޯމެޓަށް އަހަރު ރިޕޯޓު ނިންމުން
• ކޮމިޝަން ސްޓްރެޓެޖިކް ޕްލޭން ތައްޔާރުކޮށް ގެންނަންޖެހޭ ބަދަލުތައް ގެނައުން
• ކޮމިޝަންގެ ސްޓްރެޓެޖިކް ޕްލޭންގައި ހިމެނޭ ކަންތައްތަކުގެ ތެރެއިން ކޮންމެ އަހަރަކު ހިންގާނެ ޙަރަކާތްތައް ކަނޑައަޅާ އެ ޙަރަކާތްތައް އެކި ސެކްޝަންތަކާއި/ މުވައްޒަފުންނާއި/ ޙަވާލުކޮށްގެން ތަންފީޒު ކުރުވުމާއި ޙަރަކާތްތައް ކުރިއަށް ދާގޮތުގެ ސްޓޭޓަސް ބެލުން
• ކޮމިޝަންގެ ސްޓްރެޓެޖިކް ޕްލޭނާއި އެހެނިހެން ޕްލޭންތަކަށް ޢާންމުކޮށް ޝާއިޢުކުރެވޭ ދިރާސާތަކުގެ އަލީގައި ގެންނަންޖެހޭ ބަދަލުތައް ގެނެސް ތަންފީޒުކުރުން
• އޭސީސީގެ ފަރާތުން ބޭރުގެ އެހީ ހޯދުމަށް ހުށަހަޅަންޖެހޭ އެންމެހާ ޕްރޮޕޯސަލްތައް ކަމާބެހޭ ސެކްޝަންތަކުން މަޢުލޫމާތު ހޯދައިގެން ތައްޔާރުކޮށް ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާ ބޭރުގެ އެހީ ލިބޭތޯ މަސައްކަތް ކުރުން
• ކޮމިޝަންގެ ފަރާތުން ކޮންމެ އަހަރަކު ކުރިއަށް ގެންދިއުމަށް ކަނޑައަޅާފައިވާ ޙަރަކާތްތައް ކުރިއަށް ނުދާނަމަ އެކަންކަން ހަލުއިކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން
• ބައިނަލްއަޤުވާ އިދާރާތަކާއި ދައުލަތުގެ އެކި މުއައްސަސާތަކާއި އަމިއްލަ ފަރާތްތަކުން ކޮރަޕްޝަނާ ބެހޭގޮތުން ތައްޔާރުކޮށް ޢާންމުކޮށް ޝާއިޢުކުރާ ދިރާސާ ރިޕޯޓުތައް ހޯދާ، އެރިޕޯޓުތަކާ ގުޅިގެން އޭސީސީން އަޅަންޖެހޭ ފިޔަވަޅުތައް މެމްބަރުންގެ މަޝްވަރާގެމަތިން ތަންފީޒު ކުރުން
• ދައުލަތާއި އަމިއްލަ އެކި ފަރާތްތަކުން ކޮރަޕްޝަނާ ދެކޮޅަށް ބާއްވާ ބައްދަލުވުންތަކުގައި ކޮމިޝަންގެ ފަރާތުން ހުށަހަޅަންޖެހޭ ކަރުދާސްތައް ތައްޔާރުކޮށް ހުށަހެޅުން
• ކޮމިޝަނުން ކަނޑައަޅާ މައުޟޫޢުތަކަށް ބިނާކޮށް ހަދަންޖެހޭ ދިރާސާތައް ހަދާ ޢާންމުކޮށް ޝާއިޢުކުރުމާއި އެދިރާސާތަކުން ފާހަގަކުރެވޭ ކަންކަން ރަނގަޅުކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން
• ދައުލަތުގެ މުއައްސާސާތަކުގެ ހިންގުމުގެ ނިޒާމުގައި މައްސަލަތައް ހުރިތޯ ބެލުމަށް ރިސްކް އެސެސްމަންޓްތައް ހަދާ ޢާންމުކޮށް ޝާއިޢުކުރުމާއި ފާހަގަކުރެވޭ ކަންކަން އިސްލާޙުކުރުމަށް އިދާރާތަކާ ގުޅިގެން މަސައްކަތްތައް ކުރުން
• ނަޒާހަތްތެރިކަމުގެ ޤައުމީ ޕްލޭން އެކުލަވާލައި، މުރާޖަޢާކުރުމާއި ޕްލޭން ހިންގުމަށް ބޭނުންވާ އުޞޫލުތައް އެކުލަވާލައި ޕްލޭން ތަންފީޒުކުރުން
• ދައުލަތުގެ މުއައްސަސާތަކުގައި ހިންގާ އެކިއެކި މަސައްކަތްތަކަކީ ކޮރަޕްޝަނަށް މަގު ފަހި ނުވާނެ ގޮތަކަށް ހުރި ކަންތައްތައްތޯ ކަށަވަރުކޮށް، އެކަން އެނގޭފަދަ ލިއުން ދެވޭނެ ނިޒާމެއް ޤާއިމްކުރުން
• ދައުލަތުގެ އިދާރާތަކުން ކޮރަޕްޝަން ނައްތާލުމަށް ދޭންޖެހޭ ފަންނީ ލަފަޔާ އިރުޝާދުދިނުން
• އެޑިއުކޭޝަން އެންޑް އެވަރނެސް ޔުނިޓްގެ މަސައްކަތުގައި އެހީތެރިކަމާ އެއްބާރުލުން ދިނުން
• ޔުނިޓްގެ އޮޕަރޭޓިން ޕްރޮސީޖަރ އެކުލަވާލުމާއި މުރާޖަޢާކުރުން
• މިނިވަން މުއައްސަސާތަކުގެ އިޖުތިމާޢީ ޙަރަކާތް (އާރޯ) ގައި ކޮމިޝަން ތަމްޞީލުކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތް ކުރުން

4. އެޑްމިނިސްޓްރޭޝަން ސެކްޝަން

އެޑްމިނިސްޓްރޭޝަން ސެކްޝަނަކީ ކޮމިޝަނުގެ މަސައްކަތަށް ބޭނުންވާ އިދާރީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޒިންމާ އުފުލާ ސެކްޝަނެވެ. މި ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށްޓަކައި މި ސެކްޝަނުގެ ދަށުން 03 ޔުނިޓެއް އުފައްދާފައިވެއެވެ. އެ ޔުނިޓްތަކަކީ؛
1. އެޑްމިނިސްޓްރޭޝަން ޔުނިޓް
2. ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ޔުނިޓް
3. ޕްރޮކިއުމަންޓް އެންޑް މެއިންޓަނެންސް ޔުނިޓް

ތިރީގައި އެވަނީ އިސްވެ ދެންނެވުނު ތިން ޔުނިޓާ ގުޅުންހުރި މަސައްކަތްތަކުގެ ތަފްޞީލެވެ.

4.1 އެޑްމިނިސްޓްރޭޝަން ޔުނިޓް

އެޑްމިނިސްޓްރޭޝަން ޔުނިޓްގެ މައިގަނޑު މަސައްކަތްތަކަކީ؛

• ކޮމިޝަންގެ ދުވަހު ޔައުމިއްޔާ ދުވަހުން ދުވަހަށް ލިޔެ ސޮއިކުރުވާ ތަރުތީބުކޮށް ބެލެހެއްޓުން
• ކޮމިޝަން ހުޅުވާ ލެއްޕުމުގެ އިންތިޒާމް ހަމަޖައްސާ ކޮމިޝަން ހުޅުވާ ލެއްޕުމުގެ ގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްއް ކުރުން
• ކޮމިޝަނަށް ލިބޭ އެންމެހާ ސިޓީތަކާއި މެސެޖްތަކާއި މައްސަލަ ފޯމުތައް އެންޓްރީކޮށް ކަމާބެހޭ ސެކްޝަންތަކަށް ޙަވާލުކުރުން
• ކޮމިޝަންގެ ކައުންޓަރު ބެލެހެއްޓުން
• ކޮމިޝަންގެ ސްޓޮކް ބަލަހައްޓާ މުވައްޒަފުންނަށް ދޫކުރަންޖެހޭ ތަކެތި ދޫކޮށް ތަކެތި ހުސްނުވެ ހުންނާނެ ގޮތެއްގެމަތިން ކަންކަން އިންތިޒާމްކުރުން

4.2ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ޔުނިޓް

ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ޔުނިޓްގެ މައިގަނޑު މަސައްކަތްތަކަކީ؛

• ކޮމިޝަންގެ ވަޒީފާގެ އޮނިގަނޑު އެކުލަވާލުމާއި ވަޒީފާގެ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތައް ގެނައުން
• ކޮމިޝަންގެ އޮގަނައިޒޭޝަން ސްޓްރަކްޗާ ތައްޔާރުކުރުމާއި އެސްޓްރަކްޗަރތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުން
• ކޮމިޝަންގައި އުފައްދަންޖެހޭ މަޤާމުތައް އުފެއްދުމާއި އުވާލަންޖެހޭ މަޤާމުތައް އުވާލުމާއި ބަދަލުގެންނަންޖެހޭ މަޤާމުތަކަށް ބަދަލުގެނައުން
• ކޮމިޝަންގެ ވަޒީފާތަކަށް އަލަށް މީހުން ވެއްދުމުގެ ގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން
• މުވައްޒަފުންގެ ރެކޯޑް ފައިލްތައް ބެލެހެއްޓުން
• މުވައްޒަފުންގެ ޕާފޮރމަންސް އެޕްރައިޒަލްބެލުމާބެހޭ ނިޒާމް ތަންފީޒުކުރުމާއި، މުވައްޒަފުންގެ ޕާފޮރމަންސް ބެލުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ސެކްޝަންތަކާ ގުޅިގެން ކުރުން
• މުވައްޒަފުންގެ ޗުއްޓީގެ ރެކޯޑުތައް ބެލެހެއްޓުން
• ވަޒީފާއިން ވަކިވާންއެދޭ މުވައްޒަފުން ވަޒީފާއިން ވަކިކުރުމާއި ވަކިކުރަންޖެހޭ މުވައްޒަފުން ވަޒީފާއިން ވަކިކުރުން
• މުވައްޒަފުންގެ އިތުރުގަޑީގައި ކުރާ މަސައްކަތުގެ ހިސާބުތައް ބެލެހެއްޓުމާއި މުސާރަދިނުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައްކުރުން
• މުވައްޒަފުން ރަސްމީގަޑީގައި ބޭރުގައި ހޭދަކުރާ ވަގުތުގެ ރެކޯޑު ބެލެހެއްޓުމާއި އެކަށީގެންވާ ވަރަށްވުރެ އިތުރަށް ބޭރުގައި ވަގުތު ހޭދަކުރާ މުވައްޒަފުންނާމެދު ފިޔަވަޅު އެޅުން
• މުވައްޒަފުންގެ ގަވާޢިދަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި އަދި އެކިކަންކަމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލުތައް ތައްޔާރުކޮށް މެމްބަރުންގެ ބައްދަލުވުންތަކަށް ހުށަހަޅައިގެން ފައިނަލްކޮށް މުވައްޒަފުންނަށް އެންގުމާއި އެފަދަ އެންމެހާ ގަވާއިދުތަކާއި އުޞޫލުތަކުގެ ރެކޯޑުތައް ބެލެހެއްޓުން
• މުވައްޒަފުންގެ ބައްދަލުވުންތައް ބޭއްވުމާއި އެފަދަ ބައްދަލުވުންތަކުގެ ޔައުމިއްޔާ ނޯޓުކޮށް ނިންމާ ނިންމުންތައް ތަންފީޒުކުރުން
• ސެކްޝަންތަކުގެ ހެޑުންގެ ބައްދަލުވުންތައް ކޮންމެ ހަފްތާއަކު ބޭއްވުމާއި އެބައްދަލުވުމުގެ ޔައުމިއްޔާ ލިޔެ އަޅަންޖެހޭ ފިޔަވަޅުތައް އެޅުން
• މުވައްޒަފުންނާ ދޭތެރޭ އަޅަންޖެހޭ އިސްލާހީ ފިޔަވަޅުތައް އެޅުމާއި އެފަދަ ފިޔަވަޅުތަކުގެ ރެކޯޑުތައް ބެލެހެއްޓުން
• މުވައްޒަފުންނަށް އަންގަންޖެހޭ އެންގުންތައް އެންގުން
• ވަޒީފާއަށް ބަދަލުގެންނަންޖެހޭ މުވައްޒަފުންގެ ވަޒީފާއަށް ބަދަލު ގެނައުމާއި އެކަމާގުޅިގެން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން
• އޭސީސީގެ މުވައްޒަފުން ތަމްރީނު ކުރުމަށްޓަކައި ހިއުމަންރިސޯސް ޑިވެލޮޕްމަންޓް ޕްލޭނެއް އެކުލަވާލާ ތަންފީޒުކުރުން
• އޭސީސީގެ ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ޕްލޭންގެ މައްޗަށް ބިނާކޮށް ޓްރޭނިންގ ރިކްއާމެންޓެއް އެކުލަވާލާ ތަންފީޒުކުރުން
• ވަޒީފާއަށް އަލަށް ވައްދާ މުވައްޒަފުންގެ އިންޑަކްޝަން ޕްރޮގްރާމެއް އެމުވައްޒަފެއްގެ މަސައްކަތަށް ބޭނުންވާނެ އެންމެހާ މަޢުލޫމާތު ހިމެނޭގޮތުން އެކުލަވާލާ އަލަށް ވަންނަ މުވައްޒަފުންނަށް ހިންގުން
• ރާއްޖޭއާއި ރާއްޖެއިން ބޭރުން މުވައްޒަފުންނަށް ހޯދައިދެވެންހުރި ތަމްރީނު ފުރުޞަތުތައް ދެނެގަނެ މުވައްޒަފުން އެފަދަ ޕްރޮގްރާމްތަކުގައި ބައިވެރި ކުރުން
• ކޮމިޝަންގެ މުވައްޒަފުންނަށް ބޭނުންވާނެ ހުނަރު މުއްސަނދި ކުރުމަށްޓަކައި މުޅިއަހަރަށް ބަހާލައިގެން ތަފާތު ދާއިރާތަކަށް އަމާޒްކޮށްގެން ސެމިނާ ވާކްޝޮޕް ބައްދަލުވުން ފަދަ ތަމްރީނު ޙަރަކާތްތައް ހިންގުން
• ކޮމިޝަންގެ މުވައްޒަފުންނަކީ މަސައްކަތަށް އަހުލުވެރި މުވައްޒަފުންތަކަކަށް ހެދުމަށްޓަކައި ހިންގަންޖެހޭ އެންމެހާ ޙަރަކާތްތައް ހިންގުމަށްޓަކައި ކުރަންޖެހޭ ދިރާސާތައްކޮށް ފާހަގަކުރެވޭ ކަންކަމުގެ އަލީގައި މުވައްޒަފުންނަށް އެކި ޕްރޮގްރާމްތައް ހިންގުން
• ތަމްރީނު ކުރެވޭ މުވައްޒަފުންގެ މަޢުލޫމާތު ބެލެހެއްޓުމާއި މުވައްޒަފުންގެ ބޮންޑާބެހޭ މަޢުލޫމާތު ބެލެހެއްޓުން
• ކޮމިޝަންގެ ޓްރޭނިންގ އުޞޫލު ތަންފީޒު ކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުމާއި ކޮމިޝަންގެ ޓްރޭނިންގ އުޞޫލަށް ގެންނަންޖެހޭ އިޞްލާހްތައް ގެނައުން

4.4 ޕްރޮކިއުމަންޓް އެންޑް މެއިންޓެނަންސް ޔުނިޓް

ޕްރޮކިއުމަންޓް އެންޑް މެއިންޓެނަންސް ޔުނިޓްގެ މައިގަނޑު މަސައްކަތްތަކަކީ؛

• ކޮމިޝަނަށް ހޯދަންޖެހޭ އެންމެހާ ތަކެތި ހޯދާ ކަމާބެހޭ ސެކްޝަންތަކަށް ޙަވާލުކުރުން
• ކޮމިޝަނުންތަކެތި ހޯދުމަށް ކުރަންޖެހޭ އިޢުލާނުތައް ކުރުމާއި އެގްރީމަންޓުތައް ތައްޔާރުކުރުން
• ކޮމިޝަނުގައި އޮންނަ އެޖެންސީ ޓެންޑަރ ކޮމިޓީގެ ބައްދަލުވުންތައް އިންތިޒާމްކޮށް ބައްދަލުވުންތައް ބާއްވާ ޔައުމިއްޔާ ތައްރުކޮށް މެމްބަރުން ލައްވާ ސޮއިކުރުވާ ތަރުތީބުން އެތަކެތި ބެލެހެއްޓުން
• ކޮމިޝަންގެ ފާޚާނާތަކާއި ކޮޓަރިތަކާއި ކޮމިޝަންގެ އެންމެހާ ތަންތަން ކުނިކަހާ ފޮޅާ ސާފުކޮށް ފެންފޮތިލާ ކޮމިޝަންގެ ކުނިއުކާލުމުގެ އިންތިޒާމުތައް ހަމަޖެއްސުން
• ހޮޅިބުރި ބޮކި އޭސީގެ އެއްވެސް މައްސަލައެއް ދިމާވޭތޯ ބަލާ އެފަދަ ތަކެއްޗަށް ދިމާވާ މައްސަލަތައް ޙައްލުކުރުން
• ކޮމިޝަންގެ ގުދަންތަކަށް ގޮސް އެތަންތަނުގެ ޙާލަތުބަލައި އެތަންތަން ބެލެހެއްޓުމުގެ ގޮތުން ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުން
• ކޮމިޝަންގެ ފާޚާނާތަކާއި، ސީލިންގއާއި ޑެކް އަދި އެހެނިހެން ތަންތަނަށް އެއްވެސް މައްސަލައެއް ދިމާވޭތޯ ބަލައި އެތަންތަން ބެލެހެއްޓުމުގެ ގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން
• ކޮމިޝަންގެ އެންމެހާ ހަރުމުދަލާއި އެހެނިހެން ތަކެތި މަރާމާތު ކުރުން
• ކޮމިޝަންގައި ކުލަޔާ ދަވާދު ލާންޖެހޭ ތަންތަނުގައި ކުލަޔާ ދަވާލާ ޒީނަތްތެރިކުރުން
• ކޮމިޝަންގެ އެތެރޭގެ ޕާޓިޝަންތަކަށާއި ކޮޓަރިތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުން
• ކޮމިޝަންގެ މުވައްޒަފުންނަށް ވޯކްސްޓޭޝަން ހަމަޖެއްސުމާއި މުވައްޒަފުން އެއްތަނުން އަނެއްތަނަށް ބަދަލު ކުރުމުގެ ގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން

5. އިންފޮމޭޝަން ޓެކްނޮލޮޖީއާބެހޭ ސެކްޝަން

އިންފޮމޭޝަން ޓެކްނޮލޮޖީ ސެކްޝަނަކީ ޒަމާނީ ޓެކްނޮލޮޖީގެ ވަޞީލަތްތަކާއި ގޮތްތައް ކޮމިޝަންގެ މަސައްކަތްތަކަށް ތަޢާރަފްކޮށްދީ އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއަށް މުވައްޒަފުން އަހުލުވެރި ކުރުމުގެ ޒިންމާ އަދާކުރާ ސެކްޝަނެވެ. މި މަސައްކަތްތައް ކުރުމަށްޓަކައި މި ސެކްޝަނުގެ ދަށުގައި 2 ޔުނިޓެއް އުފައްދާފައިވެއެވެ. އެ ޔުނިޓްތަކަކީ؛
1. ނެޓްވަރކިންގ އެންޑް ސެކިއުރިޓީ ޔުނިޓް
2. އިންފޮމޭޝަން ސިސްޓަމްސް ޑިވެލޮޕްމަންޓް ޔުނިޓް

ތިރީގައި އެވަނީ އިސްވެ ދެންނެވުނު ދެ ޔުނިޓާ ގުޅުންހުރި މަސައްކަތްތަކުގެ ތަފްޞީލެވެ.

5.1 ނެޓްވަރކިންގ އެންޑް ސެކިއުރިޓީ ޔުނިޓް

ނެޓްވާކިންގ އެންޑް ސެކިއުރިޓީ ޔުނިޓްގެ މައިގަނޑު މަސައްކަތްތަކަކީ؛

• ކޮމިޝަންގެ ސާރވަރއާއި ކޮމިޝަންގައި ބޭނުންކުރާ އެންމެހާ ކޮމްޕިއުޓަރ ސިސްޓަމްތައް ވައިރަސްތަކުން ރައްކާތެރިކޮށް ބެލެހެއްޓުން
• ސާވަރގެ ބެކަޕްނަގާ ބެލެހެއްޓުން
• ނެޓްވާކް އެޅުމާއި ނެޓްވާކް ބެލެހެއްޓުމުގެ ގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން
• ކޮމިޝަންގެ މެއިލްއެކައުންޓްތައް ހެދުމާއި މެއިލްތައް ބެލެހެއްޓުން
• ކޮމިޝަންގެ ޕްރޮޖެކްޓަރތަކާއި އައިޓީއާގުޅޭ އެންމެހާ ތަކެތި ބެލެހެއްޓުން
• ކޮމިޝަންގެ ޕީއޭބީ އެކްސް ސިސްޓަމް ބެލެހެއްޓުން
• ކޮމިޝަންގެ އައިޓީއާ ގުޅޭ އެންމެހާ ތަކެތި އެތެރެއާއި ބޭރުގެ ނުރައްކާތަކުން ރައްކާތެރި ކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން
• ކޮމިޝަންގެ އިންޓަރނެޓުގެ ޚިދުމަތް ހުރިހާ މުވައްޒަފުންނަށް ފޯރުކޮށްދީ ރައްކާތެރިކަމާއެކު އިންޓަރނެޓް ވިއުގަ ބެލެހެއްޓުން

5.2 އިންފޮމޭޝަން ސިސްޓަމްސް ޑިވެލޮޕްމަންޓް ޔުނިޓް

އިންފޮމޭޝަން ސިސްޓަމްސް ޑިވެލޮޕްމަންޓް ޔުނިޓްގެ މައިގަނޑު މަސައްކަތްތަކަކީ؛

• ކޮމިޝަންގެ ވެބްސައިޓަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް ވެބްސައިޓް ބެލެހެއްޓުން
• އެކި ސެކްޝަންތަކުން ދޭ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް ކޮމިޝަންގެ ވެބްސައިޓް އަޕްޑޭޓް ކުރުން
• ކޮމިޝަންގެ ސެކްޝަންތަކުގެ މަސައްކަތްތަކުގެ މައްޗަށް ބިނާކޮށް އިލެކްޓްރޯނިކްކޮށް މަސައްކަތް ކުރެވޭނެ ސިސްޓަމްތައް ތައްޔާރުކުރުން
• ކޮމިޝަންގެ އެޗްއާރް ސިސްޓަމާއި މިހާރު ބޭނުންކުރާ އިންފޮމޭޝަން ސިސްޓަމްތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުން
• ކޮމިޝަންގެ އިންފޮމޭޝަން ސިސްޓަމްތަކުގެ ބެކަޕްނަގާ ބެލެހެއްޓުމުގެ ގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން

6. ފައިނޭންސް އެންޑް އެކައުންޓްސް ސެކްޝަން

ފައިނޭންސް އެންޑް އެކައުންޓްސް ސެކްޝަނުގެ މައިގަނޑު މަސައްކަތްތަކަކީ؛

• ސެކްޝަންތަކުން ބޭނުންވާ ކަންތައްތަކާއި ކޮމިޝަންގެ ނިންމުންތަކަށް ބިނާކޮށް ފިނޭންސް މިނިސްޓްރީން ކަނޑައަޅާ އުޞޫލަކުން ކުރިއަށް އޮންނަ އަހަރުގެ އަންދާޒާ ބަޖެޓް ތައްޔާރުކުރުން
• ކޮންމެ އަހަރެއްގެ ބަޖެޓް ލިބުމާއެކު، ސެކްޝަންތަކުން އަންދާޒާ ބަޖެޓުގައި ހިމެނި ކަންތައްތަކުގެ ތެރެއިން ފައިސާލިބުނު ޙަރަކާތްތަކުގެ މަޢުލޫމާތު ސެކްޝަންތަކަށް ޙިއްޞާކޮށް ބަޖެޓް ތަންފީޒުކުރުން
• ކޮމިޝަންގެ ބަޖެޓުން ކުރަންޖެހޭ އެންމެހާ ޚަރަދުތައް މާލިއްޔަތާބެހޭ ޤާނޫނާއި ގަވާޢިދާ އެއްގޮތަށް ކުރުން
• ކޮމިޝަނަށް ލިބޭ އާމްދަނީގެ ފައިސާގެ ހިސާބުތައް ބެލެހެއްޓުން
• ކޮމިޝަންގެ ޕޭޓީކޭޝް އިން ކުރަންޖެހޭ އެންމެހާ ޚަރަދުތައް މާލިއްޔަތާބެހޭ ޤާނޫނާއި ގަވާޢިދާ އެއްގޮތަށް ކުރުމުގެ އިންތިޒާމު ހަމަޖެއްސުން
• ކޮމިޝަންގެ ޖީއެލް (ބަޖެޓުބާކީ، ކޯޑްތައް ވަކިން އެނގޭގޮތަށް ބެލެހެއްޓުން)
• ވައުޗަރ ހެދުމާއި ވައުޗަރތަކުގެ ރެޖިސްޓްރީ ބެލެހެއްޓުން
• ޕޭމަންޓް ވައުޗަރ ޕޯސްކުރުމަށް ފަހު ސްޓޭޓަސް ބެލެހެއްޓުން
• އެކި ފަރާތްތަކުން ލިބޭ އެހީ ބަލައިގަނެ، ޖަމާކޮށް ޚަރަދުކުރާ ފައިސާގެ ހިސާބުތައް ބެލެހެއްޓުން
• އަހަރީ އޮޑިޓް ހިނގާއިރު އޮޑިޓަށް ބޭނުންވާނެ މަޢުލޫމާތު ފޯރުކޮށްދިނުން
• ކޮމިޝަންގެ ތިޖޫރީގައި ބަހައްޓާ ފައިސާގެ ހިސާބުތައް ބެލެހެއްޓުމާއި ތިޖޫރީ ހިސާބު ތައްޔާރުކުރުން
• ބަޖެޓުން ކުރެވޭ ޚަރަދުތަކާއި އެހެންނިހެން ބަޖެޓާބެހޭ ރިޕޯޓުތަކާއި މާލީބަޔާންތައް ތައްޔާރުކޮށް ފިނޭންސް މިނިސްޓްރީ އާއި ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް ފޮނުވުން
• ކޮމިޝަންގެ ހަރުމުދަލުގެ ރެޖިސްޓްރީ ބެލެހެއްޓުމާއި ނީލަމަށް ފޮނުވަންޖެހޭ ތަކެތި ނީލަމަށް ފޮނުވުން
• ބަޖެޓަށް ފައިސާ ހޯދުމާއި ބަޖެޓުގެ އެއްއައިޓަމުން އަނެއް އައިޓަމަށް ފައިސާ ބަދަލުކުރުމާއި ގުޅިގެން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން

7. އެންޓި-ކޮރަޕްޝަން ކޮމިޝަން ސަދަން ރީޖަނަލް އޮފީސް

ސަދަން ރީޖަނަލް އޮފީހުގެ މައިގަނޑު މަސައްކަތްތަކަކީ؛

• ގއ،ގދ، ފުވައްމުލައް އަދި އައްޑޫ ސިޓީގެ އެކި އިދާރާތަކަށް ނިސްބަތްވާ ނުވަތަ އެއަތޮޅުތަކުގައި ހިނގާ އެކިއެކި ކަންކަމުގައި އެންޓި-ކޮރަޕްޝަން ކޮމިޝަންގެ އިޚްތިޞާސްއަށް ފެތޭ ޝަކުވާތަކާއި، މައްސަލަތަކުގެ ތެރެއިން އެންޓި-ކޮރަޕްޝަން ކޮމިޝަނުން ތަޙުޤީޤުކުރުމަށް ސަދަން ރީޖަނަލް އޮފީހާ ޙަވާލުކުރާ މައްސަލަތައް ތަޙުޤީޤުކުރުން
• ގއ،ގދ، ފުވައްމުލައް އަދި އައްޑޫ ސިޓީގައި ޤާއިމްކުރެވިފައިވާ ދައުލަތުގެ އިދާރާތަކާ ސަރުކާރު ޙިއްޞާވާ ކުންފުނިތަކުގެ މުވައްޒަފުންނާއި އާންމު ރައްޔިތުން ކޮރަޕްޝަންގެ ޢަމަލުތަކާމެދު ހޭލުންތެރިކުރުމުގެ ޙަރަކާތްތައް ޕްރިވެންޝަން ސެކްޝަނާ ގުޅިގެން ހިންގުން
• ކޮމިޝަނުން ހަމަޖައްސާފައިވާ ގަވާއިދުތަކާއި އުޞޫލުތަކާއި އެއްގޮތްވާ ގޮތުގެމަތީން ސަދަން ރީޖަނަލް އޮފީސްގެ އެޑްމިނިސްޓްރޭޓިވް އަދި ބަޖެޓްއާ ގުޅުންހުރި ކަންކަން ކުރުން

8. އިންޓަރނަލް އޮޑިޓް

އިންޓަރނަލް އޮޑިޓްގެ މަސައްކަތް ކުރަންވުމުން އެކަމަށްޓަކައި، ކޮމިޝަންގެ އިންވެސްޓިގޭޓަރުންގެ ތެރެއިން ވަކި ޓީމެއް ނަގައި ކޮމިޝަންގެ ރައީސްއަށް ރިޕޯޓުކުރާ ގޮތަށް 2016 ވަނަ އަހަރުގެ ތެރޭގައިވެސް، ވަނީ އިންތިޒާމުކުރެވިފައެވެ.



އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މަޢުލޫމާތުދޭ ފޯމް

އެންޓި-ކޮރަޕްޝަން ކޮމިޝަން

ހުށަހަޅާ ފަރާތުގެ މައުލޫމާތު
މައްސަލަ ހުށަހަޅާ ފަރާތުން ހުށަހަޅާ ކަންތައްތަކުގެ ޚުލާޞާ
ހުށަހަޅާ ކަންތައްތަކާ ގުޅޭގޮތުން ލިބިފައިވާ ހެކިތައް ނުވަތަ ޤަރީނާތައް:

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×